ފްރާންސްގެ މަޖައްލާއަކުން ދޭ ފީފާ ބެލޮންޑޯ އެވޯޑުގެ ގަދަ ދިހަ ކުޅުންތެރިންގެ ތެރެއިން ހަވަނަ މަގާމު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ.

މިއީ ބެލޮންޑޯ އެވޯޑުގެ ތާރީހުގައި ވެސް ރޮނާލްޑޯ މިހާ ފަހަތަށް ސޮއްސާލި ފުރަތަމަ ފަހަރެވެ. ރޮނާލްޑޯއާއި ޖެހިގެން ހަތްވަނަ ލިބޭ ކުޅުންތެރިއަކީ މިސްރުގެ މުހައްމަދު ސަލާހު އެވެ. އަށްވަނަ ލިބެނީ ބެލްޖިއަމްގެ ކެވިން ޑިބްރައިނާއަށެވެ.

ރޮނާލްޑޯއަށް ނިމިދިޔަ ސީޒަނުގައި މާ ބޮޑު ކާމިިޔާބެއް ނުހޯދުނު ނަމަވެސް އޭނާ ވަނީ ނިމިދިޔަ ޔޫރޯގައި ބޮޑު ރެކޯޑެއް މުގުރާލާފައެވެ. އެގޮތުން އޭނާ ވަނީ ގައުމި ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

ރޮނާލްޑޯ ހަވަނައިގައި ހިމެނުނު އިރު މިފަހަރު ބެލޮންޑޯ ހޯދާފައިވަނީ ލިއޮނަލް މެސީ އެވެ. މިއީ އޭނާ މި އެވޯޑު އުފުލާލި ހަތްވަނަ ފަހަރެވެ. އޭނާއާއި ޖެހިގެން ދެވަނަ ހޯދީ ރޮބަޓް ލެވަންޑޮސްކީ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޕެނަލްދޯ މެސީ އަށްވުރެ ގިނައިން ތިޔަ އެވޯރޑް ހޯދަން ބޭނުންނަމަ މަހަށްދިއުން މާ ބުއްދިވެރި.!!

    7
    10