ސްރީލަންކާ މެޗުގައި ރާއްޖެ އެއްވަރުވީ ފަަރުވާކުޑަކުރުމުގެ ސަބަބުން ކަމަށާއި ބަންގްލަދޭޝް މެޗުން ކޮންމެހެން ނަތީޖާ ނެރެންޖެހޭ ކަމަށް ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ (އަކޫ) ބުނެފިއެވެ.

މާދަމާ ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗުގެކުރިން ވާހަކަދައްކަމުން އަކޫ ބުނީ ލަންކާ މެޗުން ރާއްޖެ ޓީމަށް ދެއްކޭނެ އުޒުރެއް ނެތް ކަމަށެވެ. އަދި ކޮންމެ މެޗަކީވެސް އެންމެ ފަހު ވަގުތާއި ހަމައަށް މަސައްކަތްކުރަންޖެހޭ މެޗެއްކަމަށް އަކޫ ބުންޏެވެ.

"އެ މެޗު ހަނދާން ނައްތާލާ އެބަޖެހޭ ކޮންމެ މެޗަކީ އެންމެ ފަހު ސިިކުންތާ ހަމައަށް ރެފްރީގެ ކަށިގަނޑު އެޅީމަ ނިމޭ އެއްޗެއް ކަން ވިސްނަން، ވަރުބަލި ވިޔަސް އެއްވެސް އެކްސްކިއުޒް އެއް ދެއްކޭކަށް ނެތް" އަކޫ ބުންޏެވެ.

މެޗުގެކުރިން ވާހަކަދައްކަމުން އަކޫ ބުނީ ލަންކާ މެޗުގެ ނަތީޖާ ހަނދާން ނައްތާލަން ބަންގްލަދޭޝް މެޗުގެ ބޭނުން ހިފިދާނެ ކަމަށް އަކޫ ގަބޫލުކުރެއެވެ. އަދި ލަންކާ މެޗު އެއީ ބައްޔެއްގެ ގޮތުގައި ވެސް ބުނެވިދާނެ ކަމަށް އަކޫ ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަކޫ ބުނީ މީގެކުރިން ރާއްޖޭގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި އޮސްކާ ބްރުޒޮން ގެ ބަންގްލަދޭޝް ޓީމާއި މިހާރު އާ ކޯޗާއެކު އޮތް ބަންގްލަދޭޝް ޓީމުގެ ކުޅުމުގައި ބަދަލުތަކެއް އެބަހުރި ކަމަށެވެ. އަދި ރާއްޖެ 100 ޕަސެންޓް ނެރެފިއްޔާ މޮޅުވާނެކަަމުގެ ޔަގީންކަން އޮތްކަމަށްވެސް އަކޫ ބުންޏެވެ. އަދި ދަނޑުގެ ހާލަތު ގޯސް ނަމަވެސް ދަނޑުގެ ޝަކުވާއެއް ނުކުރާނެކަމަށް އަކޫ ބުންޏެވެ.

"ދަނޑުމަތީގައި ކުރަން އޮންނާނީ މަސައްކަތް، ކުރީގެ މެޗުތަކަށް ބަލައިގެނެއްނޫން ތައްޔާރުވަނީ 90 މިނެޓަށް އެބަޖެހޭ މަސައްކަތްކުރަން" އަކޫ ބުންޏެވެ.

މާލޭގައި ކުރިޔަށްދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް 2-0 އިން ބަލިކޮށްފަައެވެ. މި މުބާރާތުގައި ކުރިޔަށްދާން ރާއްޖެއިން ބަންގްލަދޭޝް މެޗުގައި ނަތީޖާ ނެރެން އެބަޖެހެއެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން މާދަމާ މެންދުރުފަހު 15:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު އިހްސާން

    އަކޫ ވިޔަސް ތީ ބޯހަމަޖެހޭ ކަހަލަ ބަޔަކު ދައްކަންވާ ވަރުގެ ވަަހަކަތަކެއްނޫން. ޤައުމީ ޓީމުގައި ނެތް ސިކުޑިގެ ތެތްކަމެއް ހުރީ އެކަކުވެސް. ބޯޅަ ލިބުނަސް ޕާސްދޭނީ ކާކަށްކަމެއް ނިންމާކަށް ނޭގޭ. ބޯޅަޔަށް ހުސްވެގަންނާކަށް ނޭގޭ. ފޯލްސް ނައިން ބޭނުން ކުރަންވެސް ނޭގޭ. އަޝްފާޤަށް ބަރޯސާވަނީ މާބޮޑަށް. ބަލިވިޔަސް ޕާސިންގް ގޭމެއް ކުޅެއްޖެހޭ. ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ އަކޫ ދައްކަނީ.

    "އެ މެޗު ހަނދާން ނައްތާލާ އެބަޖެހޭ ކޮންމެ މެޗަކީ އެންމެ ފަހު ސިިކުންތާ ހަމައަށް ރެފްރީގެ ކަށިގަނޑު އެޅީމަ ނިމޭ އެއްޗެއް ކަން ވިސްނަން، ވަރުބަލި ވިޔަސް އެއްވެސް އެކްސްކިއުޒް އެއް ދެއްކޭކަށް ނެތް"

    5
    1
  2. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    2
    1
  3. ސައްތާރު

    މިހާރު ބޭނުންނުވޭ ބަލަން..

    1
    1
  4. ލަޓޯފަޓޯ

    އަހަރުމެންނަށް ހެޔޮކަލޭމެން ދުވަހަކު މޮޅުނުވިއަސް. ޢެހެންޏަ ވަރުބަލިވެއްޖެ ޕޮޒިޓިވް ރިޒަލްޓެއް ލިބޭތޯ އެދިއެދި ތިބޭތާ. ޢެކަމު ދުވަހަކަށްވުރެ ދުވަހެއްވަނީ ގޯސް. ވަނީމާޔޫސް.

    2
    1
  5. 13ވގ

    ބަންގާޅު 2 ގޯލް އަކުރަމް އައް ހާއްސަކުރީ