ސީޝެލްސްގެ ކެޕްޓަނުގެ މޫނުމަތީގައި އުޅަނބޮށިން ޖެހީ "ފްރަސްޓްރޭޓް" ވެގެން ކަމަށް އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީގައި ދިފާއުގައި ވާހަކަދައްކަމުން އަސްހަދު އަލީ (އަޑުބަރޭ) ބުނެފިއެވެ.

އަޑުބަރޭ މިހެން ބުނިކަން "ވަގުތު" އަށް މައުލޫމާތުދިން އެފްއޭއެމްގެ އިސް އޮފިޝަލަކު ވެސް ވަނީ ބުނެފައެވެ. ކޮމިޓީގައި މިހެން ބުނި ނަމަވެސް އަޑުބަރޭއަށް ފިޔަވަޅު އަޅަން ނިންމީ އެއީ ބަލައިގަނެވޭނެ އުޒުރެއް ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ މޫނުމަތީގައި އުޅަނބޮށިން ޖެހުމުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައި އަޑުބަރޭއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކަން ރެފްރީ ކުޅުން މެދުކަނޑާލިއިރު ދިވެހި ޓީމުން އެޓޭކަށް އަރަނީއެވެ.

ސީޝެލްސްއާ 0-0 އިން އެއްވަރުކޮށް، ރާއްޖެއިން ޕޮއިންޓެއް ހޯދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކުޅެން އެރި އަޑުބަރޭއަށް ރަތް ކަޑު ދައްކާފައިވަނީ ބޯޅަ ނެތީސް ސީޝެލްސްގެ ކެޕްޓަން މޫނުމަތީގައި އުޅަނބޮށިން ޖެހުމުންނެވެ.

އަޑުބަރޭ ބުނީ އޭނާ "ފްރަސްޓްރޭޓް ވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރުވެގެން މާ ގިނައިރު ހުންނަން ޖެހުމުގެ ސަބަބުން ކަމަށާއި އެކަމާއި ގުޅިގެން ކޯޗަށް ޝަކުވާކުރި ކަމަށެވެ. ނަމަވެސް ކޯޗު މާބޮޑަށް އެކަމާ އަޅާނުލުމުން ކޮންމެހެން މޮޅުވާންޖެހޭ މެޗެއްގައި އެގޮތަށް ކަންތައް ވުމުން ފްރަސްޓްރޭޓް ވީ ކަމަށެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ އިތުރުވަގުތުގައި ކުޅެން އެރިތަނާ އެ ފްރަސްޓްރޭޝަނުގައި ހުއްޓާ ސީޝެލްސްގެ ކުޅުންތެރިޔަކު އޭނާގެ ބޫޓު މައްޗަށް އަރައި ބޭއަދަބީ ބަހުން ވާހަކަދެއްކުމުން އިތުރަށް ރުޅިގަދަވީ ކަމަށެވެ. ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެ ރުޅީގައި ގޮސް ހަމަލާދެވުނީ ކަމަށް އަޑުބަރޭ ބުންޏެވެ.

މި މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އަޑުބަރޭ 6 މެޗަށް ސަސްޕެންޑުކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަޖޫ

    ހުރި ލަދުހަޔާތް ކުޑަކަމުން. ދެން ގޭގަ އުޅޭ މީހުންގެ ކަރުގަ ހިފަމުންނެއްނު ފުރަސްޓޭޓޭ ކިޔަމުން އުޅޭނީ!!

    25
  2. އަހުމިއްޓެ

    މިކަހަލަ ފްރަސްޓްރޭޝަން އައިސްގެން އަނެއް ޓީމުގެ ކުޅުންތެރިއަކަަށް ހަމަލާދީފިނަމަ އިދިކޮޅު ޓީމަށް ޕެނަލްޓީއެއް ދޭގޮތަށް ނިންމަންވީ.

    19
    1
  3. މިއީ ވާނުވާ

    ތިކަމުންވެސް އެނގުނީ ޖާމިނު ތިއީ ޤައުމީ ޓީމަށް ވެސް އެހެން ޓީމަކަށް ވެސް ފުޓްބޯޅަ ކުޅެން ކުފޫ ހަމަވާ މީހެއް ނޫންކަން، ޤައުމީ ރޫޙްގެ ކަންފުޅެއްވެސް ނެތް، ވަރަށް ސަލާމް

    23
  4. ރަދީފް

    ކަނޑު ކޮހެއް ދޯ.

  5. މަޖްބޫރިއްޔާތް ބިން ޚަލީފާ

    ދި ފުރަސްޓުރޭޓް މޭން

  6. ޔޫޕެ

    ފުރަސްޓޭވުން ނޫންތީ ތީއަޑޭހޭބަލިވީމާ ވާގޮއްތާ ދޯ ހުރިހާލަދެން ދިވެހިގައުމްނޫ