މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން ކަންކަން ހާސިލުކުރާ މިންވަރާއި މެދު އުފާނުވާ ކަމަށާއި މޮޅުވުމުގެ ރޫހާއި ކަންކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު އިތުރުކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފި އެވެ.
ރޮނާލްޑޯ މިގޮތަށް ގޮވާލީ މީސްމީޑިއާގައި އޭނާ ހިއްސާކޮށްފައިވާ ހާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި އޭނާ ވަނީ ޔުނައިޓެޑު ކުޅުންތެރިންގެ ވިސްނުން ބަދަލުކުކުރަން ޖެހޭކަމަށް ބުނެފައެވެ
<މި ވޭތުވެދިޔަ އަހަރުގެ ޓްރާންސްފަރ ބާޒާރުގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައުން ވެގެންދިޔައީ ގިނަބަޔަކަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ. އޭނާ އަނބުރާ ޔުނައިޓެޑަށް ސޮއިކުރީ މިދިޔަ އޯގަސްޓު މަހު 20 މިލިއަން ޕައުންޑަށެވެ.އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ވަނީ ޔުނައިޓެޑާއި ގުޅުމަށްފަހު މުހިއްމު ދަނޑިވަޅުތަކުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައެވެ. އެގޮތުން ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 21 މެޗުގައި ޖުމްލަ 14 ލަނޑު އޭނާ ވަނީ ޖަހައިދީފައެވެ.އިންސްޓަގްރާމުގައި އާ އަހަރާއި ގުޅިގެން ހިއްސާކުރި ޕޯސްޓެއްގައި ރޮނާާލްޑޯ ވަނީ ޔުވެންޓަސްގައި ނިމިދިޔަ އަހަރު އޭނާ ހޭދަކުރި ދުވަސްތަކުގެ ފޮނި ހަނދާންތައް ހިއްސާކޮށްފައެވެ.