އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި ބަންގްލަދޭޝް މޮޅުވި މެޗަކީ އެއީ ގައުމީ ދުވަހު ގައުމަށް ދިން ހަދިޔާއެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ 21:00 ގައި ފެށި މި މެޗުން ރާއްޖެ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ރާއްޖެއަށް ލަނޑެއް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10، ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓިއަކުން ދަގަނޑޭއެވެ.

ރާއްޖެއަށް މެޗުން މޮޅުވާން ހިތްވަރު ލިބުނީ، ހަމްޕުގެ އޯވާހެޑް ގޯލުންނެވެ. އެގޯލަށް ފަހު ރާއްޖެއިން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ގޯލު ޖެހިތާ ކުޑަވަގުތުކޮޅެއް ފަހުން ބަންގްލަދޭޝް ޑިފެންޑަރު ގޯލު އޭރިއާ ތެރެއިން ކުރި ފައުލަކުން ޕެނަލްޓީ ވެސް ލިބި ވަނީ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ދަގަނޑޭގެ ރީތި ގޯލަށްފަހު އޭނާ ބުރު އެއްލަމުން އުފާ ފާޅުކޮށްފައިވާތީ މެޗަށް ފަހު ބަންގްލަދޭޝްގެ ނޫސްވެރިޔަކު ވަނީ ދަގަނޑޭ ގާތި މިރޭގެ ގޯލު ކިހާ ހާއްސަތޯ ސުވާލު ކޮށްފައެވެ.

"މިއީ ގައުމީ ދުވަހު ގައުމަށް ދިން ހަދިޔާއެއް"- ދަގަނޑޭ

އޭގެ ޖަވާބުގައި ދަގަނޑޭ ބުނީ، ގޯލު މުހިންމު ނޫން ކަމަށާއި އޭނާގެ ޓީމު މޮޅުވުމުން އެ ނިމުނީ ކަމަށެވެ. އަދި މިރޭގެ މޮޅަކީ އެއީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ގައުމީ ދުވަހުގެ ހަދިޔާ ކަމަށް ދަގަނޑޭ ބުންޏެވެ.

"ގޯލެއް ނޫން މުހިއްމީ. ޓީމު މޮޅު ވަންޏާ ނިމުނީ. ކާކުތޯ ގޯލް ޖެހީ ބަލާކަށް ބޭނުމެއް ނޫން. މިއީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ގައުމީ ދުވަހު ގައުމަށް ދިން ހަދިޔާއެއް،" ދަގަނޑޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެލް

    ޝުކުރިއްޔާ ދަގޭ !! އަދި އެއްމެޗު !!

    38
    2
  2. އުގުރި

    އިންޝާ ﷲ

    37
    1
  3. މުހުމްމަދު

    އަޑޭއާއެކު މިނިސްޓަރ މަހޭވެސް ދަނޑަ އަރުވަން ޓީމް ކޯޗް ސުޒޭން އަދި ބައްސާމް އަށް ގޮވާލަން.

    2
    1
  4. މުހައްމަދު އަހްމަދު

    ނޭޕާލަށް ވުރެ ވެސް ރާއްޖެ މޮޅު... އެކަމަކު އާދޭސްކޮށްފައި ބުނަން.. އަޑުބަރޭ ދެން މަޑުކޮށްލާ..

  5. ދެން ދޯ

    ޢެކަމް އެރޭ މޭން އޮފް ދަ މެޗް ތީނަ އަށް ހައްގެއް ނޫން.