ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޖުވެންޓަސް އަށް ގެންދިޔުމަށް އެ ކުލަބުން ރެއާލް އާއި އެކު މަޝްވަރާކުރަން ފަށައިފިއެވެ.

މާކާއިން ބުނި ގޮތުގައި ރޮލާލްޑޯ ގެންދިޔުމަށް ޖުވެންޓަސްއިން ރެއާލް އާއި އެކު މަޝްވަރާކުރަން ފަށާފައިވާއިރު ޖުވެންޓަސްއަށް ރޮނާލްޑޯ ގެންދަނީ ރޮލާލްޑޯގެ ރިލީސް ފީއަށް ވުރެއް މާ ކުޑައަގެއްގައެވެ.

އެގޮތުން ޖުވެންޓަސްއަށް ރޮނާލްޑޯ ގެންދަނީ 88 މިލިއަން ޔޫރޯއަށް ކަމަށް ރިޕޯޓްތަށް ބުނެއެވެ. މެޓްރޯއިން ބުނެފައިވާ ގޮތުގައި ރެއާލްމެޑްރިޑުން މިހާރުވަނީ އަހަރަކު 88 މިލިއަން ޔޫރޯއަށް ރޮނާލްޑޯ ޖުވެންޓަސްއަށް ވިއްކާލުމަށް ނިންމާފައެވެ.

ނަމަވެސް މިކަން އަދި ރަސްމީކޮށް ރެއާލް މެޑްރިޑުން ކަށަވަރުކޮށްދީފައި ނުވާއިރު ނިމިގެން ދިޔަ ޗެމްޕިއަންސް ލީގަށް ފަހު ރޮނާލްޑޯ ވަނީ ސްޕެއިންގައި ކުޅެން ބޭނުން ނުވާ ކަމަށް ބުނެފައެވެ

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރެއާލްއަށް ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވި ރޮނާލްޑޯ އެބުރި އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ދާން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

އަދި ރޮނާލްޑޯ ދޫކޮށްކުމަށް ފަހު, ބާސެލޯނާ ދޫކޮށް މިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާ ރެއާލްއަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ފީފާއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑީ އޯ އެވޯޑް ފަސް ފަހަރު ހޯދައިފައިވާ ރޮނާލްޑޯއަކީ ރެއާލްއާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެވެ. އެގޮތުން ރެއާލްމެޑްރިޑާއި އެކު އޭނާ ވަނީ ހަތަރު ޗެމްޕިއަން ލީގުވެސް ހޯދައިފައެވެ.