ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ނޫނީ އިޓަލީ އަށް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

ޔޫރޯ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުރު ލައްވާލި ގޮތުން އިޓަލީ އާއި ޕޯޗްގަލް ލައްވާލީ ޕްލޭއޮފް އެއް ގުރޫޕެއްގައެވެ. ޕްލޭއޮފް ޕާތު ސީގެ ސެމީ ފައިނަލުގައި އިޓަލީ ނުކުންނާނީ އުތުރު މެސެޑޯނިއާއާ ދެކޮޅަށެވެ. އިޓަލީއަކީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނެވެ. އުތުރު މެސެޑޯނިއާއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ފެނުނު ޓީމެކެވެ.

ޕްލޭއޮފް ޕާތުގެ ސެމީ ފައިނަލްގައި ޕޯޗުގަލް ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. މި ދެ ސެމީ ފައިނަލުން މޮޅުވާ ޓީމެއް ފައިނަލްގައި ނުކުންނާނެއެވެ. ވޯލްޑް ކަޕަށް ކޮލިފައިވާނީ ފައިނަލް ކާމިޔާބު ކުރާ ޓީމެކެވެ.

ޕާތު އޭ ގައި ސްކޮޓްލެންޑާއި ވޭލްސް އާއި ސްކޮޓްލެންޑް، ވޭލްސް، ޔޫކްރެއިން، އޮސްޓްރިއާ ހިމެނޭ އިރު، ވޭލްސް ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. އޮސްޓްރިއާ ނުކުންނާނީ ޔުކްރެއިން އާ ދެކޮޅަށެވެ. މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ކުޅޭ އިރު، ވޯލްޑް ކަޕް ކޮލިފައި ވާނީ ފައިނަލުން މޮޅުވާ ޓީމެކެވެ.

ޕާތު ބީގައި ރަޝިއާ އާއި ޕޮލެންޑް ވާދަކުރާ އިރު އެ ޕާތުގައި ހިމެނެނީ ސްވިޑެން އާއި ޗެކްރިޕަބްލިކެވެ.

ގަތަރު ވޯލްޑް ކަޕް ބާއްވާނީ އަންނަ އަހަރު ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން ދެވަނަ

    އެންމެ ފަހުގެ ސާފް ޗެމޕިއަންޝިޕްގެ ފައިނަލް މެޗްގައި ބައްދަލުކުރީ އިންޑިއާ އަދި ނޭޕާލެވެ. މިމެޗުގައި އިންޑިއާއިން މޮޅަށް ކުޅުނު ނަމަވެސް ނޭޕާލްއިންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. މި މެޗް 3 ލަނޑު 0 ލަޑުން ކާމިޔާބުކުރީ ދިވެހި ރާއްޖެ އެވެ. މުބަރާތުގެ ޓްރޮފީ އުފުލާލީ ރާއްޖެ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އެވެ. 😁😁👏👏

    10
  2. ޣހސހސހ

    މިޔޮއް މޮޔަޔާ 2 ޓީމު ވެސް ކަޓާފާނެޔެއްނުންތެ

    6
    2
    • ޙަސަނާ

      2 ޓީމު ނުކަޓާނެ ކަމަކަށް އޭނާ ނުބުނޭ. އޭނާ ބުނެފައިއެވަނީ އެ 2 ޓީމުންކުރެ ކޮންމެވެސް އެއް ޓީމެއް ކަޓާނެކަން އެއީ ޔަޤީން ކަމެކޭ. އޭގެ މާނައަކީ 2 ޓީމު ނުކަޓާނެޔެކޭ ނޫން. 2 ޓީމު ވެސް ކަޓާފާނެ. ކޮންމެވެސް އެއް ޓީމެއް ކޮލިފައި ވެސް ވެދާނެ.

      5
      1
  3. ޅަބޭ

    ރޮނާޑޯ ކަޔޭ ފަރުތޮޅިބާނައް ރާއްޖެއާދެބެޔަ ތިތާ ފައިގަތަޅާ ނުކުޅެ.. ވާންޗޯ!

    6
    8