ޕޯޗުގަލްއަށް އަދިވެސް ރޮނާލްޑޯ ބޭނުންވާ ކަމުގައި އެ ގައުމުގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނެފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16ގައި ރޭ އުރުގުއޭއަތުން2-1 ގެ ނަތީޖާއަކުން ބަލިވެ ވޯލްޑްކަޕްގެ ދަތުރު ޕޯޗުގަލްއިން ނިންމާލުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެގައުމުގެ ކެޕްޓަން ރޮނާލްޑޯ ޕޯޗުގަލްއިން އަދި ފެނިގެން ގޮސްފާނެ ކަމާއި މެދުސުވާލު އުފައްދާފައެވެ . މެޗަށް ފަހު މުސްތަގުބަލާއި މެދު އެއްވެސް ވާހަކައެއް ނުދައްކާ ސްޓޭޑިއަމް ދޫކޮށް ރޮނާލްޑޯ ގޮސްފައިވާއިރު އެ ގައުމުގެ ކޯޗު ފެޑާންޑޯ ސަންތޯސް ބުނީ ޕޯޗުގަލްއިން އަދިވެސް ރޮނާލްޑޯގެ ހިދުމަތް ބޭނުންވާ ކަމަށެވެ.

އަދިމިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްގެ ޓީމާއި އެކު ރޮނާލްޑޯ ހުރުމަށް ބޭނުންވާ ކަމުގައިވެސް ކޯޗު ސަންތޯސް ވަނީ ބުނެފައެވެ.

"ޕޯޗުގަލްގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން. ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވޭ ޕޯޗުގަލްއާއި އެކު ރޮނާލްޑޯ ވުމަށް.އެކުޅުންތެރިން ކުރިވުމަށް ރޮނާލްޑޯގެ އެހީތެރިކަން ބޭނުންވޭ. ރޮނާލްޑޯއަަށް އަދިވެސް ޕޯޗުގަލްއަށް ގިނަ ހިދުމަތްތަކެއް ކޮށްދެވިދާނެ. އަދި އެކުޅުންތެރިން ކުރިވުމަށް ރޮނާލްޑޯގެ އެހީތެރިކަން ބޭނުންވޭ." ކޯޗު ފެނާންޑޯ ސަންތޯސް ބުންޏެވެ.

ޕޯޗުގަލް ވޯލްޑްކަޕާއި އަލްވަދާއު ކިޔައިފައިވާއިރު އެ ގައުމަކީ 2016 ވަނަ އަހަރު ޔޫރަޕްގައި ބޭއްވޭ އެންމެ ޝަރަފުވެރި މުބާރާތުގެ ޗެމްޕިއަނުންނެވެ.

ޕޯޗުގަލްއާއި އެކު 154 މެޗު ކުޅެދީފައިވާ ރޮނާލްޑޯއަކީ އެގައުމަށް އެންމެ ގިނަ ގޯލު ޖަހައިން ކުޅުންތެރިޔާވެސް މެއެވެ. އެގޮތުން މިފަހަރުގެ ވޯލްޑްކަޕްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން 4 ގޯލާއި އެކު އޭނާ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 85 އަށް އަރައެެވެ.