ފުޓުބޯޅައިގެ ގައުމުތަކުގެ މެދުގައި ކޮންމެ މަހަކުވެސް ތައްޔާރުކުރާ ފީފާ ވޯލްޑް ރޭންކިންގައި ދެކުނު އޭޝިއާ ބައްރުން ސަރަހައްދުގެ ގަދަބާރު އިންޑިއާ ކުރިއެރުންތަކެއް ހޯދިއިރު ރާއްޖެ ފަހަތަށް ސޮއްސާލައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ނެރުނު އާ ރޭންކިންއަށް ބަލާއިރު އިންޑިއާ ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. ނޮވެމްބަރު މަހުގެ ރޭންކިންގައި އެ ގައުމު މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 104 ވަނައިގައެވެ. މިދިޔަ މަހު އެ ގައުމު އޮތީ 106 ގައެވެ.

އެއާއި ހިލާފަށް ދިވެހިރާއްޖެ ވަނީ ރޭންކިންގައި ފަހަތަށް ސޮއްސާލާފައެވެ. މިމަހުގެ ރޭންކިންގައި ރާއްޖެއަށް ލިބެނީ 157 ވަނައެވެ. އޭގެ ކުރީ މަހު ރާއްޖެ އޮތީ ރޭންކިންގެ 156 ވަނައިގައެވެ. އެހެންކަމުން މިއީ އެއް ދަރަޖައިގެ ވެއްޓުމެކެވެ.

އިންޑިއާއަކީ މި ސަރަަހައްދުގެ ގައުމުތަކުގެ ތެރެއިން އަބަދުވެސް ރޭންކިން އެންމެ ރަނގަޅު ގައުމެވެ. އެ ގައުމު ވަނީ 2018 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 97 ވަނަ ހޯދާފައެވެ. މި ރޭންކިންގައި ރާއްޖެއަށް އެންމެ މައްޗަށް ޖެހިލެވުނީ 126 އަށެވެ. އޭގެފަހުން ރާއްޖެ ދިޔައި ފަހަރަކަށް ފަހު ފަހަރެއް ދަށަށް ވެއްޓެމުންނެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުގެ ރޭންކިންއަށް ބަލާއިރު ދެވަނައިގައި ރާއްޖެ އޮތްއިރު ތިންވަނަ ލިބެނީ ނޭޕާލަށެވެ. ހަތަރުވަނަ ބަންގްލަދޭޝްއަށް ލިބޭއިރު ފީފާ ސަސްޕެންޝަނުގައި އޮތް ޕާކިސްތާނަށް ހަވަނަ އަދި ފުލުގައި އޮތް ސްރީލަންކާއަށް ލިބެނީ ހަތްވަނައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުއްބާ

    ސްޓޭޓް މިނިސްޓަރުންނާއި ޖާމިނުކޮއްފަ ތިބޭ ގުންޑާއިން ލައިގެން ރާއްޖޭގެ ބޯޅަ ޓީމު ދުވަހަކު ކުރިއެއް ނާރާނެ. ސުޒޭނުއާ މަހުލޫފު ދެމީހުން މަހައްދޭބެޔަ ވާދައައް.

    12
  2. މަ

    ކޮބާ ބޫޓާން؟

  3. ރަށުމީހާ

    ދިވެހިގައުމުގެ ހުރިހާކަމެއްވެސް ދަށަށްދާދުވަސްވަރެއްގައި ފީފާގެރޭކިންގައި
    ރާއްޖެވެއްޓުމެއްއައިސްފައިވާކަމަށް ފެނުމަކީ އެއީ ސިޔާސީކަމެއްނޫން އެއީ
    ހަގީގީކަމެއް ވީމާ، އެއްވެސްދާއިރާއަކުން ރާއްޖެއަށް ކުރިއެރުމެއްނުލިބޭކަމަށް
    މިހާރު ގަބޫލްކުރެވޭ މިކަމަށްގޮތެއް ނިންމެވުންރަގަޅީ ގައުމުގެދަރީން މިއީ
    ގައުމަށް، ގައުމުގެދަރިންގެސަބަބުން ދިމާވިކަމެއްތޯ،ނޫނީ މިހާރުގައުމުގެ އެކި
    އެކި ކަންހިންގުމުގައި ( ސަރުކާރުގައި ) ތިއްބެވިބޭފުޅުން އެކަމަށް ނާގާބިލީތޯ ނަމަވެސް ދިވެހިދަރިއެއްގެ ހައިސިއްޔަތުންް ހިތާމަކުރަން އެއީ
    އިސްލާމްދީނާ ދެކޮޅު ޚިޔާލު ގެންގުޅުން ( އެމް.ޑީ.އޭ ރިޕޯޓް )ގައުމުގެ
    މިނިވަންކަމަށް ބުރޫއެރުން ( އިންޑިއާއަށް ގައުމުދަރާ، ވިކިހުސްވުން )
    އަޑުބަރޭހިންގިފަދަ ނާތަހުޒީބު ޢަމަލެއްހިންގުން ( އެއަމަލާ، އެފަދައެހެން
    ޢަމަލު ހިންގާފަރާތްތަކާމެދުވެސް ފިޔަވަޅުނޭޅުން ) ވީމާ، ދެކެވެނީ އިންޑިއާ އައުޓް ، ކަންކަމާހަވާލުކޮށްފައިތިބޭ ފަރާތްތައްވެސް އެކަމަށް
    ގާބިލްނޫންނަމަ އައުޓް ދިވެހި ލޮބުވެތިދަރިންނޭ އަމިއްލަގައުމާމެދު ރަގަޅަށް
    ވިސްނަވާ ގައުމަށްރަގަޅުގޮތްހޯއްދަވާ ހެއްލުަކީ ގެއްލުމެއް ވަގުތުފާއިތުވެއްޖެ
    ނަމަ ކުރެވޭނެ މާބޮޑުކަމެއްނޯންނާނެކަން ހަނދުމަފުޅު ބަހައްޓަވާ