ރާއްޖެއަކީ ދެވަނަ ގެ ކަމަށް ބަލާ ތަނެއް ކަމަށާއި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ދިވެހި ރައްޔިތުން ނޭޕާލަށް ސަޕޯޓުކޮށްދިނުމަށް ނޭޕާލްގެ ކެޕްޓަން ކިރަން ޝެމްޝޮން އެދިއްޖެ އެވެ.
މިއީ ނޭޕާލްގެ ތާރީހުގައި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އެ ޓީމު ކުޅޭ ފުރަތަމަ ފަހަރެވެ. މިހާތަނަށް އެ ޓީމަށް އެންމެ ދުރަށްވެސް ދެވުނީ މުބާރާތުގެ ސެމީފައިނަލާއި ހަމަޔަށެވެ.
ނޭޕާލްގެ ކީޕަރު އަދި ކެޕްޓަން ކިރަން ޝެމްޝޮން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުގެ ގޯލު ދެ ފަހަރެއްގެ މަތިން ބަލަހައްޓާފައެވެ. ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީއަށް ކާމިޔާބުކޮށްދިން ޓީމުގެ ކީޕަރަކަށް ހުރީވެސް ކިރަން އެވެ. ރާއްޖެއަށް ތަށި ލިބުމުގައި އޭނާ އަދާކުރި ދައުރު ބޮޑެވެ.
އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކިރަން ބުނީ ދިވެހިންގެ ސަޕޯޓު ނޭޕާލަށް ލިބިއްޖެ ނަމަ އެއީ ކުޅުންތެރިންނަށް ވެސް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.
މުބާރާތުގެ ފައިނަލަށް ދިއުމުގައި ކިރަންގެ ދައުރު ވަރަށް ބޮޑެވެ. ނޭޕާލް ޓީމު އެންމެ ޕްރެޝަރަށް ދިޔަ ދަނޑިވަޅު ތަކުގައިވެސް އޭނާ ވަނީ ޓީމު ހަމަޔަކަށް އަޅުވާފައެވެ. ނޭޕާލުން ފައިނަލަށް ދިޔައީ ފަސް ޓީމު ވާދަކުރި ލީގުގެ ދެވަނަ ހޯދައިގެންނެވެ. އެއީ ޖުމްލަ 7 ޕޮއިންޓް އެއްކޮށްގެންނެވެ.
ނޭޕާލް ވަނީ ކުޅުނު ހަތަރު މެޗުގެތެރެއިން ރާއްޖެއާއި ލަންކާ އަތުން މޮޅުވެ ބަންގްލަދޭޝް އާއި އެއްވަރުކޮށްފައެެވެ. ބަލިވީ އިންޑިއާ އަތުން އެކަންޏެވެ.
މުބާރާތުގެ ފައިނަލުގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ރާއްޖެގަޑިން ރޭގަނޑު 20:00 ގައެވެ.
ޢެތްގޮތަކުން ތީހަމަ ރަނގަޅު ކަމެތް އިންޑިޔާޔާ ދެކޮޅުކަން ދައްކަން މީރަނގަޅު ފުރުސަތެއްކަމަށްފެނޭ
އިންޝާ ﷲ މަގޭ ސަޕޯޓު ލިބޭނެ..
ދުވެހިންގެ ސަޕޯރޓް ނޭޕާލަށް....
ނޭޕާލަށް ސަޕޯޓް ކޮށްފިއްޔާ މި ރާއްޖޭގެ ސަރުކާރުގައި ވެރިންގެ ގޮތުގައި ތިބި ޚާއިނުންތައް ރުޅި އަންނާނެ.
ދިވެހިން ނޭޕާލާއި އެކު ތިބުމަށް އެދެން.
އެގައުމުގެ ދަރިޔަކު ދިވެހި ޓީމަކަށް ކުޅޭ ތަށި މިލްކް ކުރަން ބޮޑުހިތްވަރެއް ކުރި
ނޭޕާލް ޖާރސީ ކޮންތާކުން ލިބެނީ ؟
ސަޕޯޓު ނޭޕާލަށް
ﷲ އިރާދަފުޅުން ތިޔަ ކިބުރުވެރި އިންޑިޔާ ފައިނަލް މެޗުން ބަލިވާނެ
ނޭޕާލް އަށް ސަޕޯޓްކުރަން މާކުރިން ވެސް ނިންމާފައި އޮތީ..
އިންޑިއާ އައުޓް
މި ފަހަރު މިހިރީ ނޭޕާލް އާއި އެކު. ފައިނަަލް ގަ ދިވެހިރާއްޖޭގެ މީހުން މިތިބީ ނޭޕާލް އާއި އެކު. މީ ނޭޕާލް ގެ ފަހަރު ، އިންޝާ ﷲ