އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރާ މެޗަށް ދިވެހި ޓީމު ކުރިމަތިލާއިރު ޓީމު އޮތީ ފުރަތަމަ މެޗުން ފެނިގެންދިޔަ ގޯސްތައް ރަނގަޅުކޮށް މެޗުން ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ބަންގްލަދޭޝް އާއި ރާއްޖެ މާދަމާ ރޭ ބައްދަލުކުރާ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ސުޒެއިން ބުނީ ފުރަތަމަ މެޗުގައި ޓީމުން ފެނިގެންދިޔަ ގޯސްތައް ރަނގަޅުކުރާނެ ކަމަށާއި ނޭޕާލް މެޗުގައި ފެނުނު ކުޅުމަށް ބަލާއިރު މުޅި ޓީމު ކުޅުނީ ރަނގަޅު ކުޅުމެއް ކަމަށެވެ.

ރާއްޖެ ކުޅުނު ފުރަަތަމަ މެޗުގައި ނޭޕާލް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއީ ނޭޕާލްގެ ތާރީހުގައި ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕުގައި މޮޅުވި ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުން ސްރީލަންކާ 1-0 އިން ބަލިކުރި އިރު ދެވަނަ މެޗުގައި އިންޑިއާ އާއި ވަނީ 1-1 އިން އެއްވަރުކޮށްފައެވެ.

ރާއްޖެއާއި ނޭޕާލް މެޗުގައި މަދުވި ހަމައެކަނި ކަމަކީ ލަނޑުޖެހުން ކަމަށާއި އެހެން ހުރިހާ ކަމެއް ފެނިގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށް ކޯޗު ބުންޏެވެ.

"މިދިޔަ ޓްރެއިނިންތަކުގައި ރަނގަޅުކުރަން ޖެހިފައި ހުރި ކަންތައްތަކެއް ރަނގަޅު ކުރެވުމުން ހިތްހަމަޖެހޭ، ބަންގްލަދޭޝް މެޗުން އެ ތަފާތު ފެންނާނެ ކަމަށް ގަބޫލުކުރަން" ކޯޗު ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ ބަންގްލަދޭޝް އަކީ މި މުބާރާތުގައި ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި ރާއްޖެ މި މެޗަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ކޯޗު ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން އެ ޕްރެޝަރު އަންނާާނެކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެއީ މުޅި ޓީމު ގޮތްހުސްވެގެން ޕްރެޝަރަށް ދިއުން ނޫންކަމަށެވެ

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަރި ދުވަހުގެރޭ 21:00 ގައެވެ. މި މެޗަށް ދަނޑަށް ވަދެވޭނީ ބަންގްލަދޭޝްގެ 200 ވަރަކަށް ސަޕޯޓަރުންނެވެ. މި މެޗުގެ ޓިކެޓުތައް ވަނީ ހަ ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެލް

    އިރާދަކުރެއްވިއްޔާ ދިވެހި ޤައުމީޓީމަށް ބަނގާޅުމެޗު ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ މަގުފަހިކުރެވޭނެ )) ބޭނުމީ ހިތްވަރު / ރަނގަޅު މަސައްކަތް / ޓީމެއްގެގޮތުގާ ކުޅުން )) ،،،، އުންމީދު ކުރަން ،،،

    5
    1
  2. އހ

    އެއްކަލަ ސުޒައިން ބާސާ ކަޑަންފެށީ....
    ނޯޓް ކޮއްފަ ބައިންދާ ވަގުތު ނޫހުގައި...
    މާދަމާ މެޗުގައިވެސް ދިވެހިންނަށް ދިމާވާނެ އެއްމެ ބޮޑު ގޮންޖެހުމަކަށް ވާނީ މެދުތެރެ.. މިގޮތައް ވެއްޖިޔާމް ސުޒައިން ވަގުތުން އިސްތިއުފާ ދޭންވާނެ.

    • ކޮއްޔާ

      ނުކެރޭނެ ތިހެންވިޔަސް އިސްތިއުފާ ދޭކަށް ،،،. މިރޭ ބަލާނީ ،

  3. ރަދީފު

    އިނގިދާނެތާ، ތިހުރި މޮޅުކަމެއް، 😂😂

  4. ޑރ އިޔާޒު ބިންތި އަލީ ރަމީޒް

    މި މެޗު ވާނީ ހަމަ އެކަނި ފުޓްބޯޅަ މެޗަކައް ނޫން. ނަތީޖާ މުހިންމު ގައުމުގެ ސަލާމަތައްވެސް.
    މީގެން ދިވެހިން ބަލި ވެއްޖިއްޔާ މިހާރައް ވުރެ ގިނަވެގެން އުޅޭ ބަންގާޅުންގެ އަޑު ގަދަވެ، ބާރު ގަދަވެ، ދިވެހިން ކުޑަވާނެ. މިހާރުވެސް ހުރިހާ ކަންކޮޅުގާ މިފެންނަނީ ބަންގާޅުމީހުން އަމިއްލަ ގާނޫނު ތަކާ ވިޔަފާރިތަކާ، އަގުތަކާ، ގޭންގު ގުރޫޕް ފެތުތިފަ.
    ސުޒޭނުގެ އަގައިން ބަލި ނުވާނެ. އެކަމު މަށައް ޝައްކު މިއަދު ދިވެހިން މޮޅުވާނެ ކަމާމެދު. ކުދިންގެ ހިއްވަރު ވަރައް މުހިންމު!

  5. ޝަފާނާ ޝިމާޒް

    ސުޒޭނުމެންގެ ކިބައިން ގައުމީ ޓީމު މިނިވަންކުރަންޖެހޭ. ޑިސިޕްލިންދަށް، ގަދަބާރުން ކަންކުރާ އަހުލާގީ ގޮތުން ލޯ ޕްރޮފައިލްގެ މީހެއް. ކޯޗަކަށްވެސް ކަމުނުދާތާ ގައުމީ ޓީމާއި ކައިރިކުރަންވެސް ހެޔޮވާވަރު މީހެއްނޫން. މުޅި ޓީމު ހިސޯރުކޮށްގެން އެއުޅެނީ. ރަނގަޅު ކޯޗެއް ގެނަޔަސް މިމީހުންގެ ދުއްޕާނާހެދި އެމީހަކަށް ނުހުރެވޭ އަހަރެއް ވަންދެންވެސް.!!

  6. އައްޓަމަސް

    ! އެއްކަމެއްވެސް ނުވާނެ ބައިކޮޅުގައި ކުޅެ ފައިބާނީ ބަލިވެގެން، ދެންބުނާނެ އަދި އުއްމީދުއެއް ނުގެއްލެޔޭ އެހެން ވެއްޖެނަމަ، މިހެންވެއްޖެނަމަ، ފައިނަލު އޮތީ އަނގަމަތީގަޔޭ، ތަށި ހުންނަނީ ރާއްޖޭގައޭ؟!

  7. މަނިކެ

    މައްސަލައަކީ ކޯޗު.. އެދުވަހުވެސް ވަރައްމޮޅައްކުޅުނު.. އެކަމަކު ކެރީއޯވާޕްލޭ އަކައް ފޯމޭޝަނެއްބަދަލެއްނުވޭ.. ބޯޅަލިބި ޕާސިންޕޯމޭޝަނެއް އެޓޭކިންގަނެތިއްޔާ އެެކުދިންކުރާނެކަމެއްނެތް.. އަނެއްކާ އަބަދުއެތެރެއައްވަންނަން ކުޅޭވޭވަރުގެ ފޯވަޑުންނެއްނެއް.. އެކަމަކު ކޯޗުގެޕްލޭނިންގ މެންސިޓީގޮތައް