ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ފޯރިގަދަކަމާއި އެކު މާލޭގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ކުލަބް މޯލްޑިވްސް ކަޕް މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ކްލަބް މޯލްޑިވްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ. އެ ޕޭޖުގައިވާ ގޮތުން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުގައެވެ.

މީގެއިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ 18/30 ވުމެންސް ފުޓްސަލް ފިއެސްޓާ ވެސް މި މުބާރާތާއެކު ކުރިޔަށްދާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރު މި މުބާރާތް ބާއްވަން މަސައްކަތްކުރި ނަމަވެސް ކޮވިޑް-19 ގެ ހާލަތާާއި ގުޅިގެން މި މުބާރާތް ބޭއްވޭގޮތެއް ނުވިއެވެ. އެއާއެކު ޖެހުނީ މިދިޔަ އަހަރު އެ މުބާރާތް ކެންސަލްކުރާށެވެ. މުބާރާތް މިދިޔަ އަހަރު ޝެޑިއުލްކޮށްފައި ވަނީ އޭޕްރިލް މަހުގެ ހަތެއްގައެވެ. ނަމަވެސް އޭރު ރާއްޖެއިން ކޯވިޑް-19 ގެ ކޭސްތައް ފެންނަން ފެށުމާއެކު މުބާރާތް ފަސްކުރީ ޖޫން މަހަށެވެ.

ޖޫންމަހު މުބާރާތް ބޭއްވޭނެ ގޮތެއް ނެތުމުން އޮކްޓޯބަރަށް މުބާރާތް ފަސްުކުރިއެވެ. ނަމަވެސް ރާއްޖެއިން ކޮވިޑުގެ ހާލަތު ރަނގަޅުވާތީ އިތުރު ގޮތެއް ނެތުމުން މުބާރާތް ކެންސަލްކުރަން މަޖުބޫރުވިއެވެ.

މި މުބާރާތް އެންމެފަހުން ބޭއްވީ 2019 ގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވެމްކޯ އާއި ވާދަކޮށް 6-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.