ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ހިމެނޭ ގަދަ 12 ޓީމު ވާދަކުރާ ގުރޫޕް 2 ގައި މިއަދު ނިއުޒިލެންޑުން އަފްގާނިސްތާން ބަލި ކުރުމާ އެކު، ބާކީ އެއް މެޗު އޮއްވައި އިންޑިއާ މުބާރާތުން ކަޓައިފި އެވެ.

އަފްގާނިސްތާނުން މިއަދުގެ މެޗުގައި ނިއުޒިލެންޑް ބަލިކުރި ނަމަ، ސެމީގެ ޖާގައެއް މި ގުރޫޕުން ކަށަވަރު ކުރާނެ ޓީމެއް ޔަގީން ވާނީ މާދަމާރޭ އިންޑިއާ އާއި ނަމްބިއާ ބައްދަލުކުރާ ގުރޫޕް ސްޓޭޖު ފަހު މެޗަށް ފަހު އެވެ. ނަމަވެސް ނިއުޒިލެންޑުން ވަނީ ފަސޭހަކަމާ އެކު އަށް ވިކެޓުން އަފްގާނިސްތާން ބަލިކޮށް، ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

މުބާރާތުގެ ފޭވަރިޓްގެ ގޮތުގައި މުބާރާތައް ނިކުތް އިންޑިއާ އަށް މުބާރާތުގައި ކުރިއަށްދާން އެންމެ ބޮޑު މައްސަަލައެއް ދިމާވީ ފުރަތަމަ ދެ މެޗުން ޕާކިސްތާނާއި ނިއުޒީލެންޑް އަތުން ބަލިވުމުންނެވެ.

މިރޭގެ މެޗުގައި ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ނިންމީ ކުޅޭށެވެ. އަފްޣާނިސްތާނަށް 20 އޯވަރުގެ ތެރޭގައި އަށް ވިކެޓަށް ހެދުނީ 124 ލަނޑެވެ. އަފްޣާނިސްތާން ޓީމުން އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 43 ބޯޅައިން 73 ލަނޑު އެއްކުރި ނަޖީބުﷲ ޒަދްރާން އެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު ނާބީ އަށް 20 ބޯޅައިން ހެދުނީ 14 ލަނޑެވެ.

ޖަވާބުގައި ނިއު ޒީލެންޑުން ކުޅެން އަރައި ވަނީ 18.1 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައި މެޗް ކާމިޔާބު ކުރިއެވެ. ނިއުޒީލެންޑުން ފުރަތަމަ ކުޅެން އެރި ގުޕްޓިލް 28 ލަނޑު ހެދިއިރު، މިޗެލް ވަނީ 17 ލަނޑު ހަދާފައެވެ. ދެކުޅުންތެރިންގެ ފަރާތުން އުއްމީދު ކުރިވަރުގެ ކުޅުމެއް ނުފެނުނު ނަމަވެސް ކޭން ކުޅެން އަރައި ނުބައިނުވެ 42 ބޯޅައިން 40 ލަނޑު ހެދިއެވެ.

މިރޭ ޕާކިސްތާން ކުޅުނު މެޗް ކާމިޔާބުކޮށް އެޓީމުން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ޕާކިސްތާނުން ގުރޫޕުގެ އެއްވަނަ ހޯދީ މިރޭ ސްކޮޓްލެންޑާ ވާދަކޮށް 72 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ޕާކިސްތާނަށް ޓޮސް ދިމާވުމުން ވަނީ ފުރަތަމަ ކުޅެން އަރައި 20 އޯވަރުތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަމަކޮށްފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅަިއން 66 ލަނޑު ހެދި ކެޕްޓަން ބާބާ އަޒާމް އެވެ. މީގެ އިތުރުން ޝުއައިބް މަލިކް ވެސް ވަނީ ނުބައި ނުވެ، 18 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ މެޗުގައި ހަ ބޯޅައެއް ހަޔަކަށް ޖަހައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން ސްކޮޓްލެންޑަށް ހަމަކުރެވުނީ 117 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައި ނުވެ 37 ބޯޅައިން 54 ލަނޑު ހެދި ރިޗީ ބެރިންގްޓަން އެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އިންގްލެންޑާއި ނިއުޒިލެންޑު ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާއި އޮސްޓްރޭލިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޅަބޭ

  ވިރާޓު ކޯލީ މަހައްދޭ ދެން!

  12
 2. ރާއްޖެތެރެ

  ބަރަބަރު އިންޑިޔާ އައުޓް

  22
 3. ކައުންސެލަރު

  އަލްޙަމްދުލިﷲ
  އިންޑިޔާ އައުޓް

 4. އެއްކަަލަ އިބުރު

  މީ ޕާކިސްތާންގެ ފަހަރު، އިންޝާﷲ. ފޯރިފަށެއް ހުންނާނެ.

 5. Anonymous

  الحمدلله

 6. އައްޑޫ މީހާ

  ވަރަށް އުފާވެއްޖެ

 7. ކޮއްޔާ

  ނަސީބު ނުން // އިންޑިޔާ އައުޓް، //

 8. ދިލް

  ބޮހޮތް އައްޗާހުވާ )) ހަމްސަބްހުޝް

 9. އަހުމަދު

  ކީއްވެ ކުރިން ފޮނުވި ކޮމެންޓް ނުޖެހީ؟