މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ދައުވަތަކަށް އޭނާގެ ރިސޯޓެއް ކަމަށްވާ ކުރެއްދޫ ރިސޯޓާއި ގައުމީ ފުޓުބޯޅަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ޖުމްލަކޮށް ލިބޭ ފައިސާ 1.2 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި ވެސް ރެކޯޑެކެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގުގެ އަގަށްވުރެ މި މެޗުގެ އަގު ބޮޑުތަނުން ބޮޑެވެ. މިއީ މިހާތަނަށް ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި ކުޅޭ އެންމެ އަގުބޮޑު މެޗެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ފައިސާގެ އިނާމު ހުށައަޅާފައެވެ.
މެޗުން މޮޅުވާ ޓީމަކަށް ފައިސާާ އަދި ހުށައަޅާފައިވާ އިނާމުތަކުގެ ތަފްސީލް
- މުހައްމަދު މޫސާ (ޗަމްޕާ) - ފަސް ލައްކަ ރުފިޔާ
- އެސްޓީއޯ - ފަސް ލައްކަ ރުފިޔާ
- ދިރާގު، ވިލާ ހޮޓެލްސް، ލިޓަސް - އެއް ލައްކަ ރުފިޔާ
- ލިޓަސް - ސައިކަލެއް
- ސަން ފްރަންޓް - ބެޓެރީ ބައިސްކަލް، ބެޓެރީ ސައިކަލް
މި ހުރިހާ ފަރާތްތަކުން ހުށައަޅާފައިވާ ޖުމްލަ ފައިސާއާއި އެކު ގައުމީ ޓީމު މޮޅުވެއްޖެ ނަމަ ކުޅުންތެރިއަކަށް ގާތްގަނޑަކަށް 40،000 އެއްހާ ދިވެހި ރުފިޔާ ލިބޭނެއެވެ. ކުުރެއްދޫ ރިސޯޓުގައި މި މެޗު ކުޅޭއިރު މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ރިސޯޓުގެ އިސްވެރިންގެ އިތުރުން އެފްއޭއެމްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި މެޗުގެ ކުރިން ގައުމީ ޓީމު ވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މެޗެއް ކުޅެފައެވެ. އެ މެޗު ގައުމީ ޓީމު ވަނީ ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފައެވެ.
މިއީ ގައުމީ ޓީމުގެ އާ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ މަގާމާއި ހަވާލުވިފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. މި މެޗަށްފަހު ގައުމީ ޓީމު އަންނަ މަހުގެ 8 ވަނަ ދުވަހު ލަންކާގައި ފަށާ މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރާނެއެވެ. މި މެޗުގައި ވާދަކުރާނީ ރާއްޖެއާއި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެެވެ.
ވޭސްޓިންގ މަނީ،ޕްލީސް ހެލްޕް ޓް ޕުއާރ ޕީޕަލް ):
ފްލެޓް ލިބުނަސް ފައިސާ ނެތިގެން ހިޔާ ފްލެޓަށް ބަދަލު ނުވެވިފަ ތިބި ފަރާތްތަކަށް ތިފަދަ އެހީއެއް ދޭނަމަ ކިހާ ރަނގަޅު
ކޮވިޑްގައި ޅ.އަތޮޅު މީހުން ހާލުގައި ޖެހިގެން އުޅުނުއިރު އެންމެ ކުޑަމިނުން ފޭސްމާސްކް ގަނޑެއްހައި ހިސާބު އަތޮޅުގެ ހަތަރު ރަށުގެ މީހުންނަށް ނުދިން.. މި އަތޮޅުގެ ހުރިހާ ފަޅުރަށެއް ނަގާގެން ރިސޯޓް ހަދާގެން އެއުޅެނީ.. މިއަދު ކުޅިވަރު ކުޅެލާފައި 1.2 މިލިއަން ރުފިޔާ އެބަހާލަނީ.. ހިތަކަށް އެއްޗެއްނާރާ..
ތިވަރު ޓީމު ތަކާ ކުޅެފަ ލަނކާ ބަލިކުރެވޭނެ ބާ؟؟ލަންކާ އިން މިހަަރުވެސް ވަރުގަދަ މެޗު ތަކެެއް އެބަ ކުޅޭ !!
ނުދޭނެ. ރައްޔަތުން އަނގަޔާ އަތާ ދިމާނުވާއިރުވެސް ތަނަވަސްމީހުން ބަލާނީ ބޭކާރުގޮތުގަ ފައިސާ ހަރަދުކުރެވޭތޯ.
ކޮރޯނާފެށުނުދުވަސްކޮޅޮ މުއައްޒަފުންނައްދިނީ 3މަހައް 1000ރުުުފިޔާ ފުޓުމެޗަކައް ލައްކަ
އުއްޗޮ މޮޅުޓީމެއް މޮޅުވާނީ
އުއްޗު .ތިޔަމެޗް ނުކިޅެވެސް ގައުމީޓީމަށް ފައިސާ ދެވިދާނެދޯ....ފަިސާ އަކީ ހުރިހާއެއްޗެއްނޫން...
ތިގޮތައްކީދާނެ މަށައްދޭންވީނު މަވެސް މާހާލުގަ ފުލެޓް ވެސްނެތް
ލައިވް ކުރާނެތަ
ބޭކާރު