އިންގްލެންޑް ފޯވަޑް ޖޭމީ ވާޑީ ---

ޕެނަލްޓީ ޝޫޓް އައުޓުގައި ކޮލަމްބިއާގެ މަައްޗަށް ކުރި ހޯދުމަށް ފަހު އިނގިރޭސި ވިލާތުގެ ފޯވަޑް ޖޭމީ ވާޑީ ސްޕެއިންއަށް ޖޯކު ޖެހި ކަން ހާމަ ވެއްޖެއެވެ.

ވޯލްޑް ކަަޕްގެ ރައުންޑް އޮފް 16 ގައި އިންގްލެންޑް ނުކުތީ ކޮލަމްބިއާ އާއި ދެކޮޅަށެވެ. ގިނަ ރީނދޫ ކާޑު ފެނިގެން ދިޔަ އެ މެގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ގެ ނަތީޖާއަކުންް އެއްވަރު ވަގެންނެވެ. އަދި 15 މިނެޓުގެ އިތުރު ދެ ހާފު ކުޅުމަށް ފަހު ވެސް ދެ ޓީމު އެއްވަރު ވެފައި އޮތުމުން ދެން ދިޔައީ ޕެނަލްޓީ އަށެވެ.

ޕެނަލްޓީގައި ކޮލަމްބިއާގެ ދެކުޅުންތެރިންނަށް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާ ނުލެވިފައެވެ. އަދި އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ރަނގަޅު ސޭވެއް ކޮށްފައެވެ. ޕެނަލްޓީއިން ކުރި ހޯދައި އިންގްލެންޑް ވަނީ ކޮލަމްބިއާ ކަޓުވާލާފައެވެ.

މެޗަށް ފަހު ދަނޑުން ފައިބަނިކޮށް ސަޕޯޓަރަކު ވަނީ ވާޑީއާއި ސުވާލެއް ކޮށްފައެވެ. ސަޕޯޓަރު އެހީ، އެވަގުތު ވާޑީއަށް ކުރެވެނީ ކޮން ކަހަލަ އިހުސާސެއްތޯއެވެ. އެ ފުރުސަތުގައި ވާޑީ ވަނީ ކުރިން ޕެނަލްޓީ ޝޫޓް އައުޓަކުން ކަޓައިގެން ގޮސްފައިވާ ސްޕެއިނަށް ޖޯކު ޖަހާފައެވެ. އޭނާ ބުނީ "ސްޕެއިންނަށް ކުރެވުނު އިހުސާސަށް ތަކަށް ވުރެ ރަނގަޅު" ކަމަށެވެ.

ސްޕެއިން ކަޓައިގެން ދިޔައީ ޕެނަލްޓީ ޝޫޓް އައުޓެއްގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެގެންނެވެ. އެފަހަރު ސްޕެއިންގެ  ދެކުޅުންތެރިންގެ އަތުން ޕެނަލްޓީ މިސްވެފައި ވެއެވެ.

ޖޭމީ ވާޑީ އަކީ އިތުބާރާއެކު ޕެނަލްޓީ ޖަހާ ކުޅުންތެރިއެއް ނަމަވެސް އިންގްލެންޑުގެ ޕެނަލްޓީ ޝޫޓްގައި އޭނާ ޕެނަލްޓީ ޖަހާފައި ނުވެއެވެ. ސަބަބަކީ އެވަގުތު އޭނާ އަށް ގްރޮއިން އިންޖަރީއެއްގެ ސަބަބުން ތަދު އިހުސާސު ކުރެވެމުން ދިޔައީތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޅުވީމަ މޮޅުވީ. ލަނޑުޖެހިގޮތް ބަލާކަށް ނުޖހޭ.

  2. މިތާއެބައޮތްތަ ޖޯކެއްޖަހާފަ