އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ޝޯތަކެއް ބާއްވަން ނިންމައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކާނިވާ ސަރަހައްދުގައި ބެލޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލާއި އުރީދޫ އާއި މީޑިއާނެޓް ގުޅިގެން ވަނީ ހަމަޖައްސައިފައެވެ. ކާނިވާލުގައި މެޗް އަޅުވަނީ ވީހާވެސް ގިނަ ބަޔަކަށް މެޗް ބެލޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުންނެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުބާރާތުގެ ފޯރި ނަގާލައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އޫރިދޫ، މާލެ ސިޓީ ކައުންސިލް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެގޮތުން ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި ރާއްޖެ މޮޅުވެއްޖެ ނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނީ ތިން މެޗެވެ. ފުރަތަމަ މެޗްގައި ނޭޕަލްއާ ކުޅޭ ރާއްޖެ ބަލިވީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. ދެވަނައަށް ބަންގްލަދޭޝްއާ އެކު ކުޅުނު މެޗުން ރާއްޖެ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ނުކުތީ އަވަށްޓެރި ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މާދަމާރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަ

  ހޫން އެއްކަލަ މީހުން😠 ކަންތަކާ ޖެހުނީ މިދެން🤦🏽‍♀️ މިމީހުންނަށް ހީވާފަދަ މޮޅުވަނީ ގިނައިން ހަރާމް މިއުޒިކް އަޑުއެހިވަރަކަށޭ😑😑 ހެޔޮނުވާނެ ހަރާމް މިއުޒިކް ޝޯވް ބޭއްވުން ހުއްޓާލާ!!!!

 2. ހިލޮލތޮ

  ދަރި ޕްރޮމޯޓް ކުރަން ދޯ.

 3. ނުވެސް

  ދަރި ޕްރޮމޯޓްކުރަން ދޯ

  3
  1
 4. ސަޕޯޓަރު

  މިޔުޒިކް ސޯ ބެންވުމަށްވުރެ ފޯރިގަދަވެފައި މެޗްތައް މާކާމިޔާބުވާނެ މުބާރާތް ނިމެންދެއް ކޮންމެ ނަމާދެއް ކޮށްގެން ހުރިހާ މީހުން ދުޢާކޮށްބަލަ. އަދި ޞަދަގާތްކޮށް ޒިކުރުކޮށް ކެއްތެރި ކަމާއެކު ޓީމަށް ހިއްވަރުދީ ސަޕޯޓް ކޮށްބަލަ. ކޮން މިޔުޒިކް ސީއެއްތަ

 5. ޔަގީނޭ

  ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލާ ހަމަައަށް މިއުޒިކު ޝޯތަކެއް ބާއްވަން ޔޫތު މިނިސްޓަރު އިއުލާން ކުރުން އެއީ ޝިރުކުގެ ތެރެއަށް ދިވެހިން ގެންގޮސްދޭނެ ކަމެކޭ ތިޔާވާ ގޮތުން ރާއްޖެ މޮޅުވުމަށް ވުރެން ބޮޑަށް ރާއްޖެ ބަލިވުމޭ ގާތީ ކަން މިހެން ހުރުމުން ތިޔާ ކަން އެއްގޮތަކަށް ވެސް މަޚްލޫފު ކޮށްގެން ނުވާނެއޭ ބަދަލުގައި ރާއްޖޭން ކުރަން ޖެހޭނެ ކަމަކީ އެއީ ހިޔާ ފްލެޓްްސް ތަކުގެ ކުލި ކުޑަ ކުރުމަށް ޕެޓިޝަން އެއްގައި ސޮއިކުރާނީ ގައުމީ ޓީމް ކުޅުންތެރިން އެއިރުން އެފްލެޓްސް ތަކަށް ބަދަލުވާ 40 ހާސް މީހުންގެ ހިތް ތަކުން ގައުމީ ޓީވް ވިންވާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ...

 6. ދެރަ

  ޢެހެން ވިއްޔާ ބަލިވާނެ

 7. ނާނާނާނާ

  ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލާ ހަމަައަށް މިއުޒިކު ޝޯތަކެއް ބާއްވާނަމަ އެއީ އެއްގޮތަކަށް ވެސް ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫނޭ ހިޔާ ފްލެޓްްސް ތައް ލިބުނު މީހުންނަށް އަސާސީ ކަންކަން ފުރިހަމަ ނުކޮށްދީ ސަރުކާރުން ފުޓްބޯޅަ ފޯރީގައި މިއުޒިކް އާއި ލަވަ ކިޔާ ނަށާ ހަދައިގެން ނުވާނެއޭ ބަދަލުގައި ބުނަން ޖެހޭނީ މޮޅު ވެއްޖެނަމަ ގައުމީ ކުޅުންތެރިންނަށް ވެސް މާލެ ސަރަހައްދުން ގޯއްޗެއް ދީ އެމެންގެ ދިރިއުޅުން ވެސް އާބާދު ކުރާނެ ފަދަ ދުރު މުސްތަގްބަލަށް ދެމިގެންދާ ފަދަ ހަދާން ތަކުގެ ވާހަކައޭ ދައްކަން ޖެހޭނީ އެއީއޭ މަމެން އެދޭ ގޮތަކީ މިއުޒިކް ކުޅުމާއި ލަވަކިޔުން އެއީ ފުޓް ބޯޅަ މުބާރާތުގެ މޮޅާއި ގުޅިގެން ކުރާ ކަމެއް ނަމަ އެއިން ވަރަށް ނޭދެވޭ އަސަރުތަކޭ ޓީމް ކުޅޭ ކުޅުމަށް ގުރުރަތީ ގޮތުން ކުރާނީ...

 8. ރަށުތެރެއިން އެހެންކަމަކާ އުޅެބަލަ

  ރަނގަޅަށް ކަމެއްދަންޏާ މި ބޮޑެތި ބޭފުޅުންގެ މޭ ކަރާނެ! ކޮން މިއުޒިކެއް ކުޅޭކަށްތަ؟ ކުރީ ދެމެޗްވެސް މޮޅުވީކީ ނުވަތަ ދިވެހިން ފޯރޮ ނެގީ ބަޔަކު ލަވަކިޔާ ޝޯ ބާއްވާއިގެނެއްނޫން، ޓިކެޓް ވިއްކުމުގެ މައްސަލަ ފަނިވީމާ، އެކަން މަތި ޖަހަން މިއުޒިކް ޝޯ ބާއްވައިން ރައްޔިތުން ގުނބޯހައްދަން ވެގެން، ސޮރީ ތި ޓްރިކް ވަރކް އެއް ނުކުރި މިފަހަރު. ވީ އަރ ނޮޓް އިންޓްރެސްޓަޑް

 9. ކަތްދައްތަ

  ޝޯތައް ބާއްވާފަ މަހުލޫފްގެ އާއިލާ ނެށީމަ ރަގަޅުވާނެ .ކޮންމެ ކަމެއްގަ ވެސް އިންޑިއާ ކޮޕީކުރުން މިކަލޭގެ ކަމަކީ. ޢެމީހުންގެ ހުރިހާ ކަމެއް (އަޅުކަަންވެސް) ގުޅިފަ އޮންނަނީ ލަވަކިޔުމާ ނެށުމުގައި. ތިޔަފަދަ ވާހިއްޔާތުގެ ވާހަަކަ ދައްކާތީ ކަމު ނުދަނީ. ބަދުރު ހަގުރާމަ ހިގުމުގެ ކުރިން އަބޫ ޖަހުލުުވެސް ބުނި ކަމަށްވަނީ ކައިބޮއި ރާބޮއި ނަށާ މަޖާކޮށްލާފަ ކަމަށް ރަށަށްދާނީ .

 10. ބާބޫ

  ޜާއްޖެ ތިޔަ ދިޔައީ ޗޮކުން.......

 11. ޜަގަޅުގޮތް

  ދިވެހި ޓީމަށްއޮތް ސަޕޯޓް މިހާހިސާބަށް ނިމުނީ….މޮޅުވީމާ ނާޗަރަންްޤީއަށް ނޯ

 12. ރީޝް

  މަހުލޫފްއަށް ހެޔޮވިސްނުން ދެއްވާށި އާމީން.

 13. ޝިފްްް

  ކަމކު ނުދޭ ތި ގޮތް

 14. އަހުމަދު

  އަހަރެންގެ ދުޢާއަކީ މަހުލޫފުގެ އެ ޓުއީޓް އަނބުރާ ނުނަގައިފިނަމަ ރާއްޖެބަލިވުން. ނާޗަރަންގީއަށް ޒީރޯ ޓޮލަރެންސް.

 15. ލާދީނީ

  މިހާރު ފާހިސް ކަންކަން ކުރަން މަގުފަހި ކުރަނީ ބަލަ އަހަރުމެން ނޫނަސް އެހެން ފަރާތެއްވެޔޭ އަހަރުމެން އަމިއްލަޔައްތަ ދުނިޔެޔައް އައިސް މިތިބީ ޓީމު ބަލިވެއްޖެނަމަ މަހުލޫފު އެކަމުގެ ޒިންމާނަގަންޖެހޭނެ

 16. އަޚް

  ވަރަށް އިޚްލާސްތެރިކަމާއެކު މިނިސްޓަރ މަހްލޫފަށް ދަންނަވަން ތިނިންމުން އަނބުރާ ގެންދިއުމަށް... ޖޯސާއި، ފޯރި އާއި ގުޅުމެއްނެތް އެއްޗެއްތީ މިއުޒިކްތަކަކީ... ދިވެހި ރައްޔިތުންގެ
  ކާމިޔާބަށް ހުރަސްއެލުން ކަހަލަ ކަމެއްތީ ..އަދިވެސް އެއްފަހަރު ތި ނިންމުން އަނބުރާ ގެންދިއުމަށްއެދެން... މިނިސްޓަރަކަށްވީތީ ފަހުރުވެރިވާހިނދު މުސްލިމަކަށްވުމުން އުފާވާން ދަސްކުރަންޖެހޭ