ފްރެންޗް ލީގުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖަހާނެ ފުރުސަތުތައް ބޭކާރުވެ ދެވަނަ ހާފުގައި ބަދަލުކުރުމުން ކޯޗާއި މޫނުހަދާ ސަލާންކުރަން ބޮޑާހާކައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ ލީގުގެ ވަރުގަދަ އެއް ޓީމު ކަމަށްވާ އޮލިމްޕިކް ލިޔޯންއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން ޕީއެސްޖީ މޮޅުވީ އެންމެ ފަހުވަގުތު ޖެހި ލަނޑުންނެވެ.

މި މެޗު ޕީއެސްޖީން ފެށީ މެސީ، އެމްބާޕޭ، ނޭމާ އަދި ޑިމާރިއާ ހިމަނައިގެންނެވެ. ނަމަވެސް މި ހަތަރު ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނުނީ އެންމެ ރަނގަޅަކަށް ނޫނެވެ. މެޗުގެ ދެވަނަ ހާފުގައި މެސީ ބަދަލުކުރިއެވެ. އެންމެ ފާހަގަވީ ބަދަލުކުރުމުން މެސީގެ މޫނުން ފެނުނު ހިތްހަމަނުޖެހުމެވެ. ކޯޗާއި ސަލާންނުކޮށް މެސީ ހެދީ މޫނެވެ. ޕީއެސްޖީއަށް ބަދަލުވެ މިހާތަނަށް މެސީ ކުޅުނު އެއްވެސް މެޗެއްގައި އަދި ލަނޑެއް ނުޖެހެއެވެ.

މެސީއަށް ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް މި މެޗުގައި ލިބިގެންދިޔަ އެވެ. އެއީ ލިބުނު ހިލޭޖެހުމަކުންނެވެ. އޭރިއާ ބޭރުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލިޔޯން ލީޑުނެގިއެވެ. ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ. އޭނާ މި ލަނޑު ޖެހީ ޓޯކޯ އެކަމްބީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ލަނޑަށްފަހު ޕީއެސްޖީން ކުރި މަސައްކަތުން މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭމާއަށް ލިޔޯނުގެ މަލޯ ގުސްޓޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މެޗުން ޕީއެސްޖީ މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ ޑީމާރިއާގެ ބަދަލުގައި ކުޅެން އެރި މައުރޯ އިކާޑީ އެވެ. މިއީ އެމްބާޕޭގެ ހުރަހަކުން ކާމިިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ވަނީ ލީގުގައި އެ ޓީމު މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. މި ހަ މެޗުން ލިބުނު މޮޅާއެކު އެ ތީމު އޮތީ 18 ޕޮއިންޓާއެކު އެއްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަލް

  ޝާހު ތިބޭފުޅާ ކިތަންމެ މެސީ އާ ޖައްސާލާފަ ހުއްޓަސް މެސީ ކަހާތާ ހިރުވާވެސް ނުލާނެ.

  29
  14
 2. ޢަހޫ

  މމެސީއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތުވެސް މިލިބެނީ ހިލޭ ޖެހުމުން.

  16
  4
 3. އަހުޅައި

  ވަގުތު ނޫހުން މެސީ އަށް ތިޔަކުރާ ފުރައްސާރަ ހުއްޓާލުމަށް ގޮވާލަން

  17
  14
 4. ހަސަން

  ރޮނާލްޑޯ ކުޅުނު 3 މެޗުން 4 ގޯލް. އެއީ ތަފާތު އެކި ތަންތަނުގަ ކުޅެން އިނގޭ މީހުން.

  21
  14
  • އަމަން

   ހުސް ޓެފްއިން ޖެހީ

   9
   7
  • ސަނީ

   ޓެޕްއިން އޭ ކިއާ އަޑު އަހަންތަ ؟ ޢެ ގޯލް ޖަހާނެ އަޑުބަރޭ އެތާ ހުއްޓަސް

   7
   7
  • ލިޔޯން

   ރޮނާލްޑޯ އަށް ތަބަކޭ ކިޔާދޯ؟ ހުސް ގޯލަށް ބޯޅަ ވައްދާތީ ކިޔާ އެއްޗެއް ކަންނޭގެ

   1
   2
 5. ސަމަރޭބުރި

  އެއްވެސް ގޮތަލުން މެސީ އާ އަރާހަ ކޮއްލެވޭ މީހެއް މުޅި ދަނޑުގަވެސް ނެތް..
  ޢެކަމް ބޭލީ އޭނަ، މަ ނަމަވެސް ބޮޑާ ހާކާނަން

  4
  1