އުޒްބެކިސްތާނުގައި އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު މިއަދު ބަހްރޭނަށް ފުރައިފިއެވެ.

މި މުބާރާތުގެ ކޮލިފައިން މެޗުތައް ބަހްރޭނުގައި ކުރިޔަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ލައްވާލީ ގްރޫޕް ސީގައެވެ.

ރާއްޖެއާއެކު ގްރޫޕް ސީގައި ދެން ހިމެނެނީ ބަހްރެއިން އާއި އިރާގު އަދި އަފްޣާނިސްތާނެވެ. ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ވަނީ މި މުބާރާތުގެ ކުރިން ގިނަ ފަރިތަކުރުންތަކެއް ބާއްވާފައެވެ.

ޒުވާން ގައުމީ ޓީމުގެ އެންމެ އިސް ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ އަލީ ސުޒެއިނެވެ. ނަމަވެސް އެ ދުވަސްވަރަކީ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރުވި ދުވަސްކޮޅުު ކަމުން އެ މަގާމު ހަވާލުކުރީ ދެ އެސިސްޓަންޓުން ކަމަށްވާސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

ބަހްރޭނަށް ފުރި ރާއްޖޭގެ ޒުވާން ޓީމު-- ފޮޓޯ: އެފްއޭއެމް

ފުރުމުގެ ކުރިންް ވާހަކަދައްކަމުން ސޮބާ ބުނީ ބަހްރޭނުގައި އިތުރު ދެ މެޗެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މެޗުތައް ލިބެއްޖެނަމަ ޓީމުގެ ކުޅުންތެރިން ޕްރެޝަރުގައި ކުޅޭގޮތް ބަލާލެވި، ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.

މި ކޮލިފައިންގެ މެޗުތަކަށް ފުރި ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމުގައި ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ ޑިފެންޑަރު ހައިޝަމް ހަސަން އާއި ގޯލްކީޕަރު އަލީ ނާޖިހު އެވެ.

މި މުބާރާތުގެ ކޮލިފައިންއަށް ޓީމު އެކުލަވާލުމަށް އޯގަސްޓްމަހު ޓްރަޔަލްތައް ބާއްވާފައިވެއެވެ. އޭގެފަހުން ޅ. އަތޮޅަށް ކޭމްޕުކޮށް އެކުވެރިކަމުގެ ހަ މެޗެއް ކުޅެފައިވެއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.އޭޝ