ސީޝެލްސް އަތުން ލަނޑެއްނުޖެހި އެއްވަރުވެ ސްރީލަންކާގައި ކުރިޔަށްދިޔަ މަހިންދަ ރާޖަޕަކްސް ޓްރޮފީ ފުޓުބޯޅަ މުބާރާތުން ދިވެހި ގައުމީ ޓީމު ހިތިގޮތަކަށް ކަޓައިފިއެވެ.

ބޯ ވިއްސާރައިގައި ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ރާއްޖޭގެ ޓީމެވެ.

ރާއްޖެއިން މި މެޗު ފެށީ ގިނަ ބަދަލުތަކަކާއި އެކުއެވެ. އެގޮތުން މުބާރާތުގައި ލަންކާއާއި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗާއި ހިލާފަށް މި މެޗަށް ރާއްޖެއިން ބޮޑެތި ބަދަލުތަކެއް ގެނައެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނުނީ އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުން ފެށުމެވެ. އޭގެއިތުރުން ފުރަތަމަ އެގާރައިގައި ނާއިޒް ހަސަން (ދާދު) ހިމެނި ނަމަވެސް މެޗުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުމުގައި އޭނާ އަނިޔާވުމުން ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) އެރުވިއެވެ.

ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ބޯ ވިއްސާރައިގައި ކުޅުނު މި މެޗު ކުޅުނު ރޭސް ކޯސް ސްޓޭޑިއަމުގެ ހާލަތު ވަރަށް ގޯހެވެ. ކުޅުންތެރިންނަށް ވެސް ރަނގަޅަށް ނުކުޅެވިގެން އުޅުނުތަން ފެނިގެންދިޔަ އެވެ. މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ދިވެހި ޓީމުންނެވެ. ކުރީ ދެ މެޗާއި ހިލާފަށް ދިވެހި ޓީމުގެ މަސައްކަތު ރޭޓު މިމެޗުގައި ބޮޑުތަން ރަނގަޅެވެ. ހާއްސަކޮށް ހަމްޒާ މުހައްމަދު (ހަމްޕު) ގެ ނުރައްކާ ވަރަށް ބޮޑަށް މި މެޗުގައި ފެނުނެވެ. ހަމްޕު ކުރީ ދެ މެޗުގައި ނުކުޅުނީ ރަނގަޅަށް ފިޓުނުވުމުންނެވެ.

ރާއްޖޭގެ ފޯވާޑްލައިނުގައި ފުރަތަމަ ހާފުގައި ހަރަކާތްތެރިވީ އަސަދުﷲ އަބްދުﷲ އާއި ހަމްޒާ މުހައްމަދެވެ. މި ދެ ކުޅުންތެރިންގެ މި ހާފުގައި ކުރި މަސައްކަތް ވަރަށް ރަނގަޅެވެ. މި ހާފުގައި ރާއްޖެއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްވީ 35 ވަަނަ މިނެޓުގައެވެ. ސީޝެލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ނިހާނަށް ޖައްސާލި ބޯޅައިގައި އޭނާ ފުުލުފުލުން ދެ ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލިއެވެ. ހުރަހަކަށް ވީ ފަހަތުގައި ބޮނޑިވެގަނެގެން ތިބި ސީޝެލްސް ކުޅުންތެރިންނެވެ.

ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް މި ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ރާއްޖޭގެ ޓީމުންނެވެ. ފުރަތަމަ ހާފު މިހެން ނިމުނުއިރު ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއި އެކު އެވެ. ނާއިޒް ހަސަންއަށް އަނިޔާވެގެން ފުރަތަމަ އެގާރައިގައި ހިމެނި ހަސަން ރާއިފު (ހަންނަ) ގެ ބަދަލުގައި އަލީ އަޝްފާގު (ދަގަނޑޭ) އެރިއެވެ. އަދި އަލީ ފާސިރު (ސެންޓޭ) ވެސް ކުޅެން އެރިއެވެ. ދިވެހި ޓީމުގެ އެޓޭކުލައިން ވަރުގަދަވި ނަމަވެސް ސީޝެލްސްގެ ހަމަލާތައް ދެވަނަ ހާފުގައި ގިނަވެގެންދިޔަ އެވެ.

މަތިން ކުޅޭ ބޯޅަތަކުގައި ސީޝެލްސް ފެނިގެންދިޔައީ ވަރަށް ނުރައްކާތެރިކޮށެވެ. އެގޮތުން ދެވަނަ ހާފުގައި އެ ޓީމުގެ އެ ޓީމުގެ ލެބްރޯސް ނެގި ހުރަސް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އެއްވެސް ކުޅުންތެރިއަކަށް ބޯޅަ ލިބޭގޮތް ނުވި ނަމަވެސް ދިވެހި ޓީމުގެ ހުސްް ޖާގަތަކަށް ސީޝެލްސް އިން ދިޔައީ ވަރަށް ސަމާލުވަމުންނެވެ.

ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެއަށް ކިރިޔާވެސް ހަމަޖެހިލުމެއް ލިބިގެންދިޔައީ މެޗުގެ 76 ވަނަ މިނެޓުގައި ސީޝެލްސްގެ ޑިފެންޑަރު މާކު މަތިއޮޓަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ހައިޝަމްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. އެއާއެކު ބާކީބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް ދިވެހި ޓީމަށް ސީޝެލްސްގެ ގޯލު ފޫއަޅުވާލެވޭގޮތް ނުވިއެވެ.

އޭގެފަހުން ރާއްޖޭގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ކުޅެންއަރާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގައި ރަތްކާޑެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޑޯޒް

    ޖާމިނު ވާނެ މީހެއްނެއްތަ

    58
    1
    • ރަދީފްއޮފިޝިއަލް

      ތިޔާ ބުނާ މީހަކު މިއަދު ދަނޑުމަތީގަ ނުވޭ 40 ސިކުންތުވެސް.ފައިބަން ޖެހުނީ ރަތެއް ހިފައިގެން.އޭނަ އެއީ އެއްވެސް ކަހަލަ އަޙްލާގެއް ހުންނަ މީހެއް ނޫން.މިމީހުންނަށް ނައިބް މިނިސްޓަރިކަން ދޭނީ ވެސް ކޮހުންކަން ޔަގީން. ވ.ވެދުން

    • ޚިޔާލު

      ނުހުންނާނެ...އެނބުރި އަންނާނީ ވަރުގަދަކޮށޭ؟
      ވަރަށް ވަރުގަދަ

  2. ރަދީފްއޮފިޝިއަލް

    ކޮބާ ރާކަނިމަސްކެވުނު ތަ؟؟ ވ.ވެދުން

    65
    3
  3. Anonymous

    ދަނޑުގެ ވިނަގަނޑު ހުރިހާވެސް މައްސަލައަކީ ދޯ

    62
    4
  4. ޑޯޒް

    ޢިބޫ އިސްތިއުފާ

    62
    19
  5. އަޙްމަދު

    ހަހަހަހަހަހަހަހަހަ! ރަންމެޑަލް! ކޮންކަހަލަ ރަންމެޑެއްޔެއްތަ ލިބުނީ!!!

    50
    1
  6. ބާނީ

    މަހަދޭ ދެން...........

    38
    2
  7. މުހައްމަދު

    ނުފޫޒްގެ މައްސަލަ ހުރިހާވެސް މައްސަލަޔަކީ

    42
    3
  8. ޙދދި

    ޢަޑުބަރޭ އަވަހައް ގޮޅިޔައްލާ އޭނަ ރާއްޖޭގެރީތިނަން ހުތުރުކޮއްފި އޭނަ އެހުރީ އަލީވަހީދާ ޖާމިނުވެ އޭނަ ގަމުން ފުރުވާލާފަ.

    59
  9. މަަހަށްދޭބަލަ

    ކުޅަދާނަ އެއް ނޫނޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބައިނަލް އަގްވާމީ އެއްވެސް މުބާރާތަކުން މޮޅުވާން ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ނުކޮށް ކުޅަދާނަ އެއް ނޫނޭ އެފްއޭއެމް މަހަށް ދާން ޖެހޭނީ އަދި މަޚްލޫފު ވެސް މަހަށް ދާން ޖެހޭނީ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ މަަހަށްދޭބަލަ

    25
    19
    • ޖޖޖޖ

      މިކަލޭގެއަކީ މަސްނުކާ މީހެއއްތަ .. މަހައދިއުމަކީ ދެރަކަމެއް ނޫނޭ...

      1
      1
  10. އަރީ

    ޢެފްއޭއެމް ސިޔާސީ ވީމަ ވާންޖެހޭ ހައެތި ތިޔައޮތީވެފަ.

    50
  11. Anonymous

    މަހައް ގޮސްގެން ހާދަ ލާރިއެއް ލިބޭ ވާނުވާގަ މަހައްދާން ތިގޮވަނީ

    48
    7
  12. ކާފަ

    ޝުކުރިއްޔާ އަޑުބަރޭ

  13. ސުމެއް

    ކޮބާ ތާހިރުވެއްޖެ!! އަޑުބަރޭގަނޑު ކުޅެން ނޭނގުނަސް މީހުން ގަޔަށް ބޮލަށް އަރަން ވަރަށް މޮޅު ދޯ! އެސޮރު ކިރިޔާ ވިއްޔާ މަރުނުވީ!! ދެން އާދޭ އަވަހަށް...ކަރަކަރައިން ކޯޗުން ގެނެސްގެންވެސް ނުވި...ލަދުން ބޯހަލާކު🙈🤦‍♀️

  14. އަހުމަދުބޭ

    މިހާރުވެސް ތިޔަ ޤައުމީ ޓީމަށް ޓެސްޓް ކޮށްލަން ނަމަވެސް އަތޮޅު ތެެރޭގައި ތިބި މޮޅު ކުޅުން ތެރިން ލައިގެން މެޗް ކުޅެލަބަލަ. މުޅި ޜާއްޖޭ ގެ ހުރިހާ އަތޮޅަކުން...ޔަޤީނޭ މޮޅުވާނޭ . މިހާރު ތިބި ކުޅުން ތެރިން ދަނޑު ބޭރުގައި މެޗް ބަލަން ތިބޭ ގޮތަށް.

  15. ބިދޭސީ ސަރުކާރު

    ރާއްޖެއިން ބޭރު މީހުން ގެންނަންވީ ޤައުމީ ޓީމުތަކަށް. ދޯ ޗެއަމަން ހަސަން ލަތީފް.

    42
  16. Anonymous

    މިހުރުހާސުންޕާކަމެއްގ އަސްލަކީ އިބުރާ

  17. ޤައުމު

    އަކޫ ބޭރުކުރޭ ފުރަތަމަ
    ކޮބާހޭ ކެޕޓަންގެ ޒިންމާ ހުސް ފޮޅިއެޅިޔަސް ކަމަކުނުދާނެ
    ކަލޭމެން ދިވެހި ސަޕޯޓަރުން ވަރަށް މާޔޫސް ކޮށްފި
    ޤައުމީ ޓީމަށް ކުޅެން ނިކުންނާނީ % 200 ދޭން. ނޫނީ ތިބޭގޭގަ އަކުންބަކުން ކުޅެން
    ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީފަ
    އޭޖްގްރޫޕް އައުޓް ނޯޗޮއިސް!!!

  18. 40+

    ބައްސާމް، މަހްލޫފް، ދެންވެސް ތި މިނީ ޓާރްފްގަ ޖަހާފަހުރި ފެންސްނަގާ، އަލި ގަދަ ކޮށްލާކަށް ނުވޭތަ. ބޭކާރު ކަންކަމަށް ޚަރަދު ނުކޮށް.

  19. ޅޮލީ

    ނިއު ފުނޑާލާފަ ބައްސާމަށް ހުނިގޭނޭނި، ހިމުންކޮށް......

  20. Anonymous

    އަސްލުވެސް ރާއްޖޭން ބޭރުމީހުން ގެންނަންވީ ތިކަމައްވެސް އޭރުން އޯކޭވާނެ ލަދުން ބޯހަލާކު

    28
    1
  21. ގަބުޅި

    އަސްލުވެސް ރާއްޖޭން ބޭރުމީހުން ގެންނަންވީ ތިކަމައްވެސް އޭރުން އޯކޭވާނެ ލަދުން ބޯހަލާކު

    26
    1
  22. އަހަންމާ

    ކުޅިވަރަކީ މޮޅާއި ދެރަވެސް އޮންނަ ކަމެއް. ބަލި ޤަބޫލުކުރަން ދަސް ނުވާ ބައަކަށް މޮޅުވެސް ޤަބޫލު ކުރަން އެނގިގެން ނުވާނެ.

  23. އަހުމަދު

    ނުބޮވިގެން އުޅުނު ބޮނޑި ބޮވިފަ ތިއޮތީ. އަދިވެސް ތިމާމެން ގައިގަ ހުރި މައްސަލަ ތަކަށް ވިސްނާ އެކަންތައް ރަނގަޅު ކުރުމުގެ ބަދަލުގަ އަރުވާޖަހާފަ ބައިސާ ކަނޑަމުން ދުވާތި. އަހަރެމެން ހުރިހާ ލަދެއް ގަންނަން ޖެހެނީ.

  24. ާަޢަފީފު

    ޢަޑުބަރޭ އަވަހައް ގޮޅިޔައްލާ އޭނަ ރާއްޖޭގެރީތިނަން ހުތުރުކޮއްފި އޭނަ އެހުރީ އަލީވަހީދާ ޖާމިނުވެ އޭނަ ގަމުން ފުރުވާލާފަ.

  25. ލޯއަބު

    ޤައމީ ޓީމް ޕްރައިވަޓޭޒް ކޮށްލަން ފެނޭ

  26. ބައްޓޭ

    ޢަޑުބަރޭ އަވަހައް ގޮޅިޔައްލާ އޭނަ ރާއްޖޭގެރީތިނަން ހުތުރުކޮއްފި އޭނަ އެހުރީ އަލީވަހީދާ ޖާމިނުވެ އޭނަ ގަމުން ފުރުވާލާފަ

  27. ކޮރަލް

    އޭގެފަހުން ރާއްޖޭގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ކުޅެންއަރާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގައި ރަތްކާޑެއް ހޯދާފައެވެ.
    ބަލިވާ ސަބަބު މިއޮތީ އެވެ.

  28. ބިން މުހައްމަދު

    މީކުރީ ސަރުކާރާހެދި ވީގޮތެއް.

  29. އަހުމަދު

    އިންޝާﷲ އަދި ރަނގަޅުވާނެ. ފިޓްނަސް ރަނގަޅުކޮށް، އާޖީލު ބިނާ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގަ ގެންދަންވީ. ނޫންނަމަ ހުރާގެ ފުޓުބޯޅަ ފަދައިން ނެތި ހިނގައިދާނެ

    2
    1
  30. ވެރިން

    ކުރީ ސަރުކާރުން ކަންތައް ކޮށްފަ އޮތްގޮތުން ބަލިވީ

  31. Anonymous

    ތިޔަވީ އެންމެ ރަނގަޅައް ، މިކަހަލަ ވެރިކަމެއްގަ މޮޅެއް ލިބުނަސް ރައްޔިތުން ވާނީ ނިކަމެތި.

  32. އަޙްމަދް

    ކޮއްމެތާކަށް ސިޔާސީ ޖާހިލުން ވަދެގަތީމަ ވާނެ ހަތަރެތި ތިޔަވީ!

  33. ހަމްދު

    الحمد الله . الله اكبر ހުންނާނީ ޖަމިނުވާމީހުން ލައިގެން އަލިފާންކެވިފަ.. ހިނި އަންނީ.. ފެއިލް ޓީމް.. ފެއިލް ސަރުކާރު.. ލޮލް..

  34. ހިޔާފްލެޓުން ވަގު ކިނބޫ

    ލަދުން ދެފައި ކައިރި ކޮށްލަންނުކެރެ..

  35. އިސްޢާފް ސަލީމް

    ކުރީ ސަރުކާރުގެ ސަބަބެއް ތީ! ހެހެހެ

  36. ރަން ރީނދޫ

    ތީ ކުރީ ސަރުކާރު މެޗެއްތަ. ޕަކާސް. އަންނަނީ ހިނި.

  37. ޙުސައިން ޢަލީ

    ޢަޑުބަރޭއަށް އަވަހަށް ފިޔަވަޅު އަޅުއްވާ މުޅިރާއްޖެއަށް ކުރި ހުތުރު ޢަމަލަށް ރަށްޔިތުންނަށް އެގޭގޮތަށް (ފިޔަވަޅު އަޅުއްވާ)

  38. އިބޫ

    ޑޯންޓު ބައުންސް ބެކު އެނީ މޯ އޯކޭ