22:59

އިންޑިއާ މޮޅުވެގެން މެޗް ނިމިއްޖެ. މިރޭގެ މެޗާއިއެކު ރާއްޖެ އަށް ވަނީ މުބާރާތް ނިމިފައި. މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ނޭޕާލް އާއި އިންޑިއާ.

22:28

ސުނިލް ޗެތުރީ އިންޑިއާ އަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފި. މިހާރު ނަތީޖާ އަކީ އިންޑިއާ 3 ރާއްޖެ 1.

22:21

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި ކުޅޭ މެޗުގައި ރާއްޖެއިން އިންޑިއާއާއި އެއްވަރުކޮށް މުބާރާތުގެ ފައިނަލުގެ އުއްމީދު އާކޮށްފައި ވަނިކޮށް ސުނިލް ޗެޓްރީ ލަނޑެއް ޖަހައި އަނެއްކާވެސް އިންޑިއާ އިން ލީޑް ނަގައިފި.



އިންޑިއާ އިން އެއްލަނޑު ޖަހައި ރާއްޖެ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް އަޝްފާގު ޕެނަލްޓީ އަކުން ލަނޑެއް ޖެހީ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށެވެ.

މިރޭގެ މެޗުގައި އިންޑިއާއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައި އެޓީމުގެ ކުރިއަށް ކުޅެމުން އަންނަ ޖާޒީ ނަމްބަރު 9، މަންވިރް ސިންގް އެވެ.

މިރޭގެ މެޗު އެއްވަރުކޮށްގެން ރާއްޖެއިން ނިންމާލައިފިނަމަ ފައިނަލަށް ދަތުރު ކުރެވޭނެއެވެ.

ދެ ޓީމުގެ ވާދަވެރިކަމަށް ބަލާއިރު، އިންޑިއާ އިން ވަނީ ނުވަ ފަހަރު ރާއްޖެ ބަލިކޮށްފައެވެ. ރާއްޖެ އަށް އިންޑިއާ ބަލި ކުރެވުނީ އެންމެ ތިން ފަހަރެވެ. ދެ ޓީމު އެއްވަރުވީ އެންމެ މެޗެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާއްޖެ ގާރލް

    އޮހް.. ޔެސް... ވީކޭން ޑޫ ދިސް.. އިންޝާﷲ

  2. ޥަގުލޫފު

    ކޮބާ ނާޗަރަންގީ ރެޑީ ތާ

  3. ރަބަރޭ

    މީތި ނިމޭނީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ބޭނުންވާ ގޮތަށް ރާއްޖެ ބަލިވެގެން

    2
    2
  4. ހަނި

    ގައުމް ވިކާލި ގޮތަށް މެއެޗު ވެސް ވިކާލީ

  5. ހގފދދ

    ރާއްޖެ މިނިވަން ވީމަ ދެން ފުޓުބޯޅަ ކުޅޭ! އަޅުންނަށް ސާހިބުންނާ ދެކޮޅަކަށް ނުކުޅެވޭނެ.

  6. Anonymous

    ވިސާގެ ބަދަލުގަ ނަޝީދު ސުބްރަމާނިއަމްއަށް ދިން ހަދިޔާއެއް.

  7. ހގފދ

    މިއަދު ކުޅުން ތެރިން ތިބީ ހަމަ އަޅުންތަކެއްހެން.