ކްރިކެޓުގެ ޓީ20 ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަނުގައި ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ތިންވަނަ މެޗުގައި ބަހްރެއިން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފިއެވެ

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު މި މެޗުގައި ބަހްރޭން އަތުން ރާއްޖެ ބަލިވެފައިވަނީ ހަތް ވިކެޓުންނެވެ މި ޒޯނުގައި ރާއްޖެ ސައުދީ އަރަބިއްޔާ އާއި ގަތަރު އަތުންވެސް ބަލިވެފައެވެ.

ކޮލިފައިންގައި ރާއްޖެ ބައްދަލުކުރަން ޖެހޭ ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ކުވޭތާއި ގަތަރާއި ސައުދީ އަރަބިއްޔާގެ އިތުރުން ބަހްރޭނެވެ. އަންނަ ހުކުރުދުވަހުގެ ނިޔަލަށް ކުރިޔަށްދާ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ބަހްރޭން އަތުން ބަލިވިއިރު މި މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ކުރިއެރުންތަކެއް ފެނިގެންދިޔަ އެވެ.

ބަހްރެއިން އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ކްރިކެޓް ބޯޑު

މެޗުގެ ޓޮސް ދިމާވުމުން ބަހްރޭނުން ނިންމީ ހޮވުމަށެވެ. އެހެންކަމުން ރާއްޖެއަށް ޖެހުނީ ކުޅެން އަރާށެވެ. ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އާދަމް ނާސިފް އާއި 15 ބޯޅައިން 15 ލަނޑު ހެދި ރާއްޖޭގެ ކުޅަދާނަ ބެޓްސްމަން މުހައްމަދު ރިޝްވާނެވެ.

ޖަވާބުގައި ބަހްރޭން ކުޅެން ރާ ވަނީ ހަތްވަނަ އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކޮށްފައެވެ. ބަހްރޭން މި މެޗު ހަތް އޯވަރުގެ ތެރޭގައި ކާމިޔާބުކުރި އިރު ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑުހަދާ މެޗު ކާމިޔާބުކޮށްފައެވެ. ބަހްރޭން ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ތޭރަ ބޯޅައިން 31 ލަނޑު ހެދި މުހައްމަދު ޔޫނިސް އެވެ.

ރާއްޖެ މުބާާރާތުން ކެޓީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުގެ އެއްވަނަ ލިބެނީ ބަހްރޭނަަށެވެ. ދެވަނަ މަގާމު ގަތަރަށް ލިބޭއިރު ތިންވަނަ ލިބެނީ ސައުދީ އަރަބިއްޔާ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބައްދަލުކުރާނީ ކުވޭތާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުޒް

    ދިވެހިން އެބަޖެހޭ ގަބޫލްކުރަން އަދި މިވަގުތު ޓީމް އޮތިކީ އޭގެ އެންމެ ރަގަޅު ފޯމެއްގައެއްނޫން، ކުޅުންތެރިން ތިބީ ތަންކޮޅެއް ބޮޑަށް އަމިއްލަޔަށް މޮޅުކަމަށް ފެނިފަ، މިކަން ރަގަޅުވިދުވަހަކުން ދިވެހި ކްރިކެޓް ކުރިއަރާނީ، ވަރަށް ސަލާމް

  2. މޫސަ

    ރާއްޖޭގެ ކްރިކްޓް ޓީމަށް އެބަޖެހޭ ވަރަށް ބޮޑަށް އެކްސްޕޯޝާ ދޭން، ގިނައިން ބޭރުގައި ކުޅެގެންނޫނީ ކުޅުންތެރިންގެ ލެވެލް ނުހިފެހެއްޓޭނެ، ބޮޑޭ އެބަޖެހޭ މިކަމަށް ވަރަށް ވިސްނަން

  3. އަލްޖިބްރާ

    އެފަދަ ހާލަތެއްގަ ނޫންގޮތެއްގައި އޮތް ދިވެހި ކުޅިވަރު ޓީމެއް އޮތްހެނެއް ހިއެއްނުވޭ !