ދިވެހި ކުލަބުތަކަކީ ގޭންގުތަކެއްގެ ގޮތުގައި ބުނެ އެ ކުލަބުތަކުން ދޭ އިންޓަވިއުތައް އޮޅުވާލާ ގެނެސްދޭ ދިނުން ބަލައިނުގަންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވިއިރު ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބަކުން ވަނީ އެންމެފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕުގެ ޕްރީމެޗް ޕްރެސް ކޮންފަރެންސް ބޮއިކޮޓުކޮށްފައެވެ.

މި ހަތް ކުލަބުން ބޮއިކޮޓުކުރީ "މިހާރު" ނޫސް ބައިވެރިވާ ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެއެވެ.

ކުލަބުތަކުގެ ދިފާއުގައި ބައްސާމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުލަބުތަކަކީ ދިވެހި ފުޓުބޯޅައިގެ މައިބަދަ ކަމަށާއި އެ ކުލަބުތަކުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ފާހަގަކުރާކަމަށެވެ. އަދި ކުލަބުތަކަށް އަމާޒުކޮށް ބިނާކުރުވަނިވި ފާޑުކިޔުން ކިޔާނަމަ އެ ބަލައިގަންނާނެ ކަމަށެވެ.

ކުލަބުތަކުން ނުދަައްކާ ވާހަކަތަކެއްގެ މައްޗަށް މިހާރު ނޫހުން ހަބަރު ލިޔާތީ ކުލަބުތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި ލިޔުއްވާ ކޮލަމްގައި ފުޓްބޯޅައަށް ފާޑުކިޔާތީވެސް ކުލަބުތަކުން ވަނީ ހިތްހަމަނުޖެހުން ފާާޅުކޮށްފައެވެ.

ބައްސާމް ވިދާޅުވީ ފުޓްބޯޅަ އާއިލާ އިން ދެކެނީ ނޫސްވެރިންނަކީ ވެސް އެ އާއިލާގެ މެމްބަރުންގެ ގޮތުގައި ކަމަށާއި އެ ގޮތުގެ މަތިން ނޫސްވެރިން ވެސް ފުޓްބޯޅަ އާއިލާ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އުއްމީދަކީ މުސްތަގްބަލުގައި އެންމެން އެއްބައިވެގެން ރަނގަޅަށްޓަކައި އެކުގައި މަސައްކަތް ކުރުންކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުއްލާ

    ކަލޭ ބަލައި ނުގަތަސް ގިނަކުލަބްތަކުގެ ފަހަތުގަ ތިބީގޭންގްތައް މީރާއްޖޭއެންމެންނަށް އެންގޭކަމެއް މަށަށްހީވަނީ ކަލޭތީވެސް ގޭންގްސްޓާއެއްހެން

    21
    4
    • ޒައިކް

      ހެޔޮކޮށް ބަލައި ގަތަސް ނުގަތަސް ހަޤީގަތްވާނި ހަޤީގަތަށް، ހައްޤު ބަހަކީ ހަޖަމު ކުރަން ހިތި އެއްޗެއް.. އަސްލަކީ ނިއު ވިކްޓަރީ ފުނޑާލާފަ ބައިބަލާ ކުޅެން އުޅުން ގޭންގުތަށް ފުޓު ބޯޅައަށް ވައްދާ މި ކުޅިވަރު ހަލާކު ކުރީމަ ފޯރި ގެއްލި ދަނޑު ފަޅުވީ.. ވެލެންސިޔާ ނަގާފަ ތިއޮތީ ބައްސާމުގެ ނުފޫޒުން އަމިއްލާ ގޯތި އާއިލީ ކުލަބު ވީމަ. އެކަމު ނިއު ވިކްޓަރީ ނުލައި ވެލެންސިޔާއަކީ ނުފޮޅޭމަލެއް ސަޕޯޓަށް ބަލާއިރު.. ބައްސާމާެެކު އެމީހުންވެސް އޮއްސޭނެ..

  2. ހައިރާން

    ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތެއް ވާނީ ހަގީގަތަކަށްް. ބައެއް ކްލަބްތަކުގައި އެސިފަ އެބަހުރި. ބައެއް މުބާރާތްތަކުގައި ދަގޭންގު މިނަމުގައި ބައިވެރިވެފައިވެސް އެބަހުރި.

    19
    2
  3. Happy 123

    ކުލަބު ތަކެއްނޫން އޮތީ ހުސްގޭންގު... އިޓްސްދަ ރެއަލިޓީ!! 😡

    8
    1
  4. ގޭންގު ގައްދޫ

    ގޭންގު ކިޔާ ބައެއް ގައްދޫގައި ވެސް އޮވޭ ޖަމްއިއްޔާ އެއް ހަގައިގެން ކައުންސިލް ތެރޭގައި.ޕީޕީއެމް ގެ ގޭންގު އެއް މިއީ ގައްދޫ ކައުންސިލް ތެރޭގައި އޮންނަ ޖަމްއިއްޔާ އެއްކަމަށް ވަނީ!

    3
    1
  5. ޖާބިރު

    ކަލެއަކީ ދިވެހިރާއްޖޭގެ މާލެއަށް ބޮޑުވި މީހެކޭވެސް ބުނާވަރެއްނޫން. 1990ގެ ކުރީކޮޅު ތިޔަ ޓީމްތަކުގެތެރެއިން ގިނަ ނަންތަކަކީ ހަމަ ގޭންގުތައް. ކަލެއަށް ނޭނގުނަސް އަހަރެމެންނަށް އިނގޭ އެކަން ވަރަށް ސާފުކޮށް.

  6. ްރަށު ގޮމާ

    ބައްސާމު މާ ރަނގަޅު ވާނެ މައުރީނާ އާ އެކު ރެސްޓޯރެންޓް ހިންގަން އުޅުނިއްޔާ.. ރާއްޖޭގެ ފުޓުބޯޅަ ދުވަވަހުން ދުވަހަށް ދަނީ ދަށަށް،