ބްރޫނޯ ފެނާންޑޭޒް ޕެނަލްޓީ ޖެހުމުގެ ކުރިން އެސްޓަންވިލާގެ ކުޅުންތެރިން ދެއްކި ދަށު ދަރަޖައިގެ އަމަލު ކުށްވެރިކުރާ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވަނީ 1-0 އިން އެސްޓަންވިލާ އަތުން ބަލިވެފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިިތުރުވަގުތުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭޒް ފޮނުވާލި އެ ޕެނަލްޓީ ކާމިޔާބެއް ނުވެއެވެ.

މިއީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ ބައްޔެވެ. އެންމެފަހުން ޔުނައިޓެޑު އަތުން އެސްޓަންވިލާ މޮޅުވެފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން ކުޅުނު މެޗުތައް ނިމުނީ މޮޅުވެ އަދި އެއްވަރުވެގެންނެވެ.

ބްރޫނޯ ފެނާންޑޭޒް ޕެނަލްޓީ ޖެހުމުގެ ކުރިން އެސްޓަންވިލާގެ ކުޅުންތެރިން އޭނާ ވަށައިލިއެވެ. ސޯލްޝެއާ ގަބޫލުކުރާ ގޮތުގައި މިއީ ބްރޫނޯގެ ވިސްނުން ބަދަލުކޮށްލަން އެ ކުލަބުން ޖެހި މަޅިއެކެވެ. ކޮންމެއަކަށް އެސްޓަންވިލާގެ އެ މަސައްކަތް އެ ޓީމަށް ކާމިޔާބުވިއެވެ. ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށްވުރެ މަތިންނެވެ.

"މިއީ ރީނދޫ ކާޑެއް ދައްކަންޖެހޭ ވަރުގެ އަމަލެއް، ކޮންމެ ގޮތަކަށް ނިމުނުކަމަށް ވިޔަސް އެމީހުން (އެސްޓަންވިލާ) ބޭނުންވި ގޮތަށް ކަންކަން ވެއްޖެ، ޕޮއިންޓެއް ހޯދަން މިއަށްވުރެ ރަނުގެ ފުރުސަތެއް ނުލިބޭނެ" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑަށް ބަދަލުވިތާ ފުރަތަމަކޮޅު ކޮންމެ މެޗެއްކަހަލަ ގޮތަކަށް ރޮނާލްޑޯ ދިޔައީ ލަނޑު ޖަހަމުންނެވެ. ނަމަވެސް ފަހުކޮޅަށް އައި އިރު ރޮނާލްޑޯގެ ވިދުން އެހާ ގަދަކޮށް ނުފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލިވަޕޫލް ފޭންސް މޯލްޑިވްސް

    މޭންޗެސްޓްހެއާ ޔުނައިޓެޑްގެ 12 ވަނަ ކުޅުންތެރިޔާއަށް އަސްލު ކުޅުން ނުދެއްކުނީމަ ބަލިވީ.ކަލޭމެންގެ ސައިޒްގަ ތިބެބަލަ.އެންމެ ފަހުން ލީގް ލިބުނު ދުވަސް ކަލެއަށް އެނގޭތަ ސޯލްޝެއާ.ބްރޫނޯ ޕެނާންޑެސް އެއީ މޮޅު މީހެއް ނޫން.ރޭގަ ޕެނަލްޑޯ ކުޅުނު ތަ؟ އޭނަ ދަނޑު މަތީގަ ހުރިހެން ވެސް ހީނުވޭ.

    10
    4
  2. ޙަސަނު

    ހަމަ އެމް ޑީ ޕީ ކުރީ ސަރުކާރޭ ކިޔާހެން މި މީހާވެސް އެހެން މީހުންނޭ ކިޔާގެން ބަހަނާ ދެއްކުމުގަ

    12
    6
    • ޕީޖޭ

      ހަސަނާ ކަލޭ ސިކުނޑީ ހުރިހާކަމެއްވެސް ސިޔާސީ.. ކަލޭ ތިހިރީ ކިހިނެތްވެފައި

      3
      1
  3. ޙހހހ

    ތީ މައްސަލަ ޖައްސާގެން ލިޔެކިޔުމުން ކާމިޔާބު ހޯދާބައެއް ، ހަޖަމެއްނުވާނެ

    9
    4
  4. މުހައްމަދު

    ޔުނައިޓެޑަށް ބަދަލުވިތާ ފުރަތަމަކޮޅު ކޮންމެ މެޗެއްކަހަލަ ގޮތަކަށް ރޮނާލްޑޯ ދިޔައީ ލަނޑު ޖަހަމުންނެވެ. ނަމަވެސް ފަހުކޮޅަށް އައި އިރު ރޮނާލްޑޯގެ ވިދުން އެހާ ގަދަކޮށް ނުފެނެއެވެ. ކޮބާތަ ތިބުނާ ފަހުކޮޅަކީ؟ ކިތަށް މެޗް ކުލެވިއްޖެތަ؟

    9
    2