އުޒްބެކިސްތާނުގައި އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް މިވަގުތު ބަހްރެއިންގައި ތިބި ޓީމާއި ހަވާލުވާން ހެޑްކޯޗު އަލީ ސުޒެއިން ފުރައިފިއެވެ.

މި މުބާރާތުގެ ކޮލިފައިން މެޗުތައް ބަހްރޭނުގައި ކުރިޔަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ލައްވާލީ ގްރޫޕް ސީގައެވެ.

ރާއްޖެއާއެކު ގްރޫޕް ސީގައި ދެން ހިމެނެނީ ބަހްރެއިން އާއި އިރާގު އަދި އަފްޣާނިސްތާނެވެ. ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ވަނީ މި މުބާރާތުގެ ކުރިން ގިނަ ފަރިތަކުރުންތަކެއް ބާއްވާފައެވެ.

ޒުވާން ގައުމީ ޓީމުގެ އެންމެ އިސް ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ އަލީ ސުޒެއިނެވެ. ނަމަވެސް އެ ދުވަސްވަރަކީ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރުވި ދުވަސްކޮޅުު ކަމުން އެ މަގާމު ހަވާލުކުރީ ދެ އެސިސްޓަންޓުން ކަމަށްވާ ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

ބަހްރޭނަށް ފުރި ރާއްޖޭގެ ޒުވާން ޓީމު-- ފޮޓޯ: އެފްއޭއެމް

މި ކޮލިފައިންގެ މެޗުތަކަށް ފުރި ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމުގައި ސާފް ޗެމްޕިއަންޝިޕަށް ނެގި ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ ޑިފެންޑަރު ހައިޝަމް ހަސަން އާއި ގޯލްކީޕަރު އަލީ ނާޖިހު އެވެ. ގައުމީ 23 އަހަރުންދަށުގެ ޓީމު ބަހްރެއިނަށް ފުރިއިރު ހައިޝަމް ނުދިޔަ ނަމަވެސް މައުލޫމާތުލިބޭ ގޮތުގައި ސުޒެއިން އާއެކު ހައިޝަމްވެސް ވަނީ ޓީމާއި ގުޅުމަށް މި ދަތުރުގައި ފުރާފައެވެ. އަދި އެސިސްޓަންޓް ކޯޗު އިމްރާން މުހައްމަދު ވެސް ވަނީ ފުރާފައެވެ.

މި މުބާރާތުގެ ކޮލިފައިންއަށް ޓީމު އެކުލަވާލުމަށް އޯގަސްޓްމަހު ޓްރަޔަލްތައް ބާއްވާފައިވެއެވެ. އޭގެފަހުން ޅ. އަތޮޅަށް ކޭމްޕުކޮށް އެކުވެރިކަމުގެ ހަ މެޗެއް ކުޅެފައިވެއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޑިރާސާ

  ލަސްތަކެއް ނުވެ މޯހަން ގައުމީ ސީނިޔަރ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އައްޔަން ކުރާނެހެން ހީވެ..

 2. އަޙްމަދު

  23 އަހަރުން ދަށުގެ ޓީމުވެސް ޙަލާކުވީ ތީ! މީރާއަކީ އެފްއޭއެމްއަށް ބަލަދުއަރާފައި ހުރި މީހެއްބާ!

 3. ޢހ

  މިފަހަރުވެސް ޓީމުން ޖަަގަ ވިއްކާލާނެ. ތީ މިހާރު އިތުބާރު ކުރެވޭ ގޮލައެއް ނޫން. ދުރުކުރޭ..

 4. ސެން

  ދެންވާނީ ކިހިނެއްބާ؟

 5. ސަހުލާ

  ސްޒޭން ވަރަށް ކޮލިޓީ

  1
  5
 6. އަހުމަދު

  ތި ދިޔައި ތި ޓީމްގެ ދުވަސްވެސް

 7. ކާފަބޭ2020

  ސުޒޭނަކީކޮލިޓީކޯޗެއް ނަމަވެސް ކޯޗަކީޒުވާނުންނަށް އިސްލާމީ ރިވެތިނަމޫނާދައްކާދޭކޯޗަކަށްވާންޖެހޭނެކަމުގައިދެކެމު! ޖިންސާއި ޖީންސްވަކިކުރަންދަންނަ ކޯޗަކަށްވާންޖެހޭނެކަމުގައި ދެކެމު! އިސްލާމީރިވެތިއަޚްލާގުދަންނަ ކުޅުންތެރިންޤައުމީޓީމުގަ ތިބުމަކީފަޚުރެއްކަމުގައިދެކެމު! ޤައުމީޓީމުތަކުގެހުރިހާކުދިންނަށް އަދަށްވުރެފަހިމާދަމައެއްމިންވަރުކުރަށްވާށި! އާމީން!

 8. ޢެސޮރު

  ސުބުހާނަ....... ތިޔަ ޓީމުގެ ދުވަސް ތިޔަ ދިޔައީ ، ތިޔަ ޓީމައް އަރުވަފާނެ ، ދަގަނޑޭ އާއި ސަންޕަރާއި ދޮންބިލޭ އާއި މޫސަވެސް އަރުވަފާނެ. .

 9. ގުނބޯ ކޯޗް

  23 އަހަރުން ދަށުގެ ޓީމުގެ ދުވަސް ތި ދިޔައީ.. ސުޒޭނުމެން ދެން ބަލައެއް ނުގަންނާނަން.. ޤައުމީޓީމަށް ލިބުނު ނާކާމިޔާބީގެ 100 ޕަރސެންޓް ޒިންމާ ނަގައިފީމޭ ވުނި... ޒިންމާ ނެގުމަކީ ކޯޗުކަންކުރުމުން ދުރުވެ، އެހެން ކަމަކާ އުޅުން...