ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޓީޓްވެންޓީ ކްރިކެޓް ލީގުގެ ދެވަނަ ދުވަހުގެ މެޗުތައް މާލޭ ވެޓަރަންސް އާއި ވިޔަންސާ ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ކުޅުނު މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗްގައި އޮފްއެފްސީ އާއި ބައްދަލުކޮށް މާލޭ ވެޓެރަންސް ކްލަބް މެޗު ކާމިޔާބުކުރީ 6 ވިކެޓުންއެވެ. ދެވަނަ މެޗް މިލާން ކްރިކެޓް އެކަޑަމީއާއި ބައްދަލުކޮށް ވިޔަންޒާ ކާމިޔާބުކުރީ 7 ލަނޑުންއެވެ.

ފުރަތަމަ މެޗްގައި އޮފްއެފްސީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 124 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 44 ބޯޅައިން 40 ލަނޑުހެދި ތައުފީގް ސަލީމެވެ. މި އިނިންގްސްގައި ވެޓެރަންސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 3 އޯވަރު 9 ލަނޑަށް ދެ ވިކެޓްނެގި ޗަންދަނާ އާއި 26 ލަނޑަށް ދެ ވިކެޓްނެގި މަލިންދާއެވެ.

ޖަވާބުގައި ވެޓެރަންސް ކުޅެންއަރާ 16 ވަނަ އޯވަރުގައި 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 61 ލަނޑުހެދި ސަވިންދަ މަންޖޫއެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން

ދެވަނަ މެޗް ޓޮސް ދިމާވުމުން ވިޔަންސާ ކުޅެންއަރާ ހަތް ކުޅުންތެރިން ނުބައިވެގެން 20 އޯވަރުތެރޭގައި 169 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 40 ބޯޅައިން 71 ލަނޑު ހެދި ރޯމަން މިއާ އާއި 24 ބޯޅައިން 26 ލަނޑު ހެދި ސުޖަން މިއާ އެވެ.

ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަރާ، 19.5 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 36 ބޯޅައިން 48 ލަނޑުހެދި ޔޫސުފް އަޒްޔާނާއި 35 ލަނޑުހެދި އާދަމް ނާސިފް އުމަރެވެ. މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވިޔާންޒާގެ ރޯމަން މިއާއެވެ.

މުބާރާތުގައި މިއަދު ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ވެޓެރަންސް ކްލަބްއާއި އައިޒީއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ނިއުސްޓާރއާއި ކޮމެޓް ކްރިކެޓް ކްލަބްއެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.

މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ހުކުރެއްއަދި ހޮނިހިރުދުވަހުއެވެ. ހެދުނުގެ މެޗް 8 ޖަހާއިރު ފަށާނެއެވެ. އަދި މެންދުރުފަހުގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 2 ޖަހާއިރުއެވެ.