ވޯލްޑްކަޕްގެ މެޗްތައް ފޯރީގައި ދަނީ ކުރިއަށެވެ. އެ މެޗްތަކުގައި ދިމާވާ ކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކާއިރު، ބްރެޒިލް ކުޅޭ މެޗު ތަކުގައި ނޭމާ ދަނޑުމަތީގައި ވެއްޓިފައި އޮންނަ ވަގުތު ގިނަކަމުގެ ވާހަކަދައްކާ މީހުން އަދި މާގިނައެވެ.

މިހާރު ނޭމާގެ އެކަންތައް ކޮޕީކޮށްގެން އުޅެނީ ކުޑަކުދިންތަކެކެވެ.

ނޭމާ މިގޮތަށް ދަނޑުމައްޗަށް ވެއްޓި ގިނައިރު، ވާތީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު، އޭނާއަށް މަލާމާތް ކުރާ މީހުންވެސް މަދެެއް ނޫނެވެ. މިހާރު އެ މަންޒަރު ފެންނަ އެކި ކަހަލަ ވީޑިޔޯތަކެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އޭގެ ތެރެއިން މިއީވެސް އެއް ވީޑިޔޯއެެވެ.

އެ ވީޑިޔޯއިން ފެންނަނީ ފީލްޑުގައި އުޅެމުންދިޔަ ކުދިންތަކެއް ބޯޅަ ހިފައިގެން އުޅުމުގެ ތެރޭގައި ނޭމާ ވެއްޓޭގޮތަށް އެކި ފަހަރު މަތިން ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. 20 ސިކުންތުގެ އެ ވީޑިޔޯގައި އެ ކުދިން ގައިގާ ރިއްސާކަމަށް ހެދިގެންވެސް އުޅެއެވެ. އަދި އެ މީހުންގެ ކޯޗު "ނޭމާ"ގެ ނަމުން އެ ކުދިންނަށް ގޮވާ އަޑުވެސް އިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަގޭ

    ވީޑިއޯ ކޮބާތަ

  2. އައިޟާ

    ތި ވީޑިއޯ ވަރަށް ފުރިހަމަ

  3. ޒުވާނާ

    ކޮންތާކަށް އެޓޭޗް ކޮށްފައޮތް ވީޑިއޯއެއްތަ؟؟؟؟ ނުފެނުނު

  4. ކަލޯ

    ދޮންކަލޯ ކޮބާ ވީޑިއޯ

    • Anonymous

      ނޭނގެ. ލެވުނުތަނެއް