ދުނިޔޭގައި މިވަގުތު ކުޅެމުން އަންނަ ފުޓުބޯޅަ ކުޅުންތެރިންތަކުގެ ތެރެއިން ގައުމީ ޓީމަށް ކުޅުނު މެޗުތަގައި ކާމިޔާބުކުރި ލަނޑުތަކުގެ ނިސްބަތުން ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ، އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ ކުރި ލިބިއްޖެ އެވެ.

މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕުގައި ދަގަނޑޭ ކާމިޔާބުކުރި ތިން ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުތަކުގެ އަދަދު ވަނީ 56 އަށް އަރައި ކެމަރޫންގެ ފުޓުބޯޅަ ލެޖެންޑް ސެމުއެލް އެޓޫ އާއި އަރާ ހަމަކޮށްފައެވެ. ދަގަނޑޭ މި އަދަދަށް ލަނޑު ޖެހީ ގައުމީ ޓީމަށް ކުޅެދިން 86 މެޗުންނެވެ. އެއީ މެޗުގެ ނިސްބަތުން ބަލާނަމަ 0.65 ގޯލް ރޭޓުންނެވެ.

ދަގަނޑޭ އާއި އެންމެ ކައިރިން ދެވަނަ ލިބެނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ދަގަނޑޭއަށް ވުރެ ރޮނާލްޑޯ ގިނަ ލަނޑު ޖަހައި އެއްވަނައިގައި އޮތް ނަމަވެސް ކުޅުނު މެޗުތަކުގެ ރޭޓުން ކާމިޔާބުކުރި ގޯލުގެ ނިސްބަތުން ރޮނާލްޑޯ އަށް ލިބެނީ 0.63 އެވެ. އެއީ ގައުމީ ޓީމަށް ކުޅުނު 182 މެޗުގައި ރޮނާލްޑޯ ވަނީ 115 ލަނޑު ޖަހައިގެންނެވެ.

އާޖެންޓީނާ ގައުމީ ޓީމަށް ކެޕްޓަން ލިއޮނަލް މެސީ ކުޅުނު މެޗުތަކުގެ ރޭޓުން ކާމިޔާބުކުރި ގޯލުގެ ނިސްބަތުން ލިބެނީ 0.51 އެވެ. އެއީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 156 މެޗުގައި ކާމިޔާބުކުރި 80 ލަނޑާއެކު އެވެ.

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން ކުޅުނު މެޗުގެ ނިސްބަތުން ލަނޑު ރޭޓުން އެއްވަނަ ލިބެނީ ޔޫއޭއީގެ އަލީ މަބްކޫތް އަށެވެ. އެއީ 0.81 އިންނެވެ. މި ރޭޓު އޭނާއަށް ލިބެނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި ކާމިޔާބުކުރި 78 ލަނޑާއެކު އެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައްޔަދެރ

    އަލްހަމްދު ލިއްލާހި

    29
    5
  2. ޑިވެހި

    މީ ބޮޑު ޖޯކެއް . ރޮނާލްޑޯ އާއި މެސީ އާއި އަޝްފާގު އަޅައި ކިޔުން. ރާއްޖޭގެ ގައުމީޓީމަށް އަޝްފާގު ކުޅުނު މެޗްތަކުގެ ތިން ގުނަ ގޯލް މެސީ އާއި ރޮނާލްޑޯ ޖަހައިފައިވޭ.. ޕްރޮމޯޓު ކުރަން އަޅައިކިޔާނީ އަޅައިކިއިދާނެ މީހުންނާއި..

    16
    8
  3. Anonymous

    ސާބަހޭ ދަރިފުޅާ އަޝްފާޤް.
    ތިޔައީ ދިވެހިންގެ ފަޚްރް
    ފުރިހަމަ ޞިއްޙަތެއްގައި ދިގުޢުމުރުގައި ލައްވާ އަދިވެސް އިތުރު ކާމިޔާބީތައް މިންވަރު ކޮށްދެއްށި އާމީން

    19
    6
  4. ސަނީ

    ތިޔޭ މައްސަލައަކީ، މިހާރު މިޖެހުނީ އަސްފާގައް އެއްޗެހި ގޮވަން، ދެން ކޮންމެހެނެއްވެސް މެސީ އާ އަސްފާގާ އެއްތަރާދަކުން ނުކިރޭނެ ދޯ ؟

    14
    3
  5. ސަޓޯ

    1000 އަަސްފާގް < މެސީ

    10
    3
  6. އިކްރޭ

    އަސްފާގް ޕެނާލްޑޯ އައްވުރެ މޮޅުވެދާނެ އެކަމް މެސީ އައްވުރެ މޮޅުވާނެ ގޮތެއްް ނުވިސްނޭ

    5
    8
  7. ހަސަދު

    އަޝްފާގު މޮޅަސް ތިޔަމީހުންނާ އެއްފެންވަރަކަށް ނުދެވޭ. ވީމާ ރަނގަލުވާނީ މެސީ ރޮނާލްޑޯ ޕެލޭ މެންނާ އަޅާނުކިއްޔާ

    12
    2
  8. ކުރަނޑި

    އަހަރެން ގޭ ދޮރައް ޖެހި ގޯލްތައް އަސްފާގައްވުރެ ގިނަ ވާނެ،
    ޢޭގެނމާނަ އަކީ މަށާ އަސްފާގާ އަޅުވާ ކިއޭނޭތަ ؟

    12
    3
  9. ސައްތާރު

    ދަގަނޑޭ މޮޅު ވަރައް، އެކަން ރޮނާލްޑޯ މެސީ މެންނާ އަޅުވާ ކިއަންޏާ އަޑު އަހަން ހުންނަ ފުޓްބޯޅައައް ލޯބި ކުރާމީހާއައް ހަޖަމެއް ނުވާނެ.

    13
    2
  10. ސަމަރޭބުރި

    އަސްފާގް ގޯލްތައް ޖެހީ ކްރިކެޓް ކުޅޭބަޔަކާ ތީރުޖަހާ ބަޔަކާ ދެކޮޅައް، މެސީމެން ގޯލް ޖަހަނީ ފްރާންސް ޖާނީ ސްޕެއިން ކޮޅައް، މި ވާހަކަވެސް ރަނގަޅު ފާހަގަ ކޮއްލަން

    13
    2
  11. އިދުރީސް

    ވަގުތު މީހުން ތިއުޅެނީ އަހަރުންލައްވާ އަސްފާގައް އެއްޗެތި ގޮވިވަން ؟ ބޭނުމެއް ނޫން ރާއްޖޭ އުފެދުނު އެންމެ މޮޅުމީހާއައް ބުރަ ބަހެއް ބުނަން

    13
  12. ޢާދަނު

    ޗެތުރީ މޮޅު ކުޅުންތެރިޔާއަށް ހޮވުނީތީ އޭއްޗެކޭ މީއްޗެކޭ ލިޔެގެންވެސް އެކަން ބަދަލު ކުރެވޭތޯ އުޅެނީ...ދަގަނޑޭ މޮޅި ކުރިން މިހާރަކު މޮޅެއްނޫން...ޗެތުރީ އޭރުވެސް މިހާރުވެސް މޮޅު..ރާއްޖޭގެ މީޑިއާއިން ރާއްޖޭގެ ކުޅުންތެރިންނަށް ވެސް އެ މީހުންގެ އަސްލު ފެންވަރު އޮޅޭވަރަށް ހާސަރު ލިޔާނެ..

    8
    2
  13. އިބޫ

    އަސްފާގްވެސް ލަދު ގަންނާނެ އޭނަޔާ މެސީއާ އެއްވަރު ކުރާ ކަހަލަ ރާގައް ވާހަކަ ދައްކަންޏާ.. ހެހެހޭ

    5
    2
  14. އައްޔަދެރ

    މީ އަސްފާގު ގެ މައްސަލައެއްތޯ ކިހާދެރަކަމެއް

  15. ޢަލީ

    އަޝްފާގަށް (ދިވެހި ޤައުމަށް) ތިއަށްވުރެ މާރަނގަޅު މޮޅު ޝަރަފުތަކެއް ލިބުނީސް އޭރުގެ ގައުމީ ކޯޗާއި އެފް އޭއެމް އިން އޭނާގެ ކެރިއަރުގެ އެންމެ މުހިންމު 5 ވަރަކަށް އަހަރު ގެއްލިވައި ނުލިނަމަ. އެމީހުންގެ އެ ޢަމަލުގެ ސަބަބުން ގެއްލުންވީ ހަމަ އެކަނި އަޝްފާގަކަށް ނޫން. އެގެއްލުމުގެ ބޮޑު ޙިއްސާއެއް މިދިވެހި ގައުމަށްވެސް ލިބުނު. އެހެންވެ ގައުމަށް ލޯބިކުރާ ފަރާތްތަކުން އެފަދަ ސްޓެޓިސްޓިކްސް އެ ހާމަކުރަނީ. އެއީ ބަޔަކާއި އަޅާކިއުމެއް ނޫން. އެއީ ހަމަ ގައުމަށް ރީތި ނަމަކަށް ވެދާނެ ކޮންމެ ފަދަ ކަމެއްވެސް ރައްޔިތުންނަށް ހާމަ ކުރުމުގެ ގޮތުން ކުރާކަމެއް.