ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޓީ ޓުވެންޓީ ކްރިކެޓް ލީގުގައި ފުރަތަމަ ދުވަހުގެ މެޗުތައް ނިއުސްޓާ އާއި މާލޭ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 8 ޓީމާއެކު ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި އައިޒީ އާއި ބައްދަލުކޮށް ނިއުސްޓާރ މެޗު ކާމިޔާބުކުރީ 5 ވިކެޓުންއެވެ. ދެވަނަ މެޗް ކޮމެޓްސްއާއި ބައްދަލުކޮށް މާލޭ ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ 6 ވިކެޓުންއެވެ.

ފުރަތަމަ މެޗްގައި ގުރު ދިމާވުމުން އައިޒީ ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑުއެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 65 ބޯޅައިން 64 ލަނޑުހެދި ޓީމްގެ ކެޕްޓަން މުހަންމަދު އަފްލާހްއެވެ. ނިއުސްޓާއިން އެންމެ ރަގަޅަށް އުކީ 4 އޯވަރު 24 ލަނޑަށް 5 ވިކެޓްނެގި އިސުރު ސަމީރާއެވެ.

ޖަވާބުގައި ނިއުސްޓާރ ކުޅެންއަރާ 16 ވަނަ އޯވަރުގައި 5 ކުޅުންތެރިން ނުބައިވެގެން 128 ލަނޑުހެދިއެވެ. އެންމެ ރަގަޅަށް ކުޅުނީ 43 ލަނޑުހެދި ސްރީކާންތް ނަޔަރ، 36 ލަނޑުހެދި ސަފީގުލް އަދި 22 ލަނޑުހެދި ޓީމްގެ ކެޕްޓަން މަނޯއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 5 ވިކެޓްނެގި އިސުރު ސަމީރާއެވެ.

ޓީ ޓުވެންޓީ ކްރިކެޓް ލީގުގެ މެޗެއްގެ ތެރެއިން--ފޮޓޯ: ކްރިކެޓް ބޯޑު

ދެވަނަ މެޗް ޓޮސް ދިމާވުމުން ކޮމެޓްސް ކްރިކެޓް ކްލަބް ކުޅެންއަރާ 6 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުތެރޭގައި 150 ލަނޑު ހެދިއެވެ. މި އިނިންގްސްގައި އަހުމަދު ހަސަން ސޯބިރު 33 ބޯޅައިން 66 ލަނޑު، އަހުމަދު އަމީލް ނުބައިނުވެ 43 ލަނޑު. އަހުމަދު ނީސާމް 2 ވިކެޓް ނަގާފައިވެއެވެ.

ޖަވާބުގައި މާލޭ ސްޕޯރޓްސް ކްލަބް ކުޅެންއަރާ، ވާރޭގެ ސަބަބުން ތިންފަހަރު މަތިން ހުއްޓާލުމާއި އަދި އަދިރިވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ 14 އޯވަރު ކުޅޭގޮތަށެވެ. 14 އޯވަރުގެތެރޭގައި މާލޭ ސްޕޯރޓްސް (ޑީއެލްއެސް ތިޔަރީ)ހަދަން ޖެހެނީ 4 ކުޅުންތެރިން ނުބައިވެގެން 100 ލަނޑުއެވެ.

ނަމަވެސް 14 އޯވަރު ނިމުނުއިރު މާލޭ ސްޕޯރޓްސް ކުލަބް ވަނީ 115 ލަނޑުހަދާފައެވެ. ރިފްދީ 41 ލަނޑު، ހަސަން ހާޒިގް ނުބައިނުވެ 35 ލަނޑު، އިބްރާހިމް އަލީ 4 އޯވަރު 29 ލަނޑަށް 2 ވިކެޓް، ލޫތްއާއި ރާފިލް ކޮންމެ އުކުންތެރިއެއް އެއްވިކެޓް ނެގިއެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިފްދީއެވެ.

މި ލީގުގެ ކުޅުން ދެން އޮންނާނީ 3 ޑިސެމްބަރ 2021 ގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ވެޓްރސްކްލަބްއާއި އޮފްއެފްސީއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ވިޔަންސާއާއި މިލާން ކްރިކެޓް އެކަޑަމީގެ ޓީމްއެވެ.

ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ. ފެށުމަށް ހަމަޖެހިފައިވަނީ ހެދުނު 8:00ގައެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ހެދުނުގެ މެޗް 8 ޖަހާއިރު ފަށާނެއެވެ. އަދި މެންދުރުފަހުގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 2 ޖަހާއިރުއެވެ.