1-2 އިން ވަރުގަދަ ބްރެޒިލް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ސެމީފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

ބެލްޖިއަމްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ 13 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ބްރެޒިލްގެ މިޑްފީލްޑަރު ފާނަންޑީނިއޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި ކެވިން ޑެ ބްރައިނާ ވަނީ ބެލްޖިއަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ބްރެޒިލް ސިއްސުވާލާފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބްރެޒިލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާގެ ފަރަގު ކުޑަކޮށްލަން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފާނަންޑީނިއޯ ބައިކޮޅަށް ގޯލު ޖެހުން - ފޮޓޯ: އޭއެފްޕީ

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބެލްޖިއަމް އިން ނިންމާލިއިރު ދެވަނަ ހާފްގައި ބްރެޒިލް އިން ދިޔައީ ބެލްޖިއަމްގެ ގޯލަށް ކައިރިކައިރި ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑަގްލަސް ކޮސްޓާ ފޮނުވާލި ދެ ހަމަލާއެއް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު ފަމީނޯ ވެސް ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

ނަމަވެސް މެޗުގެ 76 ވަނަ މިނެޓްގައި ބްރެޒިލް އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ. މި ގޯލު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ރެނާޓޯ އައުގަސްޓޯއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ކައިރީ ފުދޭވަރަކަށް ހުހަށް ހުރެ އައުގަސްޓޯ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އަދި މެޗުގެ ފަހުވަގުތުކޮޅުތެރޭ ނޭމާ ވެސް ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު އެ ހަމަލާގެ ހުރަހަކަށްވީ ބެލްޖިއަމްގެ ކީޕަރު ކޯޓުއާއެވެ.

މެޗަށްފަހު ނޭމާ ދަނޑުން ފައިބަނީ - ފޮޓޯ: އޭއެފްޕީ

ބެލްޖިއަމް މި މެޗުން މޮޅުވިއިރު މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ސެމީ އަށް ބެލްޖިއަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ސެމީގައި ބެލްޖިއަމް ބައްދަލުކުރާނީ ފްރާންސް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޟުކުރީ

  ވަރަށް ދެ.ރަކޮށް މިދިމާވީ.އިރާދަ ކުރެެެއްވިއްޔާ ދެންފަހަރަކުން ރަނގަޅުވާނެ.

  • Anonymous

   ބްރެޒިލް ނޫޅޭ ކޮންމެހެން ގޯލް ޖަހާ ކަށް. ބެލީ ނޭމާއަށް އިންޖަރީއެއް ލިބިދާނެތީ. އެ އިން ރެކެން. ބަލިވަމުން ދިޔައިރުވެސް މަކަރުހެދުން އޮތީ. ރެފްރީގެ ހަޔާތް ކުޑަ ކަމުން ރަތްކާޑު ނުދެއްކީ. އޭރިޔާތެރެއަށް ކިތައްމެ ފަހަރަކު ނޭމާ ޑައިވް ކުރި. ވ. ސަލާމް

 2. ޟުކުރީ

  ރަދދޗ

 3. ޟުކުރީ

  ވަރަށް ދެރަ.

 4. Anonymous

  ވަލްހަމްދު لله

 5. ާަަާ

  ބަރާބަރު

 6. ބައްޓޭ

  ފުރިހަމަ