އާޖެންޓީނާގެ ލިއޮނަލް މެސީއަށް ލިބުނު ހަތްވަނަ ބެލޮންޑޯއަކީ އޭނާ ވަގަށް ހޯދި އެއްޗެއްކަމަށް ދޭހަވާގޮތަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ މީސްމީޑިއާގައި ވާހަކަދައްކައިފިއެވެ.
އެއީ މީސްމީޑިއާގައި ރޮނާލްޑޯގެ ސަޕޯޓަރަކު އޭނާއަށް ބެލޮންޑޯ ލިބެންޖެހޭ ކަމަށް ބުނެ ކުރި ޕޯސްޓަކަށް ހިތްވަރުދީ ކުރި ޕޯސްޓެކެވެ.
މެސީ ވަނީ އޭނާގެ ހަތްވަނަ ބެލޮންޑޯ ހާސިލުކޮށްފައވެެ. އޭނާ އެ އެވޯޑު ހަތްވަނަ ފަހަރަށް އުފުލާލީ 33 ވޯޓުގެ ތަފާތުން ޕޮލޭންޑުގެ ރޮބަޓް ލެވަންޑޯސްކީއާއި ވާދަކޮށްގެންނެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މި އެވޯޑު ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. މިފަހަރުގެ ބެލޮންޑޯގައި ރޮނާލްޑޯއަށް ލިބުނީ ހަވަނައެވެ.
ރޮނާލްޑޯއަށް ބެލޮންޑޯ ލިބެންޖެހޭކަން ހާމަކޮށް އޭނާގެ ސަޕޯޓަރަކު ކުރި ޕޯސްޓަކަށް ޖަވާބުދީ ރޮނާލްޑޯ ހިތްވަރުދީ އެ ޕޯސްޓު އޭނާ ކުރީ "ފެކްޓްސް" މިހެން ޖެހުމަށްފަހު އެވެ.
ރޮނާލްޑޯގެ ސަޕޯޓަރު ކުރި ޕޯސްޓުގައި އޭނާ ވަނީ ރޮނާލްޑޯއަކީ ލެޖެންޑެއްކަމަށް ބުނެފައެވެ. އަދި މެސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އެ ޕޯސްޓުގައި އޭނާ ވަނީ ކޮށްފައެވެ.
މެސީ ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މި މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މެސީގެ ދައުރު ވަރަަށް ބޮޑެވެ. މީގެއިތުރުން މުބާރާތުގެ އެންމެ ގިނަ އެސިސްޓު ހެދި ކުލުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދީ މެސީ އެވެ.
މެސީ ވަނީ އޭނާގެ ކެރިއަރުގައި 80 ލަނޑު ގައުމީ ޓީމުގައި ޖަހާފައެވެ. އޭނާ ވަނީ މި އެވޯޑު އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭގެފަހުން މިދިިޔަ އަހަރު މި އެވޯޑު ބާއްވާފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ބެލޮންޑޯ އެވޯޑު އުފުލާލީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރުވެސް މެސީ މި އެވޯޑު އުފުލާލިއެވެ. އޭނާއާއި ޖެހިގެން މި އެވޯޑު ދެން އެންމެ ގިނައިން ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ފަސް ފަހަރެވެ.
ރޮނާލްޑޯގެ 'ފެކްޓޯސް' އިން ތިހުރިހާ މާނައެއް ނެގިގޮތެއް ބުނެދީބަލަ
👍👊
ވަގުންނަށް ހީވާނީ ދެންވެސް ތިބޭނީ ހަމަ ވަގުންނޭ އެހެންވީމާ ރޮނާލްޑޯވެސް ވާނީ ....ތާދޯ؟
މިހާރު ތިދިޔައީ މާމައްޗަށް.މިހިސާބަށް ދިޔައީމަ ދެން އަހަރުމެން ވެސް ބަސްބުނަން މަޖްބޫރު.މިފަހަރު ލިބުނީ 6 ވަނަ ދޯ.ތިމަންނައަށް އެވޯޑް ލިބޭނެކަން ޔަގީންކަން ނެތީމަ ހަފްލާއަށް ވެސް ދާންނުކެރި ގޭގަ ފޮތްކިޔަން އިންނަނީ ހިތުގަ އޮތް ހަސަދައިގެ ބޮޑުކަމުން.ރޮނާލްޑޯއެއްކަމަކު ތަންކޮޅެއް އިހްތިރާމާއިއެކީ ބަސްބުނުމަށް ނަސޭހަތްތެރިވަން.މިފަހަރު 6 ވަނަ.އެއީ އަސްލު ސައިޒް.ވ.ވެދުން
ތިކާކު މާ އެގެން ރޮނާ މާ ގަދަ ވާނެ ތިޔަ މެސީ އަށް ވުރެ
މެސީ އަށް ކަމެއް ވާނީ ލަވައިދިނީމަ
ޕީއެސްޖީ ނުވެ އެއްނު ކަމެއް
އެމްބާޕޭ އޭނާ އަށް ލަވައި ދިނީމަ ލަނޑު ޖެހެނީ އަދި އެވެސް ފުރެންސް ލީގް
ޕީއެލް އަށް އާދެބަ ޖެހޭނީ މަހަށް ދާން
ދެން އުމުރުދުވަހަށް ރޯލަރޯލާ ހުރޭ! ބޮލެންޑިއޯ ދެން ނެތް ތިޔަ ޕެނަލްދޯ އަށް ލިބޭ ކަށް.!! މަމޮޅޭ. މަހަށްދޭބަލަ އެވޯރޑް ހޯދަން!! ލާހިކު ކުޅަދާނައެއނޫން ދެން ތިޔަ އެވޯރޑް ހޯދާ ކަށް!! މަހަށް މަހަށް މަހަށް ދޭބަލަ!!! އުމުރު ހަމަވެ ބާކީވަނި މިހާރު ތިޔަ!!
އެކުވެރި ރަދީފް އެވެ. ތިޔަ ކޮމެންޓާއެކު އަޅުގަނދު ވަރަށް ދެރަވެއްޖެ
އަނނަގައި ލެވީމަ ރޮނާލްޑޯވެސް ކަނީ
ބާސާގައި މެސީ ޖެހިސޮލޯގޯލްތައް ބަލާބަލަ އެކަނި އަރައިގެން...ރޮނާލްޑޯ އަކަށް ރެއާލްގައި ނުޖެހޭނެ އެގޮތަށް އަރައިގެން އެކަނި އިނގިއްޖެ
@އައަމް އަށް.މެސީ އަދި ރޮނާލްޑޯ ވެސް އެެއީ ވަރަށް މޮޅު 2 ކުޅުންތެރިން.މި ސަބްޖެކްޓް އެއީ ވަރަށް ގިނަ ފޯރަމްތަކުގަ ކުރެވޭ ބަހުސެއް. ( އަހަންނަށް އަހާ ލެވޭނެ ދޯ ތިވެސް ކޮންތާކުން މާ އެނގިގެން އުޅޭ މީހެއްތޯ) ވ.ވެދުން
މިލިޔުމުގައި ހާދަ މެސީއާއި އެއްކޮޅަށް ލިޔުން ބައްޓަން ކޮށްފަ ހުރިކަން ފާހަގަކުރެވެޔޭ ، އެސިސްޓޭ އަނކެއްޗެކޭ ލިޔެފަ ، މިފަހަރު އިޓަލީގެ ޖޮޖީނިއޯއށް ހައްޤީ ، ވޯލްޑްކަޕް ނަގާފި ، ޗެމްޕިއަންސް ލީޤް ނަގާފި ،
ޖޮޖީނިއޯއަށްވުރެ މާފެންވަރު މެސީ ދައްކާފައިވޭ ..ހައްގު މީހާއަށް އެވޯޑް ލިބިފައި އެއޮތީ...އަހަރެން ގަބޫލުކުރަން ރޮނާލްޑޯ މުސްލިމުންނަށް އޯގާތެރިކަން އެކަމަކު ފުޓުބޯޅަ ގައި މެސީ ވަރެއްނެތް
ރޮނާލްޑޯ އަދި މެސީއަށް ވެސް މިފަހަރު ބެލެން ޑޯ ޙައްޤެއް ނޫން. މިފަހަރު ތި ހައްގީ ލެވޮންޑޯސްކީ އަށް.
ރަދީފް މީ ފުޓްބޯޅަ ނުވެސް އެނގޭ މީހެއް
މިތާ އަނގަ މިއަވަނީ މާ އޮފިޝަލް ވެގެން