ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރަތަމަ ނެގި ސްކޮޑާއެކު ވެސް ގިނަބައެއްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކުޅުންތެރިއަކީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭރު ޓީމުގައި އޭނާއަށްވުރެ މެޗު ފިޓްނަސް ރަނގަޅު ކުޅުންތެރިން ތިބެމެ މުބާރާތުގެ މެޗުތަކުގައި އޭނާ ބޭނުންކުރުމުން އެއްޗެހި ކީ މީހުންވެސް މަދެއް ނޫނެވެ.

މިހާރު އޮތް ސަރުކާރުގެ ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާ އަދާކުރާ އަޑުބަރޭ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި އަޑޭ ކުޅުނީ ނޭޕާލް މެޗު އެކަންޏެވެ. އެ މެޗުން ރާއްޖެ ބަލިވިއިރު އޭގެފަހުން ލަންކާއާއި ބަަންގާޅު މެޗުން ރާއްޖެ މޮޅުވިއެވެ. ބަންގާޅު މެޗުގައި އަނިޔާވެގެން އަޑޭގެ ބަދަލުގައި އައިސަމް ކުޅެންއަރާ ތަފާތުދެއްކި އެވެ.

ދެން ފެނުނީ ލަންކާގައި ނިމިދިޔަ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ވެސް އެފަދަ މަންޒަރެކެވެ. ނަމަވެސް މިފަހަރު އަޑޭ ބޮޑަށް ބޭނުންކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފުރަތަމަ ކަމަކަށް ކުޅިވަރުތަކުގެ ބެލެނިވެރި އެއް ފަރާތްކަމަށްވާ ކުޅިވަރާބެހޭ ވުޒާރާގެ އިސް މަގާމެއްގައި ހުރެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުމަކީ މަސްލަހަތު ފުށޫއަރާނެ ކަމެކެވެ. އަދި އެއީ ދެން އޮތް ކުޅިވަރަށްވެސް ވެވޭ ބޭއިންސާފަކަށް ވާނެއެވެ. ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިން ބާކީކޮށް އަޑުބަރޭ ގައުމީ ޓީމަށް ނެގުމުން މިއަދު ފެނުނީ އޭގެ ހިތި ނަތީޖާއެވެ. ސަރަހައްދީ ފުޓުބޯޅައިގައި ވެސް ރާއްޖެއަށް ބޮޑު ލަދެކެވެ.

އަސްހަދު އަލީ (އަޑުބަރޭ) އަށް ރެފްރީ ރަތްކާޑު ދައްކަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދެވަނަ ހާފުގެ އެންމެ ފަހުވަގުތު ކުޅެންއަރާ މިނެޓެއްގެ ތެރޭގައި ސީޝެލްސް ކެޕްޓަން ސްޓީވްގެ ކަރާއި ދިމާލަށް އުޅަނބޮށިން ޖަހާ ރަތްކާޑެއް ގަސްތުގައި ހޯދާފައެވެ. އެއާއެކު މުޅި ޓީމަށްވެސް ލިބުނީ ސިހުމެކެވެ. އަދި މެޗަށްފަހު ގައުމީ ކޯޗުވެސް ހުރީ އެކަމާއި މެދު ބުނާނެ އެއްޗެއްވެސް ނޭނގި އަނގަ ބަންދުވެފައެވެ. ކޯޗު ބުނިހާވެސް އެއްޗަކީ ޖެހޭނީ އަޑުބަރޭ އާއި ވާހަކަދައްކަން ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި "ވަގުތު" އަށް މައުލޫމާތުދެމުން ރާއްޖޭގެ ތަޖުރިބާކާރު ތިން ކޯޗަކު ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ނަމަވެސް އެއިން އެއްވެސް ކޯޗަކު ނަން ހާމަކުރާކަށް ބޭނުމެއްނުވި އެވެ. އެއީ އެކި ސަބަބުތަކެއް ހުރުމުންކަމަށް އެ ކޯޗުން ބުނެއެވެ. ހުރިހާ ކޯޗުންވެސް ދައްކާ އެއް ވާހަކައަކީ މިއީ ފީފާ އޭއެފްސީ ލެވެލްގެ ބޮޑު މުބާރާތެއްގެ މެޗެއްނަމަ އުމުރުދުވަހަށް ފުޓުބޯޅައިން ކުޅުންތެރިޔާ ސަސްޕެންޑުވާނެ ކަމަށެވެ. އަދި މިއީ ފީފާއިން އެއްވެސް ހާލެއްގައި ޓޮލަރޭޓުކުރާނެ ވަރުގެ ކަންކަން ނޫންކަމަށްވެސް ގިނަ ކޯޗުން ވަނީ ފާހަގަކޮށްފައެވެ.

މިއީ ގައުމީ ޓީމުގައި ތިބި އިސް ބޭފުޅުންނަށްވެސް ބޮޑު ފިލާވަޅަކަށްވާނެ އެވެ. އަދި އަންނަން އޮތް ފުޓުބޯޅައިގެ އާ ޖީލަށްވެސް ބޮޑު އިބުރަތަކަށް ވާނެކަން ޔަގީނެވެ. ކިތަންމެ މަތީ ސިޔާސީ މަގާމެއްގައި ހުއްޓަސް އެއީ ގައުމީ ޓީމަށް އަރަން ލިބޭ ލައިސަންސެއް ނޫނެވެ. ނުވިތާކަށް އެއީ ގައުމީ ޓީމަށް އަރަން މަޖުބޫރުވާ ކަމެއްވެސް ނޫނެވެ.

އުމުރުން 34 އަހަރުގެ އަޑުބަރޭގެ އަހުލާގީ މައްސަލަތަކެއް މީގެކުރިންވެސް ފާހަގަވެފައިވެއެވެ. އެގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް އަހުލާގީ މައްސަލައެއް ފެނުމުން އޭނާ ސަސްޕެންޑުުރި އެވެ. އަދި އެކި ފަހަރުމަތިން ސިޔާސީ ހަރަކާާތްތަކުގައި ފުލުހުންގެ ބެލުމުގެދަށަށް އޭނާ ގެނެސްފައިވެއެވެ.

އަޑުބަރޭ ނުލާވެސް ދިވެހި ގައުމީ ޓީމެއް އެކުލަވާލެވިދާނެ އެވެ. އެ ފެންވަރުގެ މޮޅު ކުޅުންތެރިން ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގައި އެބަތިއްބެވެ. ސިޔާސީ މަގާމެއްގައި ހުރެ ގައުމަށް ހުތުރު ނަން ހޯދުމަށްވުރެ އަބުރުވެރިކަމާއި އެކު އެ ސިޔާސީ މަގާމެއްގައި ހުރެ ގައުމަށް އަދި ދިވެހި ކުޅިވަރަށް ހިދުމަތްކޮށްދިނުން އެއީ އަޑުބަރޭއަށް ވެސް މިވަގުތު އެންމެ ފައިދާ ހުރިގޮތެވެ.

 

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކޮރަލް

    ކޯޗް އަށް މިނިވަން ކަން ނުދީ ފުޓް ބޯޅަ އަށް ކުރިއެރު މެއް ނުލިބޭނެ އެވެ.

    18
    • ނައިކަ

      ސުޒީ މެން ބަންސާމުމެން އަދިވެސް ގޮތް ކިޔަނީ ޓީމުވެސް ނަގަނީ.. ބެންޗުގަ އިނދެގެން ސުޒީ ޖައްސާވައްތަރު ފެނޭ.. މިހާރުވެސް ކޯޗަކީ އެއީ ކަންނޭނެ..

      14
  2. ޢނ

    ޔޫތު މިނިސްޓްރީގެ އިސްވެރިން ޖެހޭ ގައުމުގެ ޒުވާނުންނަށް ނަމޫނާ ބަޔަކަށް ވާން. އެފަދަ މަގާމެެއްގަ ހުރި މީހަކު ގައުމީ ޖާޒީގަ ގައުމީ ޓީމްގަ ރާއްޖެ ތަމްސީލް ކުރަން ހުރެ އެކުރީ ވަރަށް ނާތަހުޒީބު ލާއިންސާނީ ކަމެއް. އޭނަ މަގާމުން ދުރު ކުރަން ޖެހޭ. ސޯޝަލް މީޑިއާ ގަ މީނަ ވަޒީފާ އިން ވަކި ކުރުވަން ކެމްޕެއިނެއް ކުރަން ޖެހޭ. 2008 ގަ ގައުމީ ޓީމަށް ތަށި ނެގުނީ މެނޭޖްމަންޓް މޮޅުކަމުން. ފުރަންގޮއްސަ މީނަ އެހެން ކުޅުންތެރިއެއްގެ ޕާސްޕޯޓް ފޮރުވީމަ ޓީމުން ބޭރު ކޮއްލީ. ޢެހެން ވާން ޖެހޭނެ

    18
  3. އަލްޖިބްރާ

    ބޯންއުޅުނު ބޮޑި ތިއޮތީ ބޮވިފަ ! އަދިވެސް ހުރިހާ ކުޅިވަރެއް ސިޔާސީ ކުރެވޭތޯ ބަލާ !

    23
  4. ގަބޫލް

    އަނެއްކާ ތި ރަތްކާޑު ހޯދީ ގަސްދުގައި ދިވެހި ރާއްޖެ ބަލިކުރަން ބުއްޅަބޭގެ އިރުޝާދުންބާ؟

    16
    2
  5. އުގުރި

    ތަންތާގައި ތިބި އެކްޓުވިސްޓް އަރުވާގެނެއް ގައުމީޓީމު ކީކުރައްތޯ ގައުމުވެސް ރަގަޅެއް ނުވާނެ ތިމީހުންނާ ހެދި.

    19
  6. Anonymous

    މިގައުމަކީ މޑޕ އެކަނި ދިރި އުޅެން އޮތްތަނެއް މޑޕ ކެނެރީ ބޭނުން ގޮތެއް ހަދާލާނީ ހަމަ.

    11
    1
  7. ނަސީދު

    ސިޔާސީ މަގާމުންވެސް ދުރުކުރަންވީ.

    12
    1
    • ޏަވިޔަނި

      ޢިބޫ ވެސް 4 ނޭޝަން ކަޕް ބާވަން ފެނޭ....

      10
      2
  8. ހިޔާލު

    އެވަގުތު ބޯޅަގެއްލި ފުއްމާލިއިރާ އަނެއް ކުޅުންތެރިއާއެވެސް އެރީ ، ގަސްދުގައި ނޫން ކަމަށްވެސް ވެދާނެ.

    2
    9
    • ބަރު އަޑޭ..

      ކަލޭ ވީޑިއޯ ބަލާފަ ދެން ހަވާދުލީ ބިހޭ ކިޔާބަލަ...ބޯޅައަކާ ދިން ހަމަލާއަކާ ގުޅުމެއްވެސް ނެތޭ ..

  9. ކިޔާ މީހާ

    އަޑުބަރޭ ބާކީ ކުރުން މާލަ ސްވެއްޖެ. ދެން ޗާން ސް ނުދޭތި ދުވަހަކުވެ ސް.😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

    17
    1
  10. ހުސޭނުބޭ

    ތިވާނީ އަލަށް ހުށައެޅި ބަޖެޓުގައި މީހުންގެ މޫނުމަތީ ޖެހުމުގެ ސިޔާސީ މަޤާމެއް އޮވެގެން އެ މަޤާމު ދިނީކަމަށް!

    14
  11. ޙަސަން ފުޅު

    ޙަމަ ޔަޤީނުންވެސް އަޑުބަރޭ އެކަން ކުރީކީ ގައުމަށް ހަޑިނަމެއް ހޯދާކަން ނޫންކަން ކަށަވަރު. ޢަހަރެން އޭނަ ދިފާއުކުރަން. ދިވެހިން މާ ޑިސިޕްލިން ކޮން ކުޅެން އުޅޭތީ ކޮންމެ ފަހަރަކު ތި ބަލި ވަނީ

    3
    14
  12. އަލީވަހީދު

    ޢަޑުބަރޭ އަވަހައް ގޮޅިޔައްލާ އޭނަ ރާއްޖޭގެރީތިނަން ހުތުރުކޮއްފި އޭނަ އެހުރީ އަލީވަހީދާ ޖާމިނުވެ އޭނަ ގަމުން ފުރުވާލާފަ

    11
    1
  13. ހިންނަވަރު

    މިސަރުކާރުގަ ދޭނީ ޕްރޮމޯޝަނެއް

    14
  14. ބަސަމަގު

    ޖަލުގައި ނޮންނަންޖެހޭމީހުން ޖަލަށް ލާބަލަ. ކުޅެން ގައުމުތަމސީލުކުރަން ނާރުވާ

  15. ނާދިރާ

    މޑޕ ގެ އަސްލު ސިފަ އެ ފެންނަނީ

  16. ގައުމީ

    ފިޔަވަޅު ނާޅާ އަދި ޓީމުން ވަކި ނުކޮށްފި ނަމަ ހުރިހާ ކުޅުން ތެރިންނަށް ލިބޭ ވަރަށް ހުތުރު ނަމެއް….

  17. މރ. ޖާމިނޭ

    ސ. އުޅަނބޯށިބަރޭ ކޮންބަރޭ؟
    ޖ. އަޑުބަރޭ
    ލަދުންބޯހަލާކު، މުޅި ޝީސެލްސާއި މީނަ ޖާމިންކޮށްފައި، އުމުރުދުވަހަށް ފުޓްބޯޅައިން ސަސްޕެންޑްކުރަންވީ

    10
  18. ައައްޔަ

    ވަރަތްދެރަހިތަމަހުރިކަމެއް އެއްމެފަހުން މަލެގަކުލުނުމެޗުގަވެސް ބިރުވެރިކުލުމެއް އަދުބަރެކުލުނި ބެލިމަހިވަނި އެގޮތައްކުލެން އަރުވަމިއިހެއް ހެން ކޮޗެއް އަރިއްޕެ ކަމުނުދިޔައަސް އެހެންމިއިހުން އެބަތިއްބެއްނުންތޮ ވަރަތްހުތުރު ހަދިއަމަލެއް

    • ޚަލީލް

      ކޮއްކޯ. ކަލޯ ރަނގަޅަށް ލިޔަންކިޔަން ދަސްކުރޭ.

  19. މަ

    މީ ފެންވަރަކީ

  20. ށުން

    ތިކަހަލަ ގޮތެއް ފޮތެއްނެތް މީހުންލައްވާ ކުޅުވަންޏާ ވާނީ މިހެން.ކޮންގުރާ ގައުމީޓިމް.އަދިވެސް މުބާރާތެއް އޮތިއްޔާ ބައިވެރި ވާތި.

  21. މޫސް

    ބަލާބަލަ އޭނަހުރީ އެއްޗެއް ބޮއިގެންތޯ އަހަރެމެންނަށްވެސް ބޮޑު ލަދެއް.

    10
  22. ޅަބޭ

    ގައުމީ ރޯނުއެދުރު ސުޒޭނު ބުނީ ކަލޭމެން ނޫސްވެރިން މާ ޖޭވަނިއްޔޯ އަޑޭދެކެ.

  23. ޙަލީ

    ޢަޑޭ ޓިމަށްް ނުނެގުމަށް ރައްޔިތުން އެދުނީ އެކަމުގަ ހިކުމަތްތަކެއްވާތީ. ޢެއަޑަށް ބީރު ކަންފަތްދީފަ އެސޮރު ގޮވައިގެންދިޔައީ ރައްޔިތުުން މޫނުގަ ތަފާލެއް ޖަހާފަ ކުއްވެރިޔަކު ނުންގަމޭ ކިޔާފަ. ޙީވެއްޖެ ކަމެއްހެން. ދެން ތިފެނުނީ ލަދު ހުތުރު އަމަލެއް ދިވެހި ތާރީޚުގަވެސް ކުޅުުންތެރިޔަކުގެ ކިބައިން ނުުފެންނަހާ ދަށު ދަރަޖައިގެ ޢަމަލެއް.

  24. ޢިޔާބު

    މި ސަރުކާރުގެ އަސްލު ސިފަ އެ ދައްކާލީ

  25. އައްޓަމަސް

    ތިޔަ ފައުލުގެ ޒިންމާ ނަގަންޖެހޭނީ ސީދާ ސުޒޭނު

    10
    1
  26. ޔަޤޫލް

    ކޮބާ ކޮބާ މަގޭ ކޮމެންޓް ކޮބާ.

  27. ރަން ރީނދޫ

    ޕްރޮފެޝަނަލް ފުޓްބޯޅައިގައި އެހެރީ އުމުރު ހުސްވެފަ. ދެން ކޮން ސަސްޕެންޝަނެއް. ޓީމަށް އަރަނީ ސިޔާސީ ނުފޫޒުން.

  28. އަޑޭ ތި ކަޑައޭ

    ފުޓުބޯޅައިން އެކަންޏެއް ނޫން. މަޤާމުންވެސް ވަކިކުރަންވީ. އެހެންޏާ މީނަ އެރުވިކީ ރެސްލިން ތަޅާކަން ނޫނޭ. ލަދުގެ ކަންފުޅެއްވެސް ނެތީއޭ. އެންމެ މެޗަކުން މޮޅު ނުވީ އިރުވެސް އަރާ މާރާމާރީ މިހިންގަނީ. އަޑުބަރޭ އިސްތިއުފާ.

  29. ރ

    މީނާ މީ ހިފާ ހައްޔަރު ކުރަން ޖެހޭ މީހެއް 2008 ގައި ގައުމީ ޓީމް ފުރަން އޮތް ދަތުރެއްގައި މީނާ ކުރި ކަމަކީ އޮފިސަލް ބޮޑޭ ގެ ޕާސްޕޯރޓް ފޮރުވީ އެދަތުރުގައި ބޮޑޭއަށް ނުފުރި މާލެ އަންނަން ޖެހުނީ މީ މީނާގެ ފެންވަރު ބޮޑޭ އަކީ ޓީމްގެ ޖާޒީ ތަކާ ކުޅޭ ސާމާނު ގަވާއިދުން ބަލަހައްޓާ މީހާ މިފަދަ ހުތުރު ކަންތައް ކުރާ މީހަކު ކީއްވެތަ މިހުންނަނީ އަދި މިފަހުން އަލީ ވަޙީދު މައްސަލާގައި ޖާމިނު ކުރީ މީނާ އެކަމު އެއް ފިޔަވަޅެއް ނޭޅޭ މަހުލޫފުގެ އެއް އަތް އެމްޑީޕީގެ ހާޑު ކޯ އެކްޓިވިސްޓެއް އަދީބުގެ އެޖެންޓެއް ދެން ކިހިނެއް ގާނޫނު ހިނގާނީ މުޅި އުމުރަށް ޖެހޭ މީނާ ޖަލަށް ލާން

  30. ރ

    ތިޔަ އަޑު ބަރޭ އަކީ އަދީބުގެ އެޖެންޓެއް އަދި ޢަލީ ވަހީދާ މަޚުލޫފުގެ ގެ އަތްދަށު ސެކްރެޓަރީ
    ކުރިން އުޅުނީ މުނިސިޕަލްޓީ އައި ސިޓީ ކައުންސިލްގައި ގަސްތަކަށް ފެންދޭން މިހާރު ބޯޅަ ޓީމަށް ލީ ވެސް ފައިސާ ކޮޅެއް ދޭން ވެގެން ސާފު ޗެންޕިއަން ގައި ވެސް ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް 3 ލައްކަ ރުފިޔާ ލިބުނު ކަރަޕްޝަން ކަރަޕްޝަން ޔޫތު މިނިސްޓްރީގައި މީނާ އަށް އޮންނަނީ ގޮނޑި ފޮހުން ކަންނޭގެ ނޫނީ މަހުލޫފަށް ސައިކުރާ ކައްކާ ދިނުން

  31. ޢަޅި

    ލަދުގެ ކަންފުޅެއްނެތް ނަޖިސްގަނޑެއް

  32. ބާރަ

    ސުޒޭންވެސް މިހާރު ދެރަވާނެ ތޯއްޗެ މީނަ ގައުމީ ޓީމަށް ނެގުނީތީ. އެތައް ފަހަރަކު ޑިސިޕްލިން މައްސަލަތަކުގައި ބެދި، އެތައް ފަހަރަކު ގާނޫނީ ހުކުމް ކޮށްފަހުރި މީހަކު ގައުމީ ޖާޒީ ލެއްވީމަ އެއީ މުޅި ގައުމީ ޓީމަށްކުރި މަލާމާތެއް. ރާއްޖެއާ ގައުމީ ޖާޒީގެ އަގު ވެއްޓުނީ. އަސްލުވެސް މުޅިއުމުރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރަންޖެހޭ. އަހަންނަށް ވަރިހަމަ މަގާމުން އިސްތިއުފާ ނުދިނަސް އެކަމަކު މީގެ ފަހުން އަޑުބަރޭއަށް އަހަރެންގެ ގައުމުގެ ޖާޒީ ލައިގެން ދަނޑަށް އަރަން ފުރުސަތު ދީގެން ނުވާނެ.

  33. އިސްތިއުފާ

    މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް

  34. މއކ

    އަޑުބަރޭ ޓީމްގަ އަދި އެފްއޭއެމްގަ ހުންނަހާހިދަކު މަށެއް ގައުމީ ޠީމަކައް ސަޕޯޓެއް ނުކުރާނަން އަދި ދަނޑަށް ވެސް ނުވަންނާނަން

  35. އަޙްމަދު

    ތިޢަމަލަކީ ފުޓްބޯލަ ކުޅުންތެރިއެއްގެ ފަރާތުން ފެންނަންޖެގޭ އަމަލެއްނޫން! އަދި ޙައްސަކޮށް ޑިޕިއުޓީ މިނިސްޓަރަކު މިފަދަ ޢަމަލެއް ހިނގުމަކީ އެނާ މަޤާމުން ވަކިކުރަބްޖެހޭ ވަރުގެ ޢަމަލެއް! އަދި ފުޓްބޯޅައިން ބޭން ކުރަންޖޭހެނޭ! މީނާ ޤައުމީ ޓީމުގައި ހުރުމަކީވެސް ބޮޑު މައްސަލައެއް! ސާފް ޗެންފިއަންޝީޕް ގައި ވެސް ދިވެހިން ދިޔައި މިކަމަށް ގޮވަމުން! މިވާހަކަ އަޑު ނޭހުމަކީ ބައްސާމުވެސް މަޤާމުން ވަކިކޮށް އެފްއޭއެމް އޯވާރހޯލް ކުރަންޖެހޭ ކަމެެއް!

  36. ބޮލި މުލައް

    ދައުލަތުގެ ޒިއްމާދާރު މަޤާމެއްގައިހުރި މީހަކު މިފަދަ އިންސާނިއްޔަތާޚިލާފު ދަށުދަރަޖައިގެ ހުތުރު ޢަމަލެއް ހިންގާތަން ދައްކަންވެގެން މަހުލޫފު ދޭ އެއްޗަކަށްހަދައިގެން ރައްޔަތުންގެ ބަޖެޓުން ހަރަދުކޮށްފަ 600 ޓިކެޓް ދިނީ.

    3
    1
  37. އައްޓަމަސް

    މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް މަޚްލޫފު އިސްތިއުފާ އިންޑިއާ އައުޓް

    2

  38. ވިސްނާ

    ގައުމަށްބޭނުންވަނީ ގައުމަށްރީތިނަމާ، ފަޚުރުހޯދާ ފަރާތްތައް ގައުމުގެއަގުވައްޓާ
    ގައުމާމުޅިދުނިޔެނުރުހުންވާ ޢަމަލުހިންގާފަރާތެއް ދިވެހިގައުމު ބޭނުމެއްނުވޭ ވީމާ އަޑުބަރޭކުރި ހުތުރުޢަމަލަށް ( ދިވެހިގައުމާ ގައުމުގެޓީމްބަދުނާމްވާ ) އަވަހަށް ފިޔަވަޅުއަޅުއްވާ ސްޓޭޓް މިނިސްޓަރެއްކަމަށްވެފާ ސިޔާސީމީހެއްވީމާ
    ........