ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ޓީ ޓްވެންޓީ ކްރިކެޓް ލީގުގައި ވިޔަންސާ އާއި މިލާން ކްރިކެޓް އެކަޑަމީ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ވިިޔަންސާ ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ އައިޒީއާއި ވާދަކޮށް 8 ވިކެޓުންނެވެ. އަދި މިލާން ކްރިކެޓް އެކަޑަމީ މޮޅުވީ ނިއުސްޓާ އާއި ވާދަކޮށް 45 ލަނޑުންނެވެ.

ފުރަތަމަ މެޗް ޓޮސް ދިމާވުމުން އައިޒީ ކުޅެންއަރާ 20 އޯވަރުހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 141 ލަނޑުއެވެ. އަހުމަދު އައްފާލު 43 ލަނޑު އަދި އަލީ އިބްރާހިމް 25 ލަނޑު މި އިނިންގްސްގައި ހެދިއެވެ.

މީގެއިތުރުން މެހެންދި ހަސަން އަދި ސައިދުލް ކޮންމެ އުުކުންތެރިއެެއް ދެ ވިކެޓު ނެގިއެވެ.

ޖަވާބުގައި ވިޔަންސާ ކުޅެންއަރާ 12 ވަނަ އޯވަރުގައި 2 ކުޅުންތެރިން ނުބައިވެގެން 144 ހެދިއެވެ. ކަމުރުލް އިސްލާމް 54 ސައިދުލް 36 ލަނޑު ހެދިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަމުރުލްއެވެ.

ދެވަނަ މެޗް ޓޮސް ދިމާވުމުން ނިއުސްޓާރ ގަސްދުކުރީ ހޮވުމަށެވެ. މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަަރާ 20 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން 221 ލަނޑު، ވިިރަންދީޕް ސިންގް ވަނީ 131 ލަނޑު 73 ބޯޅައިން ހަދާފައެވެ.

ޖަވާބުގައި ނިއުސްޓާރ ކުޅެންއަރާ 7.5 ވަނަ އޯވަރުގައި ވިއްސާރަވެގެން ހުއްޓާލިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 42 ލަނޑެވެ. އިސުރު 16 ލަނޑު އަދި ސަފީގް 14 ލަނޑު ހަދާފައިވެއެވެ. ހަސަން އިބްރާހިމް 2 ވިކެޓް އަދި ވިރަންދީޕް ސިންގް އެއްވިކެޓު ނެގިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިރަންދީޕް ސިންގްއެވެ.

މުބާރާތުގެ ކުޅުން ދެން ކުޅުން އޮންނާނީ ޖަނަވަރީ 7 ވަނަ ދުވަހުގައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސްއާއި މާލޭ ވެޓްރަންސް އެވެ. އަދި ދެވަނަ މެޗްގައި ކޮމެޓްސްއާއި އޮފްއެފްސީ ބައްދަލުކުރާނެ އެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.