ފުޓުބޯޅަ ބަލައި، ސަޕޯޓު ކުރާ ގިނަ ޒްލަޓަން އިބްރާހިމޮވިޗްގެ މިޒާޖާއި އޭނާގެ ގޮތް ވަރަށް ރަނގަޅަށް އިނގޭނެއެވެ. ނަމަވެސް މިފަހަރު ޑޭވިޑް ބެކަމް ވަނީ ޒްލަޓަން ކުރި ބެޓުން ބަލިވުމުން އެކަން ހަނދާން ކޮށް ދީފައެވެ.

އާންމުކޮށް ގާތް ރައްޓެހިން ދެ ޓީމަށް ސަޕޯޓު ކުރާނަމަ، ކުރަން ނުޖެހޭ ވަރުގެ ބެޓު ތައް ކުރެވެއެވެ. ޑޭވިޑް ބެކަމް އަދި ޒްލަޓަން އިބްރާހިމޮވިޗްގެ ގާތް ކަމުގެ ގުޅުމުގެ ތެރެއިން ސޯޝަލް މީޑިއާ ގައި ޒްލަޓަން ވަނީ ބެޓެއް ކޮށްފައެވެ. ޒްލަޓަން ބުނެފައި ވަނީ އިންގްލޭންޑާއި ސްވިޑެން ކުޅުނު ކުއާޓާ ފައިނަލު މެޗުން ސްވިޑެން މޮޅުވެއްޖެ ނަމަ ބެކަމް ބޭނުން ކޮންމެ ތަނަކުން ކާން ދޭނެ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް މެޗުން މޮޅުވީ އިންގްލޭންޑެވެ. ހެރީ މެގުއަޔާ އަދި ޑެލެ އަލީގެ ލަނޑާއި އެކު ޒްލަޓަން ބެޓުން ބަލިވިއިރު، ޑޭވިޑް ބެކަމް ވަނީ ބެޓަށް ކުޑަ ބަދަލެއް ގެނެސްފައެވެ. އެއީ އިންގްލޭންޑު މޮޅުވެއްޖެ ނަމަ ޒްލަޓަން އިންގްލޭންޑަށް އައިސް އިންގްލޭންޑޫ ޖާޒީ އެއް ލައިގެން ވެމްބްލީގައި މެޗެއް ބެލުމެވެ.

މިހާރު ކުރިން އިބްރާހިމޮވިޗް އާއި އެކު މެންޗެސްޓާރ ޔުނައިޓެޑަށް ކުޅުނު ވޭން ރޫނީ ވެސް ވަނީ ފަހު ކަށިގަނޑު ފުމުމާއި އެކު އިބްރާ އަށް ޓްވީޓް ކޮށްފައެވެ. ނަމަވެސް މި ބެޓާއި މެދު ރޫނީ ވިސްނާކަށް ނުޖެހެއެވެ، އެއީ އެންމެ ފަހުން ޑީސީ އަދި އެލްއޭ ކުޅުނު މެޗުން އެއްވަރުވުމާއެކު މި ސީޒަނުގައި ބާކީ، މިދެ ޓީމު ކުޅެން ނުޖެހޭތީއެވެ.