އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ އެންމެ ފަހުކޮޅު ކާމިޔާބުކުރި ލަނޑާއެކު އެވަޓަން އިން އާސެނަލް ބަލިކޮށްފިއެވެ.

އެވަޓަންގެ ރަސްމީ ދަނޑު ކަމަށްވާ ގުޑިސަން ޕާކުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއި އެކު 2-1 ގެ ނަތީޖާއަކުންނެވެ

މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެ ޓީމަށް މި މެޗުން މޮޅުވެގެން ތާވަލުގެ ފަސްވަނައަށް އެރެން އޮތެވެ. ނަމަވެސް މި ބައްޔާއެކު އެ ޓީމު މިހާރު އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެވެ. މި މޮޅާއެކު އެވަޓާން ވަނީ ކުޅުނު 15 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ.

ރޭގެ މެޗުން މޮޅުވެގެން ފަސް ވަނަ އަށް އެރެން އޮތް އާސެނަލް ބަލިވުމުން އޮތީ ހަތް ވަނައިގަ އެވެ. އެއީ 15 މެޗުން 23 ޕޮއިންޓާ އެކު އެވެ. އެވަޓަން އިން ތިން ޕޮއިންޓް ހޯދައި ވަނީ 12 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ވަނީ 15 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ..

މިއީ އެވަޓަން ލީގުގައި އެންމެފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ މަގާމުން ވަކިކުރަން އުޅޭ އެވަޓަންގެ ކޯޗު ރަފައެލް ބެނިޓޭޒް އަށްވެސް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

މެޗުގައި ލީޑުނަގަން އެންމެެ ފުރަތަމަ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ އެވަޓަން އެވެ. މެޗުގެ 44 ވަނަ މިނެޓުގައި ޓައުންސެންޑްގެ ހިލޭޖެހުމަކުން ރިޗަލިސަން ގޯލު ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ.

އެވަޓަންގެމި ލަނޑު އޮފްސައިޑު ވިތާ ތިން މިނެޓުފަހުން މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. މިއީ ކިއެރަން ޓިއެރަނީ ނަގައިދިން ހުރަހަކުން އޮޑެގާޑް ކާމިޔާބުކުރި ލަނޑެކެވެ. .

އޭގެފަހުން ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ރިޗަލިސަން ޖެހި ދެވަނަ ލަނޑުވެސް ވީއޭއާރުން ބަލައެއް ނުގަތެވެ. ރިޗަލިސަން އަށް ލަނޑުޖެހޭ ގޮތެއް ވީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިއީ ޑެމްރީ ގްރޭ ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން އެވަޓަން މޮޅުވި ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ގްރޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު