ވޯލްޑްކަޕްގެ ގަދަ 16ގައި ރޭ އުރުގުއޭ އަތުން 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިވެ ވޯލްޑްކަޕްގެ ދަތުރު ނިންމާލީ އެތައް ބަޔަކު ރޮއްވާލުމަށްފަހުއެވެ.
އެކަމާއި އެތައް ބަޔަކު ދަނީ މިހާރުވެސް ހިތާމަ ކުރަމުންނެވެ. ޕޯޗުގަލް ޓީމުގައި ހިމެނޭ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓީއާނޯ ރޮނާލްޑޯއަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ނުދެއްކުނު ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން ރޭގެ މެޗުގައި ފެނުނު އިންސާނިއްޔަތުކަމުގެ ރީތި މިސާލަށް އެތައް ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.
ރޭގެ މެޗުގައި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީއަކީ އެ ޓީމް ވޯލްޑްކަޕްގެ ކުއާޓާފައިނަލަށް ދަތުރު ކުރުމުގެ އެންމެ ބޮޑު އެހީތެރިޔާއެވެ. އެގޮތުން އޭނާ ރޭގެ މެޗުގައި ދެ ގޯލު ޖެހިއެވެ. އެހެން ނަމަވެސް މާގިނަ އިރުތަކެއް އޭނާއަށް އިތުރަށް ކުޅެން ފުރުސަތު ނުލިބުނީ ފައިގާ މާބޮޑަށް ރިއްސައިގަތުމުންނެވެ.
އޭނާގެ ފައިގާ ރިއްސައިގަތުމުން އޭނާއަށް އެހީތެރިވީ ރޮނަލްޑޯއެވެ. ރޮނާލްޑޯގެ އެހީތެރިކަމާއެކު އޭނާއަށް ފަރުވާދިނުމަށް ގެންދެވުނީ ގިނަ ބައެއްގެ ލޯ ކުރިމަތީގައެވެ. އެމަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިޔޯ އެދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.
އެގޮތުން ރޮނާލްޑޯ ވަނީ ފަރުވާތެރިކަމާ އެކު ކަވާނީ ދަނޑުން ބޭރަށް ގެންގޮސްދިނުމަށް އެހީތެރިވެފައެވެ. އެކަމާއި ގިނަބަޔަކު ދިޔައީ ރޮނަލްޑޯއަށް ތައުރީފް ކުރަމުންނެވެ.
އެ މެޗުން ރޮނަލްޑޯގެ ޓީމް މޮޅު ނުވި ނަމަވެސް އޭނާ އެ ދެއްކީ މުޅި ދުނިޔެއަށް ނަމޫނާއެކެވެ. އެކަން ބަލައިގަންނާނެ އެތައް ބަޔަކު ތިބޭނެއެވެ.
ދެއްކުންތެރިކަން. އަބަދު ޓީވީއައް ބަލާނީ ތިމަން މަނިކުފާނުތޯ ދައްކަނީ އެހެން މީހަކުތޯ ދައްކަނީ ބަލަން . އެކްޓްކުރަން ވަތައް މޮޅުވާނެ
މެޗުން ބަލިވާތީ މީޑިޔާގެ ސަމާލުކަން ހޯދާލީ
ރޮނާލްޑޯ ބެލީ އަވަހަށް އޭނާ ދަނޑުން ބާލާފަ ގޯލެއް ޖެހޭތޯ ބެލުން. އެހެންވެ އެންމެ ކައިރި ހިސާބަކުން ދަނޑުން ނެރުނީ. ހަގީގަތަކީ އެއީ. ކަވާނީ ބަލި ފައިގަ ދަނޑުމަތީ ހުރިއްޔާ ޕޯޗުގަލަށް ލަނޑުޖަހަން ގެއްލޭ ވަގުތު ސަލާމަތް ކުރަންވެގެން ހެދި އެއްޗެއް އެއީ
އޭނާގެ ބޭއަދަބީ ކަންކަން ހާމަކުރިނަމަ ދޯ ރެފް އާދިމާލަށް އަވަގުރާނަ ވަނީގޮވާފަ އެހެންވެ ރީނދޫ ކާޑު ދެއްކީ. މީހެއްގެ ގައިގަ ޖެހުމަށްވުރެ މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއްބުނުން މާވޭންބޮޑު ކަން ދަންނަމުތޯ؟
ބަލަ އެއީ ނަމޫނާއެއް ނޫން. ބަލިވެފައި އޮތީމާ ކޮންމެ ޓީމަކުންވެސް ކަންތައް ކުރާނީ މިހެން. އަވަހަށް ވެއްޓިފައިވާ މީހާ ނަގާ، ބޭރަށް ގެންދަން. ކީއްވެ މިވަރަށް ރޮނާލްޑޯ ފުޓްބޯޅަ ކުޅޭ އިރު މިފަދަ ކަމެއް ހިނގާފައި ނެތީ.
ދެން ރޮނާލްޑޯ ގެ ހޭޓަރުން ތިބޭނެ އޭނަދެ ކޮންމެވެސް ގޯސް ސިފައެއް ހޯދަން.
އަޅުގަނޑު ކަވާނީ ދަނޑުން ބޭލުވީ ވަގުތު ދުއްވާނެތީ. ކޮންމެހެން އެހީތެރިވެދޭކަށެއް ނޫން. އަވަހަށް ކުޅެން ފެށޭނީ އޭރުން ދޯ! - ޢިއްޒަތްތެރި، ފަޚުރުވެރި ބޮޑާ ރޮނާލްޑޯ -