އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވޭތޯ ދުއާކޮށްދިނުމަށް އެދޭކަމަށާއި ﷲ ގެ އިރާދަފުޅުން ނަތީޖާ ނެރެދޭނެކަމަށް ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަކްރަމް ބުނީ ޓީމުގެ ކާމިޔާބީތަކުގެ ފަހަތުގައި 12 ވަނަ ކުޅުންތެރިޔާގެ ދައުރު ބޮޑު ކަމަށެވެ.

އަކްރަމް ބުނީ ދިވެހި ހުރިހާ ސަޕޯޓަރުން ވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުގައި ތިބޭނަމަ މުބާރާތުގެ ތަށި ޓީމަށް ނުނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"ބޮޑު ސްކްރީން ދޮށުގައި ވެސް، ރަށުގައި ވެސް ނުވަތަ ގޭގައި ވެސް އަޅުގަނޑުމެންނަށް ސަޕޯޓުކޮށްދެއްވާ. އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކޮށްދީ. އެ ދުޢާގެ ނަތީޖާ އިންޝާﷲ އަޅުގަނޑުމެންނަށް މާދަމާ އަދި ދެން އަންނަ ފައިނަލް މެޗުގައިވެސް ފެނިގެންދާނެ" އަކްރަމް ބުންޏެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާއިރު މިހާތަނަށް މި މުބާރާތުން ރާއްޖެއަށް ފައިނަލަށް ދެވެން އޮތީ އިންޑިއާ އާއި އެއްވަރުކޮށް ނުވަތަ މޮޅުވެގެންނެވެ. އަދި އިންޑިއާއަށް ފައިނަލުގެ ޖާގަައެއް ލިބެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. އިންޑިއާގެ ކޯޗު ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ފޯވާޑް ލައިން ރަނގަޅަށް ހިފަހައްޓާލެވިއްޖެ ނަމަ އިންޑިއާއަށް މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑެވެ.

މި މެޗުގައި ވިއްކަން ހަމަޖެހިފައިވާ ހުރިހާ ޓިކެޓެއް ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައެވެ. މި މެޗު ފަށާނީ މާދަމާ ރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފަވޝޤ

  ޓީޝާޓުގައި އިންޑިޔާމީހުން ބޭނުންވާހެން މަހާލްދީބު ޖަހައިގެން ކޮން ރާއްޖެއެކޭތޯ ތިޔަކިޔަނީ. މަހާލްދީބޭ ދެން ކިޔާ.

  5
  3
 2. ބެލް

  ޔަގީން ކަންދެން // އެންމެންވެސް ދުއާކޮށް މެޗުން ކާމިޔާބް އަށް އެދެން // ވ މަސައްކަތް ކުރާތި ،،،،.

  4
  1
 3. އަހުމަދު

  މިދުވަސް ކޮޅުކުރާ ބޭކާރު ހަރަދެއް

  3
  5
 4. ނަސްރު

  ހުރިހާއެއްމެން ނަމާދު ކޮށް ،ރަގަޅު ހަލާލު ތަކެތި ކައިގެން ދުވާކުރޭ . އިރާދަކުރެއްވިއްޔާ ކާމީޔާބު ވާނެ.

  9
  1
 5. ޝަރީފް

  ރާއްޖެ މޮޅުވޭތޯ މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ. އެކަމަކު އެއްބަޔަކު އެގޮތަށް ވިސްނަމުންދާއިރު އަނެއްބަޔަކު އުޅެނީ މޮޅުވޭތޯ މާތްﷲ ޙަރާމްކުރެއްވި ކަންކަން ކުރެވޭތޯއެވެ. މިޔުޒިކާއި މަސްހުނިވުމެވެ. މިކަންކުރުމުން މާތްﷲ ރުހިވޮޑި ނުގަންނަވާނެކަން ދީނީ ޢިލްމުވެރިންގެ ވާހަކަތަކުން އަހަރެމެންނަށް އަބަދާއަބަދު އެނގޭއިރުވެސް މިކަންކަމަށް ހިތްވަރުދޭ މީހުން ވަރަށް ގިނައެވެ. މާތްﷲ އަހަރެމެން މިފަދަ ވިޔާނުދާ ކަންކަމުން ސަލާމަތް ކުރައްވާށިއެވެ. އާމީން!

  10
 6. އަހަރެން

  އަހަރެންމީދިވެއްސެއް މިހާރުވެސް ރާއްޖެމޮޅުވޭތޯ ދުޢާކުރަން ކޮންމެކަމެއްވެސް ނިންމަވާފަރާތަކީ
  ﷲ ވީމާ، ހަމައެކަނި ދުޢާކޮށްލުމަކުން ނުފުދޭނެ ﷲނުރުއްސަވާގޮތަށްއުޅެފައި ބޭނުންވާކަމެއްގައި
  ދުޢާކޮށްލުމުން ފުދޭނެތޯ ވީމާ. ﷲރުއްސަވާގޮތަށް އުޅުންބަހައްޓަވާފައި އެނކަލާގެ ރުއްސަވާގޮތަށް
  ޢަމަލުތައްހުރުމަކީ ވަރަށްމުހިއްމުކަމެއް އަކްރަމްގެ އެދިލެއްވުމުގައި ﷲ ރުއްސަވާކަންކަމަށް ބާރު
  އެޅުއްވުން ވަރަށްމުހިއްމު ﷲއަށް ޝަރީކްކުރާގައުމަކާދެކޮޅަށް އިސްލާމީގައުމަކުން ކުޅެގެން
  މޮޅުވާނެކަމުގެ ވަރަށްބޮޑު ޔާގީންކަމެއް ލިބިފައިވޭ ނަމަވެސް ނަމެއްގައި އިސްލާމް ކިއުމަކުން ނުފުދޭ

 7. އަޚް/ޝަރީފް

  އާމީން.