އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ގަދަފަދަ އިންޑިއާ ދަތުރުކޮށްފިއެވެ.

ރާއްޖެއަކީ މި މުބާރާތުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. 2018 ވަނަ އަހަރު ރާއްޖެއިން ތަށި އުފުލާލީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭ ޓީމަކީ ނޭޕާލެވެ.

އިންޑިއާ މުބާރާތުގެ ފައިނަލަށް ދިޔައީ ޖުމްލަ 8 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުކޮށް އަދި ދެ މެޗުން މޮޅުވެގެންނެވެ. ނޭޕާލް ފައިނަލަށް ދިޔައީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. ގްރޫޕުގެ ތިންވަނަ ލިބެނީ ރާއްޖެއަށެވެ. އެއީ ހަ ޕޮއިންޓާއެކު އެވެ.

މި މެޗު އިންޑިއާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި ވަރަށް ބޮޑަށް ކުރިޔަށް ޖެހިލާ ރާއްޖޭގެ ޑިފެންސްލައިނަށް ބާރުބޮޑުވާނެ ގޮތަކަށް ވިސްނައިގެންނެވެ. މެޗު ފަށައިގެން އިންޑިއާއިން ދިޔައީ ކުރިޔަށްޖެހި ރާއްޖެއަށް އުނދަގޫކުރަމުންނެވެ. ލިބޭ ބޯޅަތަކުގައި އިންޑިއާގެ ފޯވާޑް މަންވީރު ސިންގް ގެ ނުރައްކާ މި މެޗުގައި ވަރަށް ބޮޑެވެ. އަދި މެދުތެރެއިން ސުނިލް ޗެތްރީވެސް ވަނީ ރާއްޖެއަށް ނުރައްކާކޮށްފައެވެ.

ރާއްޖެއިން މެޗު ލަސްކޮށް ފެށިނަމަވެސް އިންޑިއާގެ އަވަސް ކުޅުމާއެކު ރާއްޖެއަށް ގިނަ އުނދަގޫތަކާއި ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ދިވެހި ކުޅުންތެރިން ފައުލްކުރަން ފެށިއެވެ. އަދި ރާއްޖޭގެ މެދުތެރެއިން އައިސަމް އާއި ފޯވާޑް ލައިނުން ހަމްޒާ މުހައްމަދު (ހަމްޕު) އަދި ފަހަތުން ސިފާއު އަށް ރީނދޫ ކާޑެއް ވަރަށް ކުރީކޮޅު ދެއްކިއެވެ.

އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަމްޒާ މުހައްމަަދު (ހަމްޕު) އެވެ. އިންޑިއާ ކުޅުންތެރިންނަށް މި މެޗުގައި އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ ހަމްޕުގެ ފަރާތުންނެވެ.

އިންޑިއާއިން ގިނަވަގަުތު ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ސުނިލް ޗެތްރީއަށް ލީޑުނަގާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މަތިންް އައި ބޯޅައެއްގައި ޗެތްރީ ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

އިންޑިއާގެ އަވަސް ބޯޅަތަކާއެކު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެ ޓީމު ވަނީ ލީޑުނަގާފަައެވެ. މިއީ ރާއްޖޭގެ ޑިފެންްސްލައިނުން އުފެދުނު ބާގަނޑެއްގެ އެހީގައި އޭރިއާތެރެއަށް ހުސްކޮށް ވަދެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން ފޯވާޑް މަންވީރު ސިންގް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު މަޑުމަޑުން ރާއްޖޭގެ ގޭމް އަވަސްވާން ފެށިއެވެ. މަޑުމަޑުން ރާއްޖެއިން ކުރިޔަށްޖެހި އިންޑިއާ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ރާއްޖެއަަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަަދު (ހަމްޕު) އަށް އިންޑިއާގެ ފަހަތުން ޕްރިތަމް ކޮޓާލް ކުރި ފައުލަކާއި ގުޅިގެން ރާއްޖެއަށް ލިބުނު ޕެނަލްޓީއެކެވެ.

ރާއްޖޭގެ އަޝްފާގު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ--- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ޕެނަލްޓީ ފަސޭހަކަމާއި އެކު ކާމިޔާބުކުރީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ކުޅުން ވަރަށް ބޮޑުތަން ވަރުގަދަކޮށްފައެވެ. ޓީމުގެ ތެރޭގައި އިތުބާރު ބޮޑުވެ ރާއްޖެއިން ގިނަ ޕާސްތަކެއް ޖަހަން ފެށިއެވެ. އަދި އިންޑިއާގެ އެޓޭކުތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް މާ ގިނައިރަކު އެގޮތުގައި ދިވެހި ޓީމަކަށް ނުހިފެހެއްޓުނެވެ. އިންޑިއާއިން ރާއްޖޭގެ ހާފުގައި އެ ޓީމުގެ ކުޅުންތެރިން ގިނަވި ދަނޑިވަޅެއްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މިއީ މަންވީރު ސިންގް ތަނަވަސްކުރި ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު އިންޑިއާގެ ކުޅުންތެރިން އިތުބާރު ބޮޑުވެ އަނެއްކާވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ރާއްޖޭގެ ހާފަށް ބާރުބޮޑުކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާއިން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މިއީ ލިބުނު ހިލޭޖެހުމެއްގައި ސުނިލް ޗެތްރީ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖެއިން ދެ ފެނުނީ ބަދަލުތަކެކެވެ. އަހްމަދު ނުއުމާން (ހެލްމެޓް) އާއި މުހައްމަދު އުމެއިރު ކުޅެން އެރިއެވެ. ނަމަވެސް އިންޑިއާގެ ނުރައްކާކަން ކުޑައެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ގެދަބުޅި

  ތިޔައީ މަހުލޫފްގެ އެސްފިނާ

  9
  1
 2. ޖާބެ

  އިންޑިޔާ އަތުން ހުރިހާގޮތަކުންވެސް ރާއްޖެ މިވަނީ ބަލި ، ހާދަ ހިތާމަވެރި ކަމެކޭ މިއޮތީ ލައިގަނެފާ.... ކޮރަކަޑައިލް އިޒް ހެޕީ މޯލްޑިސް އިޒް ސޭޭޑް

 3. ފެނޭދޯ

  އިންޑިއާ ވެރިކަމެއްގައި އިންޑިއާ ފައިނަލަށްދާނެއޭ މަމެން ބުނީމެއް ނޫންތޭ ރައީސް އިބޫގެވެރިކަމުގައި ގިޔާ ފްލެޓްސް ލިބުނު 30 ހާސް މީހުން ހާލުގައި ޖައްސާ ހިޔާ ފްލެޓްސް ތްކުގެ ކުލި ކުޑަ ނުކޮށް ކުޅަދާނައެއް ނޫނޭ ގައުމީ ޓީމަށް މޮޅުވާން އެއީ ގައުމުގެ 30 ހާސް މީހުން ބަނޑަށް ބައިތިއްބާ ރައީސް އިބޫ މެޑަލް ޖަހަން އުޅުނަސް އެކަން ނުވާނެއޭ..

 4. ވިހަ އަނގަ

  އެއިރުވެސް މަށަށް ހީވިޔޭ ތިވިހަހައަނގައިގެ ގޮތް...
  ހީކުރިގޮތް ދިމާވެއްޖެ..މާތް ކަލާންގޯ ތިއަންނިގެ ވިހަދޫގެ ނުބައިކަމާ...

  58
  7
 5. 😑

  އިންޑިޔާ އާ ދިމާލައް އެވަރައް ބަވާލަ ބަވާލަ ތިއްބަ އެންމެން ގުއިރައްވާލަފަ އެދިޔާ 🤣🤣

  39
  15
 6. ޙަފީ

  ރާއްޖެއިން އެހެން ޓީމުތަކާއި ބެހޭގޮތުން ކޮމެންޓްރީދޭއިރު ބޭނުންކުރާ ބޮޑާބަސްތަކުގެ ނަތީޖާ..... 😟

  60
  4
 7. ޙގފފދ

  ރާއްޖެއިން އެހެން ޓީމުތަކާއި ބެހޭގޮތުން ކޮމެންޓްރީދޭއިރު ބޭނުންކުރާ ބޮޑާބަސްތަކުގެ ނަތީޖާ..... 😟

 8. އަހުމަދު އެލެކްސް

  ކޮން އިރަކުން ޝޯ އޮތީ؟؟

  45
  3
 9. ޙާލަތު

  ޢަލް ޙަމްދު ލިﷲ!!! ބޮޑު ނާޗަރަންގީ އަކުން މިޤައުމު ސަލާމަތް ކުރައްވައިފި... ނަސޭޙަތް ދިނީމަވެސް ޤަބޫލުނުކޮށް ބޮޑާވެގަތީ!!! ދެންވެސް ހިނގާ އަހަރުމެން އެންމެން އެކުގައި ތައުބާވަމާ!!! ޔާﷲ! އަޅަމެންގެ ފާފަ ފުއްސަވާދެއްވާ ފާނދޭވެ! އަޅަމެން އިބަ ﷲ އަށް ތައުބާ ވަމެވެ.

  88
  5
 10. މޯދީ

  ހިލޭ ވިސާދިނީ މެޗުން ބަލިވާމަތިން

  33
  6
 11. މަހުފޫ

  ކޮބާ މަހުލޫފު ނާޗަރަންގީ ކުޅުމުގެ ނަތީޖާ ފެނިއްޖެކަމަށް ހީކުރަން. ދެންވެސް ﷲ ގެ އެންގެވުން ތަކަށް ގޮންޖަހާފަ ލިބޭނެ މޮޅެއްނެތް ވިސްނި ތައުބާވެބަލަ.

  82
  4
  • ލޮލްލޮލް

   ﷲ އެންގެވިތޯ ފުޓްބޯޅަ ކުޅެން..ދަނޑަށް ވަދެ އަންހެން ފިރިހެން އެކުވެ ނަށަށް

   9
   1
 12. މުހައްމަދު

  ކީޕަރު ފައިސަލް ބަދަލު ކުރަން ފެނޭ ކުރިއަށް އޮތް ތަނުގައި

  34
  6
 13. ކާކު

  އިންޑިއާ މާ ބަލިބައެއް ކަމަށް ދެކުނީމަ ވާނީ މިހެން. ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާ ގެ އިރާދަފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ. ޓީވީ ތަކުން މެޗްގެ ޕްރީޝޯ ދެއްކި އިރު ޓީވީ އަށް އަރާތިބި ބައެއް މީހުން ބުނަން ނުޖެހޭ ބަސްތަކާ އަދި ކޮމެންޓްރީ ދިން ބައެއް މީހުން ޓީމް ތަކަށް މަލާމާތް ކުރަންޏާ ވާނެ ގޮތް މީ. އަދި ބައެއް ސަޕޯޓަރުން ސަޕޯޓް ކުރުމުގައި ހައްދު ފަހަނަ އަޅާ ދިޔައީ. ބޮޑާވީ މާބޮޑަށް.

  67
  3
 14. ދިއްގާ އައިސަ

  އައިސަ ދައްތަމެން މައިޒާން ތަކުގަ ތިބެ ސަޕޯޓުދެމުން މި އިންތިޒާރުކުރީ ރާއްޖެއަށްރީތިނަން ހޯދައި ދޭނެކަމަށް އެކަމަކު އެކޮއެ މެނަށް އެކުޅުމެއް ނުދެއްކުނު ވަރަށް ދަށް ކުޅުމެއް ރާއްޖެޓީމުން ދައްކައިދިނީ ކުދިންކޮޅު ބަދަލު ކޮއްލަންވެފަހެން ދައިތަޔަށްހީވަނި

  25
  3
 15. އިސްތިއުފާ

  ތިއިން އަންގާދެނީ ހިޔާ ފްލެޓްސް ތައް ލިބުނު 30 ހާސް މީހުން ރައީސް އިބޫ ގާތުން ފްލެޓްސް ތަކުގެ ކުލި މަހަކު 2 ހާސް ރުފިޔާ އަށް ކުޑަ ކުރަން ބުނުމުން އެކަން ނުކޮށް 30 ހާސް ރައްޔިތުން ބަނޑަށް ބައިތިއްބާ ރައީސް އިބޫ އަށް ގައުމީ ޓީމް ބޭނުން ކޮށްގެން މެޑަލް ނުޖެހޭނެ ކަން މިހާރު އެގިގެންދަނީ ސަރުކާރު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  32
  2
 16. ޑީޑިީ

  މިއުޒިކް ޝޯތައް އޮތީ ކޮން އިރަކު

  35
  3
 17. މޯދީޖީ

  ކެނެރީގެ ބުއްޅަބެ ދަނދުގަ ހުއްޓަ އަދި ގައުމީ ޓީމު ނެއް މޮޅުވެފަކައެއް.😡😡
  ރޯނުއެދުރު ކަލޭގެ އިސްތިއުފާ!!!

  49
  5
 18. ރަބަރޭ

  ރާއްޖެ ބަލިވީމަ ރާއްޖޭގެ ބައެއް އިލްމުވެރިން ނަށް މާރަގަޅެއްނުން ބެއިތުލް މާލުގައި ހުރި ފައިސާކޮޅު ދެނެއް ހުހެއް ނުވާނެ އެއްނުން ދެނެއް ފައިސާ އިސްރާފު ނުވާނެ

  22
  14
 19. Anonymous

  އޭރުވެސް ބުނިން ކެނެރީ ނަޝީދު އެސްފީނަ ލައިފިޔޭ.

  42
  3
 20. ޥަގުލޫފު

  ކޮބާ ހިންދީ ބޮޑުބެރު ޝޯ ތަ އޮތީ ވަގުލޫފު

  33
  1
 21. ޕަރީ

  މި އީ ދިވެހި ޓީމަށް ދިވެހިން އެޅި އެސްފިނާގެ އަސަރު. ކުރީގެ ކޯޗުން. ކޮމެންޓުރީ ދޭމީހުން.ނޫސްވެރިން. އަދި އަންނި

  44
  2
 22. ކޮއްޔަ

  އަންނި ކުޅިބަލަން ދިޔަ ކޮންމެ ފަހަރަކު ޤައުމު ބަލިވޭ. އަންނި ވެރިކަމަށް އޭރިޔަސް ވެރިކަން ވެސް ބަލިވޭ

  40
  3
 23. އަމީތާބް

  އިންޑިޔާއިން ރާއްޖެ އައުޓް ކޮއްފި..

  28
  5
 24. ހަގީގަތް

  ދެން ބާއްވަ މިއުޒިކް ޝޯ

  25
 25. މަހޭދީބު

  މަގޭމަހޭދީބު ޝޯ ނެތްތަ

  27
  2
 26. ޤާދިރު

  މި ފެނުނީ އަންނިގެ ސުންޕާކަން. އިންޑިއާ ބަލިކޮށް މިއަދު މޮޅުވާނީ ދިވެހިންނޭ އަންނި ބުނި ހިސާބުން ހިތް ނުތަނަވަސް ވާން ފެށި. ސަބަބަކީ މަދުފަހަރަކު ނޫނީ ކަންކަން ނިމެނީ އަންނީ ބުނާ ގޮތާ އިނދިކޮޅަށް ކަމަށްވާތީ.

  49
  3
  • ޢަހުމަދުވަގާރު

   އޭގެ އިދި ކޮޅަށް ތިބުނީ..ޢޭނަ ބުނާ ގޮތަށް ގިނަ ކަންން ދަނީ

   4
   1
 27. އަރަބިސޮރު

  ކީޕަރު ހުރިހާ ޒިންމާ ނަގަން ޖެހޭނެ. ފައިސަލް ސެން އަންނަ މެޗަކު ނުފެއްނާނެ ކަމަށް ހީކުރަން.

 28. Anonymous

  ޜާއްޖޭގެ ކުޅުންތެރިއެއްގެ އަތުންނަމަ ބޯޅަބޭރުވީ ނުވަތަ ގެއްލުނީ ނުވަތަ ވެއްޓުނީ... ބޭރުކުޅުންތެރިއެއްނަމަ ބޭރުކޮއްލީ ނުވަތަ އަމިއްލަ އެދުން ބޮޑުކޮއްލީ ނުވަތަ ވައްޓާލީ .... ބަލަ އެންމެން

 29. ގަމާރު ދިވެހިން

  ރާއްޖޭގެ ކުޅުންތެރިއއެއްނަމަ ޖެހުނީ ، ބޯޅަ ގެއްލުނީ ނުވަތަ މިފަހަރު ވީގޮތް..... ބޭރުކުޅުންތެރިއެއްނަަމަ ޖަހާލީ ،އަމިއްލަ އެދުންބޮޑުކަމުން ނުވަތަ ވައްޓާލީ... މިހިރަ ރާއްޖެ ޓީވީ އެއްތޯ އެއްޗަކުން ކުރާ ކޮމެންޓްތައް ވަރަށް ފޫހިވޭ...

 30. ގާއްލާ

  ދިވެހިންގެ ބަދު ދުއާ ގައުމީ ޓީމަށް ޖެހުނީ މަހުލޫފާ ހެދި

 31. އިންކް

  ގައުމު ބައްޔެއްނުވޭ. 2 ސިޓީ އިން ކުޅެ އެއްބަޔަކު އަނެއްބަޔަކަށް ދޫނުދިނުމުގެ ސަބަބުން އެއްވަރުނުވެ އެއް ސިޓީ ބަލިވީ.

 32. އަހްމަދު

  އިންޑިއާ މޮޅުވީމާ ގަދަފަދަ އިންޑިޔާ. އޭގެކުރިން ނޫސްތަކުންވެސް ފެނުނީ ރާއްޖޭގެ މޮޅުވާހަކަ. ތާރީޚު އިއާދަވާ ވާހަކަ. އިންޑިއާ ފަސޭހަކަމާއެކު ރާއްޖޭން ބަލިކުރާނެ ވާހަކަ. އަހަރެންމީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބަލާހިތް ނުވާ މީހެއް. ރޭގެ މެޗްގައި ބޮޑަށް މަބެލީ މާމޮޅު އަޝްފާގެއް އުޅޭތީ އޭނާގެ ކުޅުމަށް. މަށަށް ފެނުނީ މުޅިންވެސް މަކަރުގެ ކުޅުން ކުޅޭތަން. އަބަދުވެސް އުޅެނީ ފައުލެއްހޯދަން. އިދިކޮޅުމީހުން އަތުންބޯޅައެއްހޯދަން މަސައްކަތް ކުރާތަނެއް ނުފެނޭ. އަބަދުވެސް ހުންނަނީ ކުރިއަށްއަރާ އެހެންމީހުން އޭނާއަށް ބޯޅައެއްދޭތޯބަލަން. މީނާގެ ކައިރިން އިދިކޮޅު ކުޅުންތެރިއަކު ވައި އެޅިލިއަސް ވެއްޓޭ. އެންމެ ގިނައިން ވެއްޓެނީ އަޝްފާގު. އެންމެ ގިނައިން ވެއްޓޭމީހަކުވެސް ފާހަގަކުރާނަމަ އެއްވަނަލިބޭނެ. އޭނާމޮޅަށް ކުޅޭތަނެއް ނުފެނޭ. ވަރަށް މޮޅަށް ވެއްޓޭތަން ފެނޭ. ދެން ޕެނަލްޓީ ވައްދާނެ ގޯނިބޭ ކުޑައަލީވެސް. ދުވަހަކު ބޯޅަ ނުކުޅޭ މީހަކަސް ދިމާލަށް އޮންނަ ހުސްގޯލެއްގެތެރަށް ބޯލަ ވައްދާލާނެ.

  6
  2
 33. ރެފްރީ

  ދިވެހިން ދިވެހިންގެފެންވަރުގަކުޅެފި.. ދިވެހިން ސަޕޯޓުވެސްކޮށްދީފި .. ކޯޗުންގެ މައްސަލައެއްވެސްނެތް.. ފަސޭހަކޮށް ބުނެވޭނީ ދިވެހިންނަށް މިފަދަ މުބާރާތްތަކުގަ ކުޅެވޭވަރަށްވުރެން ޖިސްމާނީގޮތުން ބައްޔޭ .. ޖިސްމާނީ ޖީލެއް ބިނާކުރެވެންދެން ފުޓްސަލް މުބާރާތްތައްއެކަނި ކުޅުންރަނގަޅުކަމަށްފެނޭ

 34. އާސިދާ

  މަހޭ ޕޮލީޒް ތައުބާ...

 35. ސަމްކުޅިބޭ

  ކުޅެފިސާރި ޖޯޝުގާ ދިވެހިން ބަލިވެއްޖެޔޯ. މަރުހަބާ މަރުހަބާ، އިންޑިޔާޓީމަށް މަރުހަބާ.

 36. މަލީޙް

  ރާއްޖޭ ކުޅުންތެރިން ހީވަނީ ބުޅާ ކިފުޅިޔާ ކުޅެން އުޅުނުހެން. ވަރަށް ދަށް ކުޅުމެއް ރޭގެ މެޗުން ފެނުނީ. ވަރަށް ދެރަވި. އެއީ ރާއްޖެ ކުޅެންޖެހޭ ފެންވަރެއްނޫން.

 37. ޢަދަނުބެ

  ކޮބާމަހުލޫފު ކިހިނެތް ވަނީ ސޯބޭއްވުންގަނޑު މިކަހަލަ ކޮންމެވެސް މީހަކު ދުލު ވިހަޔާހެދި ޓީމު ހަލާކުވަނީ ފުރަތަމަވެސް އެދުނީ ފާހިސްކަންކަން ކުރަން އެކަމާހުރެ ގިނަބަޔަކު ބަދުދުއާވެސް ކުރަނެ މި ބަލީގެ ފުރިހަމަ ޒިންމާ މަހުލޫފު ނަގަންޖެހޭނެ މީނަޔަކީ މާ ލަވަކިޔާހިއްވާ މީހެތް އަބަދުވެސް ކަރޯކޭ ޖައްސައިގެން އުޅެނީ

  5
  1
 38. މަހްލޫފް މަހަލްދީބް

  މަގޭ މަހަލްދީބް...މިއުޒިކް ޝޯ މަހަލްދީބް...މަހްލޫފު މަހަލްދީބް...އެމްއެމްޕީ އާރްސީ ލާރިގަނޑު މަހަލްދީބް...މަގޭވައިފްގެ ބޭބެ ގައުމުގެ ނައިބް ރައީސަކަށް ހުއްޓާ މަށަކާ ނުކުޅެވޭނެ. ކާނެ ލާރިއެއްކައިގެން ހަދާނެ އެއްޗެއް ހަދާނީ.. ވަޒީފާވެސް ނުގެއްލޭނެ..ލާރިވެސް ނުގެއްލޭނެ..މަށާމަގޭ ދަރިން ނަށް ހަލާލުވާނެ..

 39. ޙހހހ

  އިންޑިއާ މީހަކު ދިވެހިރާއްޖެ ޖާޒީލައިގެން އުޅުނީމަ ވާނެ ހައެތި ތިއޮތަިވެފަ

 40. ބީތާ

  މިސަރުކާރުގެ އިސްވެރިން އަދި މަހޭ އަކީވެސް ހިންދީ ލަވައަށް ނިކަން މޮޅު އަދި ހިންދީ އާއިލާތަކާއި ނިކަން ގުޅުން ބަދަހި ބައެއް. ހިންދީ ކުދިންގެ އުފަލަށްވެސް ނާޗަރަންގީ ޝޯ ބާއްވާލަދީ ބްރޯ

 41. އިސްތިއުފާ

  މަމެންނަށް ޔަގީނޭ މަމެން ޕިންކީންގެ ވެރިކަން ނަމަ މިފަހަރު ސާފް ޗެމްޕިއަންޝިޕް ތަށި ގެންނާނެ ކަން ތަމެންގެ ކައްޕަޅި ވެރިކަމުގައި އެކަން ވެސް ނުވިއޭ ތަމެން ގެ ކައްޕަޅި ރައީސް ގާތު ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރާށޭ ބުނުމުން އެނާ އެކަން ނުކޮށް ރައްޔިތުންނަށް ޖެއްސުން ކޮށް ކެނެރީގެ ނަޝީދަށް ހޮޓެލް ޖެން އިން ހަތަރު ފްލޯ ސަރުކާރުގެ ޚަރަދުގައި ހިފާފައި ދީ އަދި ޖީވަނޭ މެން އެމެރިކާ ގައި ތިބެން މަހަކު 25 މިލިއަން ޑޮލަރު ޚަރަދު ކުރާއިރު އެފައިސާ އިން ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރެވޭނެއޭ ތަމެންގެ ކައްޕަޅި ވެރިކަން ދެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ