ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ކަކުލަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކުޅުމާއި ދުރަށްދާން ޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީއަށް އަނިޔާވީ އެ ޓީމުން ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އަދި މެސީ ބަދަލުކުރި ހަގީގީ ސަބަބަކީ އެއީ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މެސީ ކުޅުމާއި ދުރަށްދާން ޖެހުމާއި ގުޅިގެން މާދަމާރޭ ޕީއެސްޖީ އާއި މެޓްސް ކުޅޭ މެޗުގައި މެސީ ނުފެންނާނެ އެވެ. އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ދުވަހެއް އެ ކުލަބުން އަދި ކަށަވަރެއް ނުކޮށްދެއެވެ.

ޕީއެސްޖީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން މެސީގެ ވައަތު ކަކުލަށް ގެއްލުންވިކަން އެނގުނީ ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި އެމްއާރުއައި ސްކޭންތަކުންނެވެ. މެސީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ޕީއެސްޖީގެ މެޑިކަލް ޓީމުން އަދިވެސް ދަނީ އިތުރު ޓެސްޓުތަކެއް ފުރިހަމަކުރަމުންނެވެ. އެގޮތުން މެސީގެ އިތުރު ސްކޭންއެއް 48 ގަޑިއިރު ފަހުން ކުރާނެކަމަށް އެ ކުލަބުން ބުނެއެވެ.

އެންމެފަހުން ލިޔޯން އާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ދެވަނަ ހާފުގައި ބަދަލުކޮށްފައެވެ. މިއީ ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި މެސީ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މެސީއަށް ލަނޑުޖަހާނެ ރަނުގެ ދެ ފުރުސަތެއް ލިބުނެވެ. އޭނާ ޕީއެސްޖީއާއި ގުޅުމަށްފަހު އަދި މިހާތަނަށް އެ ޓީމުގައި ލަނޑެއް ކާމިިޔާބުކުރެވިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުޅައި

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ހިތާމަވެރި ހަބަރެއް. މެސީއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    8
    1
  2. ތުއްތު

    ވަގުތުގަ ކުޅިވަރު ހަބަރު ލިޔަނީ ރޮނާލްޑޯގެ ފޭނެއް އެކަމަކު މިފަހަރު ސުރުހީ ތަންކޮޅެއް ރީއްޗައް ލިޔެލައިފި

    10
    6