ކޮލިފައިންގައި ސައްތައިން ސައްތަ މޮޅުވުމުގެ ރެެކޯޑަކާއެކު ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވި ދެވަނަ ގައުމަކަށް ޑެންމާކް ވެއްޖެއެވެ.

ޑެންމާކް ވޯލްޑްކަޕަށް ކޮލިފައިވީ ރޭ އޮސްޓްރިއާ އަތުން 1-0 އިން މޮޅުވެ ކޮލިފައިންގައި އަދި ބާކީ ދެ މެޗު ކުޅެން އޮއްވައެވެ. އެ ޓީމު ކޮލިފައިވީ ކޮލިފައިންގެ ގްރީޕް އެފްގެ އެއްވަނަ ހޯދައިގެންނެވެ.

އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. މި ގްރޫޕުގައި ޑެންމާކް އާއި ޖެހިގެން އެންމެ ކައިރިން ދެވަނައިގައި ހިމެނެނީ ސްކޮޓްލޭންޑެވެ. އެ ޓީމު ދެވަނައިގައި އޮތީ 17 ޕޮއިންޓާއެކު އެވެ.

މެޗުގައި ޑެންމާކް އިން ކާމިޔާބުކުރި ހަމަައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޯކިމް މައިލާ އެވެ. މި މެޗާއި ކުރިމަތިލިއިރު އޮސްޓްރިއާ ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެއާއެކު މި މެޗަށް އެ ޓީމު ކުރިމަތިލީ މުހިއްމު ގިނަ ކުޅުންތެރިން ނުހިމަނައެވެ.

ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔޯކިމް މައިލާ އެވެ. މީގެއިތުރުން ވެސް ޑެންމާކް އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެންދިޔަ އެވެ.

މިއީ ޑެންމާކްގެ ތާރީހުގައި އެ ޓީމު ވޯލްޑްކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ. އެންމެފަހުން ބޭއްވި ޔޫރޯގައި ވެސް ޑެންމާކް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ބޮޑެތި ގިނަ ޓީމުތަކެއް ފަހަތަށް ޖައްސާލާ މުބާރާތުގެ ސެމީފައިނަލުގައި ވާދަކޮށްފައެވެ.

ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް ފުރުސަތު ލިބިފައިވާއިރު، ގަތަރާއި ޖެހިގެން މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި އެއް ޓީމަކީ ޖަރުމަނެވެ. ޑެންމާކް ކޮލިފައިވުމާއެކު މުބާރާތަށް މިހާތަނަށް ތިން ޓީމު މި ވަނީ ކޮލިފައިވެފައެވެ.