ވޯލްޑްކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން 3-4 އިން ކޮލަމްބިޔާ ބަލިކުރުމަށްފަހު ލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލޭންޑް ދަތުރު އެގައުމުގެ ގިނަ ބަޔަކު ދަނީ އެކަމާއި އުފާފާޅު ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މެޗުން މޮޅުވުމާއި ގުޅިގެން މިލިއަނެއްހާ މީހުން އޮފީހަށްވެސް ގޮސްފައި ނުވާކަމަށް ވެއެވެ. އެ މީހުން އޮފީހަށް ބުނީ ސަލާމެވެ. މިއީ ރޭގެ މެޗަށްފަހު އެ މީހުން ސަކާރަތް ޖެހުމާއި މަޖަލުގައި ހޭދަކޮށް އެތައް ބަޔަކު އުޅުނީ ހަމައިންވެސް ނެއްޓިގެންކަމަށް ވެއެވެ.

ބައެއް މީހުން އޮފީސްތަކަށް ދިޔަ ނަމަވެސް އުޅެން ޖެހުނީ ބޮލަށް ބަރުވެ މަސައްކަތް ކުރާ މޫޑެއްގައި ނޫން ކަމަށް ވެއެވެ. މިއީ މިއަދު އެ ގައުމުގެ މުވައްޒަފުންގެ ހާލެވެ. އެކަން ވަރަށް ރަނގަޅަށް މީސް މީޑިޔާ ބަލާލުމުން އިނގެއެވެ.

މިއަދު ހެނދުނާއި ހަމައަށްވެސް ގިނަ ބަޔަކު ދިޔައީ އެ ސަކަރާތުގައެވެ. އެ މެޗްގެ އެކި ޝޮޓްތައް ބޭނުންކޮށްގެން މީމްތައްވެސް ވަނީ ހަދާފައެވެ. އެހެންކަމުން މިއީ މެޗަށް ފަހު އެ ގައުމުގެ ގިނަ ބަޔަކު ކުރި ކަންތައްތައް ކަމެއް ވެދާނެއެވެ. އަދި އޮފީހަށް ނުދާން ބަހަނާދެެއްކީވެސް އެ ސަކަރާތުގައި އުޅުމަށްކަން ޔަގީނެވެ.

މިއީ ޕެނަލްޓީ ޖަހައިގެން އިންގްލޭންޑަށް ވޯލްޑް ކަޕްގައި ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އިންގްލޭންޑް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އިންގްލޭންޑް ބައްދަލުކުރާނީ ސްވިޑެންއާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ ގަޔާ. ދޯ