ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް މޭރީއަށް ބޯޅަ ނެތީސް ރާއްޖޭގެ މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަލާ ދިން މައްސަލައިގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން 12،000 ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އެފްއޭއެމުން ދަމަހައްޓައިފިއެވެ.

އެފްއޭއެމުން މި އަދަބު ދަމަހައްޓާފައިވަނީ މި މައްސަލަ އިސްތިއުނާފުކުރުމަށް އެދި އަޑުބަރޭ ހުށައެޅުމުން އެކަން ބެލުމަށްފަހު އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ ..

މީގެއިތުރުންއިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީ އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ. މީގެތެރޭގައި އެ މެޗުގައި ހޯދި ރަތް ކާޑާއި ގުޅިގެން ވެސް ސަސްޕެންޝަނަށް ދުވަސް އިތުރުކޮށްފައި ވެއެވެ

އެފްއޭއެމުން ބުނީ އެ ހަ މެޗަކީ ގައުމީ ފުޓުބޯޅަ ޓީމަށް އޭނާ ކުޅޭ ހަ މެޗު ކަމަށެވެ. އެއީ އެ އަދަބު ލިބުނީ ގައުމު ތަމްސީލުކުރި މެޗެއްގައި ކަމަށް ވާތީ ކަމަށް އެފްއޭއެމުގެ ބަޔާނުގައި ވެއެވެ. .

ސީޝެލްސްއާ 0-0 އިން އެއްވަރުކޮށް، ރާއްޖެއިން ޕޮއިންޓެއް ހޯދި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކުޅެން އެރި އަޑުބަރޭއަށް ރަތް ކަޑު ދައްކާފައިވަނީ ސީޝެލްސްގެ ކެޕްޓަން މޫނުމަތީގައި އުޅަނބޮށިން ޖެހުމުންނެވެ.

އަޑުބަރޭގެ މި އަމަލާއެކު، ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކު ދިޔައީ ގޮވަމުންނެވެ.

ގައުމީ ޓީމަށް ކުޅުން 2018 ވަނަ އަހަރުގެ ކުރީކޮޅު ކުޅުން ހުއްޓާލި އަޑުބަރޭ މި އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އޭނާ ނެގުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށްވެސް އަމާޒުވިއެވެ. އަދި ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު ގައުމީޓީމަށް ނެގުމުން ސިޔާސީ ނުފޫޒު ވަންނާނެކަމަށް ވެސް ގިނަބަޔަކު ދިޔައީ ވާހަކަދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޯޑު

  އަދިވެސް ކުރެވުނު ކުށް ޤަބޫލުކުރާކަށް ނުވޭތަ
  އިސްތިއުނާފް ކުރަންވީ ކުށެއް ނުކުރާނަމަތާ
  ވީޑިޔޯއިން ފެންނަން އެހުރީ ކަލޭގެ އަމިއްލަ އެދުންބޮޑުކަން
  ޓީމް ލަނޑެއް ޖެހުމުގެ ފުރުސަތެއް ލިބިފައި އޮތް ވަގުތު ދުއްވަަލީ ކީއްވެ
  ތި ލިބުނު އަދަބުވެސް އަދި ކުޑަ

  • މުބީނު މާރނީ

   ސްޓޭޓް މިނިސްޓަރު ކަމުން ވެސް ވަކިކުރަންޖެހޭ.

   • އާއެކާ

    ރޯދުވާލު އެތައްހާސް މީހުންގެ ކުރިމަތީގައި މާރާމާރީ ހިންގި މީހަކަށް ގައުމެއްގެ މިނިސްޓަރުކަން ކުރެވިގެން ނުވާނެ