ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ހައުސްތަކުގެ މެދުގައި ބާއްވާ ވޮލީ ބޯޅަ މުބާރާތް ބުރާސްފަތި ދުވަހުގެ ރޭ ފަށައިފިއެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބް، (ސްޓޯކް) އިން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދެވެ.

ޖުމްލަ 18 ޓީމަކުން ވާދަކުރާ މި މުބާރާތް ކުރިޔަށްދާނީ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބްގެ ހަރަކާތްތައް ކޮވިޑް 19 ގެ ސަބަބުން މަޑު ޖައްސާލުމަށްފަހު ފަށާފައިވަނީ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު ހައުސްތަކުގެ މެދުގައި ބޭއްވި މަސް ބޭނުމުގެ މުބާރާތަކާއެކުއެވެ.

އެސްޓީއޯ ރިކްރިއޭޝަން ކްލަބުން ގެންދަނީ ކުޅިވަރު މުބާރާތްތަކުގެ އިތުރުން ކުރު ކޯސްތަކާއި ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމްތައްވެސް މުވައްޒަފުންނަށް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ހައުސް ހަދައިގެން މުޅިއެތި ފަނި ކޮއްފި

  2. އެންމެން

    އެމްޕީ ދޮންބެ ޓީމް