ގެޓާފޭ އަތުން ބަލިވެ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި އެގާރަ ޕޮއިންޓަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ރަށުންބޭރުގައި ރެއާލް މެޑްރިޑް ބަލިވީ ގެޓާފޭ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެގެން ލީޑު ފުޅާކުރެވެން އެ ޓީމަށް އޮތް ނަމަވެސް މި މެޗުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. ދެ މެޗު މަދުން ކުޅެގެން ދެވަނައިގައި ސެވިއްޔާ އޮތީ 38 ޕޮއިންޓާއެކު އެވެ. މި މެޗު ކާމިޔާބުކުރި ގެޓަފޭ ވަނީ ތާވަލުގެ 16 ވަނައަށް ޖެހިލައި ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮށްފައެވެ.

ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ އަންގާރަ ދުވަހު ކެޑީޒް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ސެވިއްޔާއަށް ރެއާލްގެ ލީޑު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު މެޗުގައި ސެވިއްޔާގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގެ ތެރޭގައެވެ. މިއީ އެނެސް އުނެލް ޖެހި ލަނޑެކެވެ. އޭގެފަހުން ރެއާލަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް ލުކާ މޮޑްރިޗް އަށް ތަނަވަސްވި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ އޭނާ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހުމެވެ.