އިންޑިއާ އަތުން ލިބުނު ނާކާމިޔާބީ އަށްފަހު ގައުމީ ފުޓްބޯޅަ ޓީމު އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ސަރަހައްދުގެ ގަދަބާރު އިންޑިއާ އަތުން މިރޭ 3-1 އިން ބަލިވެ ރާއްޖެއަށް ވަނީ ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިި މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނޭޕާލާއެވެ. މިއީ ނޭޕާލްގެ ތާރީހުގައި ސާފްގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ދަގަނޑޭ މިރޭ ކުރި ޓްވީޓެއްގައި ބުނީ ގައުމީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށާއި މުޅި މުބާރާތުގައި ވެސް ޓީމަށް ދިވެހި ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިންޑިއާ މުބާރާތުގެ ފައިނަލަށް ދިޔައީ ޖުމްލަ 8 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުކޮށް އަދި ދެ މެޗުން މޮޅުވެގެންނެވެ. ނޭޕާލް ފައިނަލަށް ދިޔައީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. ގްރޫޕުގެ ތިންވަނަ ލިބެނީ ރާއްޖެއަށެވެ. އެއީ ހަ ޕޮއިންޓާއެކު އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އަޝްފާގް ވަނީ ޖުމްލަ ތިން ލަނޑު ޖަހާފައެވެ. އިންޑިއާ މެޗުގައި ޖެހި ލަނޑާއެކު މިއީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަށަފަރު މުދިމު

    ކޯޗް ބަދަލު ކޮއްލުން ވަރައް މުހިމު ތަޖުތިބާ ނެއް ކޯޗެއްގެ ދަށުން ކޮން ކާމިޔާބީ އެއް ލިބޭނީ އެހެން ގައުމު ތަކު ކޯވުން ވެސް އެކަން ގަބުލުކޮއް އިސްތިއުފާ އެދެނީ

    15
    2
  2. Anonymous

    ކުޅިވަރުގައި ގަދަވުމާ ބަލި ވުން ހިމެނޭ އެއީ މައްސަލައެއްނޫން އިންޑިޔާ ވެސް އަންނާނީ ބީތާވެފަ ތިބޭކަށްނޫން

    19
  3. އިންޑިއާ އައުޓް

    މުޅި ޓީމު އެއްްކޮށް ފަހަތައް އެރިތިބެ ޑިފެންސް ކޮށްގެން ކުޅެ މޮޅުވެވޭނީ ވަރަށް ބުންވަރުގަދަ އެކުވެރި ބަދަހި ޓީމުތަކަށް އެފަދަ ޓީމެއް ބިނާ ކުރެވޭވަރުގެ ކޯޗެއް ރާއްޖެއަކުނެއް މީ މަދެކޭގޮތް އެހެން ބޭފުޅުންގެ ހޮޔާލު ތަފަތު ވެދާނެ އެއީ މައްސަލައެއް ނޫން

    18
    1
  4. ދެން އޯކޭ

    އުއްމީދަކީ އަދައްވުރެ ފަހި މާދަމައެއް ލިބުން. ޢެކަމަކު އަހަރުމެން އެންމެން ދަނޑަށް ވައްދުވާފަ ޓީމުގެ ފަހަތުން ތިހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން ލިބުނު ހިތްދަތިކަން ހަނދާން ނައްތާލަން ފަސޭހައެއްނޫން. ސެންޓޭމެން ގެ ޕާފޯމަންސް ވަރަށް ދަށް. މުޅިގައުމުން ގައުމީޓީމަށް ޒުވާން ކުޅުންތެރިން ހޯދާ ތައްޔާރުކުރަންފެނޭ. 20 އަތޮޅު ނިސްބަތްވާގޮތަށް. މިހާރު މިއޮތްޓީމުގަތިބި ގިނަކުޅުންތެރިންނަކަށް ނުކުޅެވޭ. ދިވެހި ކޯޗުން ރަނގަޅު. ޢެކަމަކު އެމީހުންނަށް ފުރިހަމަ ބާރުދޭންޖެހޭ ޑިސިޝަން މޭކުކުރެވޭގޮތަށް. އަދި ދިވެހި ކޯޗުންވެސް ކަންކަން ނިންމުމުގެ އެންމެރަނގަޅުގޮތް އިހްތިޔާރު ކުރަންގޮވާލަން ދެފުށްފެންނަ ގޮތަށް. އެއްބަނޑު މީހާއާއި ގާތް ރައްޓެހިންނަށް ތިމާގެ މީހުންނާއި އެކުވެރިންނަށް ފުރުސަތުދިނުމުގެ ސަގާފަތް ނުމިމަކަށް ގެންނަންޖެހޭ. ގައުމީޓީމަށް ކުޅުންތެރިން ނެގުމަށްޓަކައި ކޮންމެ އަތޮޅެއްގެ ހުރިހާ ރަށެއް ހިމެނޭގޮތަށް އަތޮޅުމުބާރާތް ބާއްވާ ދިވެހި ކޯޗުންގެ ބެލުމުގެދަށުން ކޮންމެ އަތޮޅަކުން އެންމެމޮޅު ޒުވާން ދެތިން ކުޅުންތެރިންނަގާ ޓީމު އެކުލަވާލަންޖެހޭ.

  5. ފާތު

    އަޅުގަނޑުމެން ފަހުރުވެރި ވެއޭ ދިވެހި ގައުމީ ޓީމްގެ ތިޔަ ހިއްވަރަށް.އިންޝާﷲ ކުރިއަށް އޮތީ ކާމިޔާބް. 🇲🇻

    7
    1
  6. ސަން

    ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް.
    މައްސަލަ ޖެހުނީ ރާއްޖެކުރިޔަށް އަރއި ކުޅެން އުޅުމުން އިންޑިއާ ޕްރެސްކޮށް ކުޅެ ފުރަތަމަ ހާފް ނިންމާލީ.
    އެކަން އެނގުނީމާ ދެވަނަ ހާފްގައި ޑިފެންސްކޮށްފައިން ކައުންޓަރ ޖެއްސިނަމަ ރަނގަޅުވީސް.

  7. ސަމާ

    ސަޕޯޓަރުން ކުރިމަތީގައި ކުޅެން ރޭވިގޭމް އެގޮތަށް ނުކުޅެވުނީމާ ގޭމް ޕްލޭން ބަދަލުނުކޮށް މާގިނައިރުވީ . ކުޅުންތެރިން ޕްރެޝަރަށް ދިޔައީ އެހެންވެ

  8. ލޮލް

    ތިބުނާ ވަރުގަދަކޮށްދެކެން ބޭނުންވަނީ މުޅިން އާޓީމަކާއެކު ޒުވާން ކުޅުންތެރިންގެ ޓީމެއް.

    2
    2
  9. ޙހހހ

    އެނބުރި ވަރުގަދަކޮށް އަންނަން ބޭނުންވަންޏާ ދިވެހިޓީމަށް އެބަޖެހެ ތަންކޮޅެއް މޯޓިވޭޓް ކޯޗެއް ހޯދަން ، ކޯޗުގެ ހިނިތުންވުމާއި ޖޯޝަކީ ދިވެހިންނަށް ވަރަށް މުހިއްމު އެއްޗެއް ، ދިވެހިކޯޗެއް ވިޔަސް، ޓީމަކީ ހަމަ ހުނަރުވެރި މޮޅުޓީމެއް އެކަމަކު ލީޑަރެއް މަދީ ، އަޝްފާޤުވިޔަސް ގޯސް ހަދަންޏާ ބާލަންވީ ،ރޭގެ މެޗުގައި ދިވެހިޓީމް މާބޮޑަށް މަޑުންތިބިކަން ފެންނަނީ ، އިންޑިއާއިން ފަހަތުން ބޭުނުންގޮތަކަށް ޕާސްޖަހާފަ ބޮޑުބޯޅައެއް އެއްލަނީ ، މިކަން ހުއްޓުވަން ފޯވާޑުން ޖައްސާލާނަމަ ސަޅިވިސް، ފަހުހާފުފެށިގެން ރާއްޖެއަށް ގިނަ ޗާންސްތަކެއް ލިބުނު އެއީ ކުރިއަށް ޖައްސާލީމަ

  10. ޙައްޕު

    ސުޒޭނުގެ ޕުލޭން ރަނގަޅު. ޤައުމީ ޓީމު މީގެ ކުރިން ނުކުޅޭހާ މޮޅު ސުޓައިލަކަށް ކުޅުނު. ބަލިވީ ދެސަބަބަކާހުރެ.އެއްސަބަބަކީ އިންޑިއާގެ ކުޅުންތެރިން ޖުމުލަ ގޮތެއްގައި ވަރުގަދަވީމަ. ކުރިމަގުގައި ދިވެހިންނަށް މޮޅުވެވޭނީ ޖިސްމާނީގޮތުންވެސް ކުޅުންތެރިން ވަރުގަދަވެގެން.ރާއްޖެެއަށް ގެންނަ ގިނަ ބިދޭސީ ކޯޗުންނަށްވުރެ ސުޒޭން މޮޅު.މިއީ ހަޤީޤަތެއް.

    7
    3
  11. ޚައްވަޕ88

    އޯ ޕްލީޒް، މިހާރު ވަރަގަދަ ކުޅުމެއް ކުޅެގެނެއް ނޫން މޮޅިވީކީ ޢަދި ބަލިވީކީވެސް، ދެން ކޮން ވަރުގަދަ އެނބުރިއައުމެއް. ކަންމަތީ ކުދިންވެސް ތިއަށްވުރެ މޮޅަށް ކުޅޭނެ ކަންނޭގެ. ފުޓްބޯޅަ ކުރިއަރުވަން ހޭދަ ކުރުމަށްވުރެ އެހެންކަމެއް ކުރުން މާރަނގަޅުވާނެ. މި ތިމަންނަގެ ޕްރޮފެޝަނަލް ކެރިއަރކަމަށް ދެކިގެން ކުޅޭ ބައެއް ނެތް. އަނެއްހެން ހޮބީއަކަށް ކުރާކަމެއް ހެން ކުޅުމުން ހީވަނީ.

    3
    2
    • ޙުނެން

      ޕޮރޮފެޝަނަލް ވެވޭނީ އެވަރަށް އިންކަމް ލިބެންޔާ. ވ ސަލާން.