ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޓީމަކަށް ކުޅުމުގެ ބޭނުމުގައި ލިވަޕޫލް ދޫކޮށް 2013 ވަނަ އަހަރު އާސެނަލްއަށް ބަދަލުވާން މަސައްކަތްކުރި ކަމަށް ލުއިޒް ސުއަރޭޒް ބުނެފިއެވެ.

އުރުގުއޭގެ ފޯވާޑް ލުއިޒް ސުއަރޭޒް ލިވަޕޫލަށް ބަދަލުވީ 2011 ވަނަ އަހަރުއެވެ. އެ ކުލަބުގައި ތިން އަހަރު ހޭދަކުރުމަށްފަހު އޭނާ ބަދަލުވީ ސްޕެއިންގެ ބާސެލޯނާއަށެވެ.

ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވާން އުޅުނު ދަނޑިވަޅުގައި އާސެނަލްއަށް ބަދަލުވާން މަސައްކަތްކުރި އިރު، އެ ކުލަބުން ސުއަރޭޒް ހޯދުމަށް ބިޑުވެސް ކުރިއެވެ. އެފަހަރު އާސެނަލް އިން ވަނީ 40 މިލިއަން ޔޫރޯގެ ބިޑެއް ހުށައަޅާފައެވެ. އެފަހަރު އެކަމަށް ހުރަސްއެޅީ ލިވަޕޫލުންނެވެ. އެފަހަރު ލިވަޕޫލް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއެވެ.

"އޭރު އާސެނަލް ކޮންމެ ސީޒަނެއްގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވި، އޭރު ލިވަޕޫލް އޮތް ހާލަތަށްވުރެ އަހަންނަށް އާސެނަލް ކަމުދިޔަ، އެކަމަކު އެ ކުލަބަށް ބަދަލުނުވި އެކި ސަބަބުތަކާއި ގުޅިގެން" ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް އޭރު ލިވަޕޫލަށް ބަދަލުވީ އަޔެކްސްގައި މޮޅު ކުޅުމެއް ކުޅުމަށްފަހު އެވެ. އުމުރުން މިހާރު 34 އަހަރުގެ ކުޅުންތެރިޔާ މިހާރު ކުޅެމުން އަންނަނީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ކުލަބަށް މިހާތަނަށް ކުޅޫނު 14 މެޗުގައި އޭނާ ވަނީ 21 ލަނޑު ޖަހައިދީފައެެވެ.