މެކްސިކޯގެ މަށްޗައް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދި މެޗަށްފަހު މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި މެކްސިކޯގެ ޓީމަށް ނޭމާ މަލާމާތްކުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެގޮތުން މެޗަށްފަހު ވާހަކަ ދައްކަމުން ނޭމާ ބުނީ މެކްސިކޯއަކީ މޮޅު ޓީމެއް ކަމަށާއި ނަމަވެސް މެޗުގެ ކުރިން އެމީހުން މާގި ވާހަކަތަށް ދައްކައިފައިވާ ކަމަށެވެ. އަދި މިހާރު މެކްސިކޯއަށް ވަނީ ދަބަސްތަށް ތައްޔާރުކުރުމަށް ފަހު އެނބުރި ގައުމަށް ދާން ޖެހިފައި ކަމުގައި ނޭމާ ވަނީ ބުނެފައެވެ.
" މެކްސިކޯ އަކީ ރަނގަޅު ޓީމެއް. ނަމަވެސް މެޗުގެ ކުރިން އެމީހުން ވަނީ މާގިނައިން ވާހަކަ ދައްކާފަ. މިހާރު އެމީހުން އެވަނީ ފޮށިތަންމަތި ތައްޔާރުކޮށްގެން އެނބުރި ގައުމަށް ދާން ޖެހިފަ " އެެއްލޯ މަރާލަމުން ނޭމާ ބުނެފައިވެއެވެ.
ދިމާކުރުމުގެ ރާގަކަށް ނޭމާ އެހެން ބުނެފައިވާއިރު އެކަމުގެ ސަބަބުން ގިނަ ބައެއްގެ ނުހުރުން ވަނީ ނޭމާއަށް އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނޭމާގެދެއްކި ވާހަކަ ތަކަކީ ވަރަށްވެސް ދަށުދަރަޖައިގެ ވާހަކަތަކެކެވެ.
މެކްސިކޯ ކަޓުވާލާ ބްރެޒިލްއިން ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދި މެޗުގެ ކުރިން މެކްސިކޯގެ ބައެއް ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންވަނީ ނޭމާއަށް ވަރަށް ބޮޑަށް ފާޑުކިޔާ ވާހަކަ ދައްކާފައެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެކްސިކޯއަށް މަރާމާތްކޮށް ނޭމާ ވާހަކަ ދައްކައިފައިވަނީ އެ މެޗުގެ ކުރިން މެކްސިކޯގެ ބައެއް ކުޅުންތެރިން ނޭމާއަށް ފާޑުކިޔާ ވާހަކަ ދައްކައިފައިވުމުންނެވެ.
މެކްސިކޯއަތުން މޮޅުވި މެޗުގައި ނޭމާގެ ފަަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ މެޗުގައި ނޭމާއަށް ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.
އިރާދަކުރެއްވިއްޔާ ތިޔަ ބްރެޒިލް ކަޓާނެ އަދި
މޮޔަވޭ އިރާދަ ކުރެއްވިއްޔާ ނުކަޓާނެ?
މާރީތިވާނެ އިރާދާއެކު ތިމާއިސްލާހުވާން ބުނިނަމަ ތިޔާބޮޑުވަރު