ތަޖިކިސްތާނުގައި މިހާރު ކުރިޔަށްދާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު ޖަހައިފިއެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެއާއި ވިއެޓްނާމް ބައްދަލުކުރި މެޗުގައި ރާއްޖޭގެ އަންހެން ޓީމު ކޮޅަށް މި ލަނޑު ގޯނި އޮއްސާލިއިރު، ވިއެޓްނާމް އަކީ ދުނިޔޭގެ އަންހެން ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ.

މިއީ ވިއެޓްނާމުގެ އަންހެން ފުޓުބޯޅަ ތާރީހުގައި ރެކޯޑެކެވެ. މިއީ މިހާ ފަރަގު ބޮޑުކޮށް އެ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ކޮލިފައިންގެ ގްރޫޕު ބީގައި ރާއްޖެއާއެކު ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މީގެތެރެެއިން އަފްގާނިސްތާން ގައުމީ ޓީމު ވަނީ މިހާރު ކޮލިފައިން އިން ވަކިވެފައެވެ

މިއީ ވޭތުވެދިޔަ 11 އަހަރަށްފަހު ރާއްޖޭގެ އަންހެން ފުޓުބޯޅަ ތީމު އޭޝިއަން ކަޕް ކޮލިފައިންއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެފަހުން ގައުމީ އަންހެން ޓީމު ކޮލިފައިންގައި ވާދަކުރީ 2010 ވަނަ އަހަރުގައެވެ. މިއީ އޭޝިއަން ކަޕް އަންހެން ކޮލިފައިންގައި ރާއްޖެ ވާދަކުރާ ތިންވަނަ ފަހަރެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފް (ޑުންގާ) ގެ އިރުޝާދުގެ ދަށުން ކުޅޭ އަންހެން ފުޓުބޯޅަ ޓީމާއެކު މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 23 އިން 29 ގެ ނިޔަލަށެވެ.

މި ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ މިދިޔަ އޯގަސްޓް މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޭމްޕްކޮށްފައެވެ. މި ކޭމްޕުގައި ގައުމީ އަންހެން ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސައްތާރް

    ރެޑިީ ނުވަނީސް ކީއްކުރަން ތަންތަނައް ގޮސް ރާއްޖޭގެ ނަން ހަރާބް ކުރަނީ ؟ އެފެންވަރައް ކުޅެވެންދެން މަޑުކޮއްބަލަ ރާއްޖޭގަ

    35
    4
  2. މުސްތަްުބަލުގެ ފެންވަރު

    ވަރުގަދަ ވިއެޓްނާމް ރާއްޖޭގެ އަންހެން ޓީމު ކޮށާލައިފި!! މިކަމުގެ ޒިންމާ ނަގާނެ އެއްވެސް މީހަކު...؟

    28
    1
  3. ބިން ޢަލީ

    ތިވަރު ހަޑިދޯ...މަހުލޫފު އަދިވެސް އިސްތިއުފާޑެއްވަން ނުވޭތޯ....މިފަދަ ޒަމާނެއްގައި ތިޔައީ ބޮޑުވަރެއް!

    25
    2
  4. ބުރުގާ

    އަންހެން ޓީމު ވެލިކާން ދިޔަ ދަތުރެއްދޯ. ލައްކަ ތަޖުރިބާލިބިފަ ހުންނާނީ މިހާރު.

    30
    1
  5. އަލީ

    ބޭކާރު ޚަރަދު ކުރަންވެގެން ކުރާކަމެއް

    32
    1
  6. ދޮންބެ

    ތިވަރުން ތިކަން ހުއްޓާލަންވެއްޖެ... ބޭކާރު ހަރަދު..
    ލަދުން ބޯހަލާކު..

    31
    1
  7. ޢަލީ

    ރާއްޖެ ކޮޅަށް 16 ލަނޑު ޖެހީމާ ވަރުގަދަ ވިއެޓްނާމް އަކަށް މިވީ ،

    11
  8. ޤައުމު

    ޢެހެންވެޔޭ ތާލިބާނުން ބުނަނީ ކަލޭމެން އަންހެނުން. ތިބޭށޭ ގޭގާ ދަރިންހޯދަން. ބޭކާރު ޚަރަދުނުކޮށް

    17
    1
  9. ޠހހ

    ތިޔަ ވަރުންވެސް ލަދެއް ނުގަންނާނެ

    10
  10. އުނޫސާ

    ވެރިކަމުގަ ތިބި ސިޔާސީ އިސް ކޮންމެވެރިއަކައް ތިއޮތީ ހަދިޔާއެއްލިބިފަ

    7
    1
  11. ސަލީމް

    މިކަހަލަ މައްސަލަތަކުގެ އަސްލަކީ އެސޯސިއޭޝަންތަކުގެ ހިންގަންތިބޭ މީހުން. އެސޯސިއޭޝަންތަކުގެ ހުންނަ ފެސިލިޓިީސް ތައް މިހުންނަނީ އެސްކޯ ގައި ތިބޭ މީހުންގެ ބޭބެ ކޮއްކޮ ފަހަރި ޅިޔަނު ރައްޓެހިން ވިޔަފާރި ކުރަން އެކަޑަމީތަކުގެ ނަމުގައި ދީފައި. ޙުނަރުވެރި ކުދިން ހޮވައިގެން އެކުދިންގެ ހުނަރު އިތުރުކުރުމުގެ ބަދަލުގައި އެއްމެގިނަ ފައިސާ އަޅައި ސޮޕަންސާދޭ ބަޔެއްގެ ނުފޫޒް ވަދެފައި މި އޮންނަނީ. ދެން ދާ ކުދިން ބަލިވެގެން އައިމަވެސް ވަރަށް މޮޅަށް ކުޅުނޭ ކިޔާފަ ކަރުގައި މާފަތި އަޅަން އެެއަރޕޯޓް އަށް ދިޔައީމަ އެނިމުނ.ީ. ބަލިވި ސަބަބު ދެނެގަތުމުގެ އެއްވެސް އެނެލިސިސް އެއް ހެދުމެއް ނޯވޭ. މި ޙާލަތުން އަރައިގަނެވޭނީ އެސޯސިއޭޝަން ތައް ހިންގަން ތިބި މީހުންގެ ވިސްނުން ބަދަލުވެގެން. ޢަމިއްލަ މަސްލަހަތައްވުރެ ގައުމީ ވިސްނުން ގެނެސްގެން. 4 5 އަހަރު ޓެލެންޓެޑް ކުދިން ހޮވައިގެން 10 އަހަރުގެ ޕްލޭނަކާ އެކު އެކުދިންނަށް ރަގަޅު ޓްރެއިނިންގ ދީގެން.

  12. Anonymous

    17 ނުޖެހުނެއްުނުން ދޯ
    ބައްސާމު މެންނައް ލިބުނު ވ ބޮޑުކާމިޔާބެއް

    11
    1
  13. ބުޅާ

    ތިޔަށްވުރެ ރަނގަޅުވާނެ ތުތިމަސްކޮޅާކުޅޭ މުބާރާތެއްގަ ތިއަންހެން ކަނބަލުން ބައިވެރިކޮށްލުން

    7
    2
  14. Anonymous

    މައުޟޫއާ ތަންކޮޅެއް ދުރައް ޖެހިލާއިރު ދަންނަވާލަން ޖެހެއެވެ.
    ދިވެހި އަންހެންނުން ތަކެއްގެ ކޯޗަކަށް ހުރީ ބޮޑުސިންގާ ހިލޭ ފިރިހެނެކެވެ. ނުވަތަ ފިރިހެނުން ތަކެކެވެ. މިޔަށް ފަހު ދެން ކަންތައްް ވާ ގޮތާއި، ވާނޭ ގޮތާއި، ވަމުން ދާގޮތް، އިތުރު ޝަރަޙަޔަކާ ނުލައި އެންމެހާ ލޮބުވެތި ދިވެހީންގެ ތަނަވަސް ޚިޔާލުފުޅުތަކަށް ދޫކޮއްލަމެވެ.

    11
    3
  15. އިބޫ

    އިސްލާމީޤައުމެކޯ އެކަމަކު އަންހެންދަރީން ކުރު ސޯޓުލައްވާފަ ދުނިޔޭގެ ލޯކުރިމައްޗަށް

    11
  16. ސައްތާރު

    ދެން ކިހިނެއް ވިއެޓްނާމް މީހަކައް މޫނު ދައްކާނީ ؟
    މި މީހުން މި ހާވާ ހަޑިއަކުން ލަދު ގަންނަން ޖެހެނީ ކަމާ ނުބެހޭ މީހުން.

    11
  17. Anonymous

    😂

  18. ޔާމިން

    ބޭކަރުހަރަދު ކީއްކުރަންދޯ މިދަޑިވަޅުގާ ބޯހަލާކް

  19. ލައިލާ

    ކީކޭބުނާނީ ކައްކަންގޭގައި ތިބެންޖެހޭބައެއް

  20. ވިލޭ

    އަލްހަމްދުﷲ ވަރައްއުފާވެރިހަބަރެއް

  21. މާރިޔާ

    ސަބަހޭ ވިއެޓްނާމް

  22. ނަޝީދު

    ތާލިބާނުން ބުނަނީ ކަލޭމެން އަންހެނުން. ތިބޭށޭ ގޭގާ ދަރިންހޯދަން. ބޭކާރު ޚަރަދުނުކޮށް އަދި ފިރިމީގެ ބޭނުންފުއްދުން މީކުރަންޖެހޭކަންތައް

    8
    1
  23. ޔާމިން

    މި މީހުން މި ހާވާ ހަޑިއަކުން ލަދު ގަންނަން ޖެހެނީ ކަމާ ނުބެހޭ މީހުން.

  24. ވިލޭ

    ތިޔަ ވަރުންވެސް ލަދެއް ނުގަންނާނެ އެހެރީސޯޓްލެވިފައެއްނު ކޮންފަދަނޮހޮރުއްޕާންއެއްދޯ

  25. ކަޅޭ

    ބަލަ ފިރިހެނުން ކޮޅަށް 17 ލަނޑުވެސް ޖެހިއޭ. އެހެންވީމާ އަންހެން ޓީމު އަދި ރަނގަޅެއްނު. 🙂

    2
    1
  26. ބައްޔެއް

    މަސް ކަނޑަން ތިބެން ޖެހޭ ފިރިހެން ވެރިން ކޮޅަށް 17 ލަނޑު ވެސް ޖެހި 🤭

  27. އިސްޢާފް ސަލީމް

    ވަރަށް ޚަރަދާ ވަރަށް މަސައްކަތްކޮށްގެން ޤަވްމުތައް ކުރިއަރާދަނީ. ރާއްޖޭ ސަރުކާރަކު ކުޅިވަރަށްދޭނޭ ރުފިޔާއެއްނެތް! ހުރީ ބައިލިބޭގޮތަށް ބަދަލުދޭނޭ ރުފިޔާ! އެކަންކޮށްފި! ރަގަޅުކޯޗެއްގެނެސް ރަގަޅު މުސާރަދެވޭކަށްނެތް! ކުދިން އަމިއްލަޔަށް ޚަރަދުކޮށް ޕްރެކްޓިސްކޮށްގެން ހިތްނުތަނަވަސްވެތިބެ ކުޅެގެން ތިވަރުވީކަންވެސް ރަގަޅު!

    1
    2
  28. ައޮފްބެ

    ކުރިހިތްވަރަށް ހަމަ ސާބަސް! ދެންފަހަރަކުން ރަގަޅުވާނެ!

    1
    2