އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނޭޕާލްގެ ފުޓުބޯޅަ ތާރީހުގައި މިއީ ބޮޑު ކާމިޔާބީއެކެވެ. ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެ ޓީމަަށް އެންމެ ދުރަށް ދެވިފައިވަނީ މުބާރާތުގެ ސެމީފައިނަލަށެވެ. ނޭޕާލް ވަނީ މި މުބާރާތުގެ ތާރީހުގައި ފަސް ފަހަރެއްގެ މަތިން ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މި ހުރިހާ ފަހަރެއްގައި ވެސް އެ ޓީމު ވަނީ ސެމީފައިނަލުން ބަލިވެފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ބަންގްލަދޭޝް އެންމެފަހުން ފައިނަލެއްގައި ވާދަކޮށްފައިވަނީ 2005 ގައެވެ. ޕާކިސްތާނުގެ ކަރާޗީގައި އެފަހަރު ބޭއްވި މުބާރާތުގެ ފައިނަލުން ބަންގްލަދޭޝް ބަލިވީ އިންޑިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެ ޓީމު އެންމެ ހިތްދަތިކޮށް ފައ

ނޭޕާލުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް

މި ނަތީޖާއާއެކު ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. މި މުބާރާތުގައި ރާއްޖެއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުން ރާއްޖެ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އެބައޮތެވެ. އިންޑިއާ ޖެހޭނީ ރާއްޖެ ބަލިކުރާށެވެ.

ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ހާޒިރުވި މި މެޗު ބަންގްލަދޭޝް ފެށީ ވަރުގަދަކޮށެވެ. ލިބޭ ކޮންމެ ބޯޅައެއްގައި ޓީމުގެ ހުރިހާ ކުޅުންތެރިން ކުރިޔަށް އަރާ ނޭޕާލަށް ބޮޑު ޕްރެޝަރެއް ދިނެވެ. ނަތީޖާއެެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝް އިން މި މެޗުގައި ލީޑުނެގިއެވެ.

މެޗުގެ 9 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ލީޑުނެގި ލަނޑު ކާމިޔާބުކޮށްފައިވަނީ އެމްޑީ ސުމަން ރެޒާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޖަމާލް ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ނޭޕާލްގެ ޑިފެންސްލައިން ފެނުނީ މުޅިން ހާލިވެފައިވާ ތަނެވެ. ބަންގްލަދޭޝް ކުޅުންތެރިން ބޯޅައާއެކު އެރި ކޮންމެ ދަނޑިވަޅެއްގައި ގިނަ ގޯސްތަކެއް އެ ޓީމުން ހެދިއެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ނޭޕާލުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުމެވެ. ނަމަވެސް ދެވަނަ ހާފުގެ ބޮޑުބައި ރަނގަޅަށް ކުޅުނީ ނޭޕާލެވެ. ލިބޭ ބޯޅަތަކުގައި ވެސް ބަންގްލަދޭޝް އަށް ނުރައްކާކޮށްފައިވެއެވެ.

ނޭޕާާލް ޓީމުން އެންމެ ނުރައްކާކޮށްފައިވަނީ އޭރިއާ ތެރެއަށް ދޭ ބޯޅަތަކުން އުފައްދާ ހަމަލާތަކުގައެވެ. ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ވަނީ މި މެޗުގައި މޮޅު ތިން ސޭވެއް ކޮށްފައެވެ. ބަންގްލަދޭޝްގެ އޭރިއާ ތެރެއަށް މަތިން އަންނަ ބޯޅަތަކުގައި އެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ.

މެޗު ނިމެންދިޔަ ވަރަކަށް ބަަންގްލަދޭޝް ދިޔައީ މެޗު ލަސްކުރަން ގިނަ މަސައްކަތްކުރަމުންނެވެ. ނޭޕާލުން މަސައްކަތްކުރީ ކައުންޓަރ ހަމަލާތަކުގައި ފަހަރަކަށް ފަހު ފަހަރެއް ނުރައްކާކުރަމުންނެވެ.

ނޭޕާލާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން--- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ބަންގްލަދޭޝް ޓީމަށް މައްސަލަ ކުރިމަތިވީ އެ ޓީމުގެ ކީޕަރު އަނީސުރް ރަހްމާނަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ ނޭޕާލުގެ އަންޖަން ބިސްތާ ބޯޅައާއެކު އަރަން އުޅުމުގެ ތެރޭގައި ކީޕަރު އޭރިއާ ބޭރަށް ނިކުމެ ބޯޅައިގައި އަތްލުމުގެ ސަބަބުންނެވެ. އެއާއެކު ދެން ބަންގްލަދޭޝް ކީޕަރަކަށް އެރީ އަޝްރަފުލް އިސްލާމް ރަނާ އެވެ. މިއީ މި މުބާރާތުގައި އޭނާ ކުޅޭ ފުރަތަމަ މެޗެވެ.

އެއް ކުޅުންތެރިއަކު މަަދުކޮށް ކުޅެން ޖެހުމުން ބަންގްލަދޭޝް އަށް މައްސަލަ ކުރިމަތިވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވާންތް ނޭޕާލުގެ އަންޖަން ބިސްތާއަށް ކުރި ފައުލަކާއި ގުޅިގެން ނޭޕާލަށް ޕެނަލްޓީއެއް ލިބުނެވެ. އަންޖަން ބިސްތާ ވަނީ މި ލަނޑު ކާމިޔާބުކޮށް ނޭޕާލް މުބާރާތުގެ ފައިނަލް ޔަގީންކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮރިލް

    ބަންގާޅު ފޮނިބޮޑީ // ނޭޕާލް ގެ މަސައްކަތް ކާމިޔާބު ! މަރުހަބާ ،،،،

  2. ލެޓްސް

    ފަހު ވަގުތު ބަންގްލަދޭޝްއާ އެއްވަރުކޮށް، ނޭޕާލް ފައިނަލަށް ހިނގައްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ބަންގާޅަށް ވުރެން މަމެންނަށް ރަނގަޅީ ނޭޕާލް ފައިނަލަށް ދިޔައިއްޔާއޭ ދެން މިރޭ މެޗް ގައި ދިވެހި ގައުމީ ޓީމް ޖެހޭނެއޭ ފުރާނަ އަށް ކުޅެން މޮޅު އެނޫނީ ޑެޑް ބޮޑީ ނެރެންޖެހޭނީ އެއަޒުމް ގައިއޭ މިރޭ ޖައްސަން ޖެހޭނީ އިންޑިއާ އަތް ދަށުވެގެން ނުވާނެއޭ ރާއްޖޭގެ ގައުމީ ޓީމް އައި ގޮޓާ ފީލިންގް ދެޓް ޓު ނައިޓް އިޒް ގޮނާބީ އަ ގުޑް ގުޑް ޓައިމް...

  3. ކަމޯން

    ނޭޕާލު ފައިނަލަށް ދިއުން އެއީ ދިވެހިގައުމީ ޓީމަށް ރަނގަޅު ފާލެކޭ އެއިން އަންގާދެނީ މިރޭ ގައުމީ ޓީމް ބައްދަލުކުރާ މެޗުން ޖެހޭނެއޭ ގައުމީ ޓީމް މޮޅުވާން މަރަށް ފުރާނައަށޭ ކުޅެން ޖެހޭނީ ދިވެހި ގައުމުގެ މިނިވަން ކަން ދިފާއު ކޮށް ދެމެހެއްޓުމަށް ޓަކައި އެބަޖެހޭ ގައުމީ ޓީމް އިންޑިއާ ކޮޅަށް 5 ލަނޑު ތަޅާލަން ދިވެހިގައުމީ ޓީމް ޖެހޭނީ މިރޭ މޮޅުވާށޭ ލެޓްސް ގޯ ކުދިންނޭ ދަނޑަށް ކަމޯން އެވްރީ ބޮޑީ އެވްރީ ބޮޑީ ސްޓެޕް އަޕް ފާސްޓް ގެޓް އަޕް ޕުޓް ޔުއަރ ހޭންޑްސް އިން ދި އެއަރ އެން ސަޕޯރޓް ދަ ނެޝަނަލް ޓީމް...