ވޯލްޑްކަޕްގެ ގަދަ 16ގައި ކޮލަންބިއާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައި ކޮލަންބިއާއާއި ދެކޮޅަށް ހިނގާދިޔައީ ވަރަށް ބޮޑު ވައްކަމެއް ކަމަށް އާޖެންޓީނާގެ ބަތަލު އަދި ވޯލްޑްކަޕް ޕްރޮމޯޓުކުރުމަށް ފީފާއިން ކަނޑައަޅައިފައި ހުރި އެމްބެސަޑަރ ޑިއޭގޯ މެރެޑޯނާ ބުނުމުން ފީފާއިން އެކަން ކުށްވެރިކޮށް މެރެޑޯނާއަށް ރަށްދު ދީފިއެވެ.

އެގޮތުން އެ މެޗުގައި ރެފްރީކަންކުރި އެމެރިކާގެ ރެފްރީ މާކް ގިއެގަރއަށް ފާޅުގައި މެރެޑޯނާ ފާޑު ކިޔާފައިވާއިރު މެރެޑޯނާ ބުނީ އެ މެޗުގައި ފެނިގެން ގޮސްފައިވަނީ ކޮލަންބިއާ އާއި ދެކޮޅަށް ފާޅުގައި ކުރެވުނު ވަރަށް ބޮޑު ވައްކަމެއް ކަމަށެވެ.

މެރެޑޯނާ، ފީފާގެ ރެފްރީއަށް ފާޑުކިޔާފައިވާއިރު އެކަމަށް ރަށްދުދެމުން ފީފާއިން ބުނީ މެރެޑޯނާ ބުނި ފަދަ އެއްވެސް ކަމެއް  ކޮލަންބިއާ އަދި އިންގްލެންޑް ބައްދަލުކުރި މެޗުގައި ނުހިނގާ ކަމަށާއި ވޯލްޑްކަޕް ޕްރޮމޯޓުކުރަން ކޮންމެ މެޗަކަށް 10،000 ޔޫރޯގެ މުސާރައެއް ދެވޭ ބަތަލެއްގެ ފަރާތުން އެ ފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

އަދި މެރެޑޯނާއަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމަށާއި އޭނާއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެއްކަމުން އަނެކުންނަށް އިހްތިރާމްކޮށް އަހުލާޤު ހިފަހައްޓަން ޖެހޭނެ ކަމަށް ފީފާގެ ރައީސް ގިއާނީ  އިންފާޓޯނޯ ބުނެފައިވެއެވެ.

ނަމަވެސް ފީފާގެ ރައީސްގެ މި ބުނުމަށް މެރެޑޯނާ ރަށްދު ދެމުން ބުނީ ފީފާގައި މަސައްކަތް ކުރަން ފެށުމުގެ ކުރިންވެސް ދެފުށްފެންނަ  ގޮތެއްގައި ކަންތަށްތައް ކުރުމަށް ފީފާގެ ރައީސްގެ ކިބައިން އެދިފައިވާނެ ކަމުގައެވެ.

އަދި މެރެޑޯނާގެ އަމަލަށް މައާފަށް އެދެމުން ފީފާއިން ބުނީ އެ ފަދަ އަމަލުތަށް ފުޓްބޯޅައިގެ ބަތަލުންގެ ކިބައިން ތަކުރާރުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފީފާއިން މިހެން ބުނެފައިވާއިރު މެރެޑޯނާ މީގެ ކުރިންވެސް ވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތައް ވޯލްޑްކަޕްގެ މެޗުތައް ބެލުމުގައި ކޮށްފައެވެ. އެގޮތުން އިނގިލީގެ އިޝާރާތުން ބޭއަދަބީ ބަސް ބުނުމާއި މެޗު ބަލަން ދިޔައިރު މަސްތީ ހާލުގައި ދިޔުން ހިމެނެއެވެ.F

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފީފާއިން ކޮންމެ އެއްޗެއް ބުންޏަސް، މެޗު ރަނގަޅަށް ބެލި މީހަކަށް ވިއްޔާ އެނގޭނެ، ރެފްރީ އިންގްލެންޑަށް ފޭވަރކުރިވަރު.