ކްރިކެޓުގެ ދުނިޔޭގައި އެންމެ މަގްބޫލު މުބާރާތް ކަމަށްވާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އޮސްޓްރޭލިއާ ހޯދައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން އޮސްޓްރޭލިއާ ހޯދީ ނިއުޒީލޭންޑް އަތުން 8 ވިކެޓުން މޮޅުވެގެންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ ހޮވަން އެރުމަށެވެ. އެއާއެކު ނިއުޒީލޭޏްޑުން ކުޅެން އަރާ 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 172 ލަނޑެވެ.

ނިއުޒީލޭންޑުން މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅެފައިވަނީ 48 ބޯޅައިން 85 ލަނޑު ހެދި ކޭން ވިލިއަމްސަން އަދި 35 ބޯޅައިން 28 ލަނޑު ހަމަކުރި މާޓިން ގުޕްޓިލް އެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި 18.5 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 173 ލަނޑުހަދާ މެޗު ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އޮސްޓްރޭލިއާ އިން މެޗު ކާމިޔާބުކޮށްދިނުމުގައި މިޗެލް މާޝް އަދި ޑޭވިޑް ވޯނާގެ ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން މިޗެލް މާޝް ވަނީ ނުބައިނުވެ 50 ބޯޅައިން 77 ލަނޑު ހަދާފައެވެ. ޑޭވިޑް ވާނާ ވަނީ 38 ބޯޅައިން 53 ލަނޑު ހަދާފައެވެ.

މިއީ އޮސްޓްރޭލިއާގެ ޓީ20 ކްރިކެޓް ވޯލްޑްކަޕު ތާރީހުގައި ބޮޑު ކާމިޔާބީއެކެވެ. އެންމެ ފަހުން އެ ޓީމު ޓީ20 ކްރިކެޓް ވޯލްޑްކަޕެއްގެ ތާރީހުގައި ކުޅެފައިވަނީ 2010 ވަނަ އަހަރުގައެވެ. އެފަހަރުގެ ފައިނަލުގައި އޮސްޓްރޭލިއާ ބަލިވެފައިވަނީ އިންޑިއާ އަތުންނެވެ.

މިއީ ޓީ20 ގެ ތާރީހުގައި ނިއުޒީލޭންޑުން މުބާރާތުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.